މަހުގެ ހަމަ އަގު ކަނޑައެޅުމަށް ކުރަން ޖެހޭ ކަންކަން އެމްޑީޕީ ސަރުކާރުން ދިޔައީ ކުރަމުން، އެކަން ނުވީ މި ސަރުކާރުން އައިސް އެއްބަސްވުމުގައި ސޮއި ނުކުރުމުން

Mahu ge hama agu kanda elhumah kuran jehey kankan MDP sarukaarun dhiyaee kuramun, Ekan nuvee mi sarukaarun ais ebbasvumugai soi nukurumun

މަހުގެ ހަމަ އަގު ކަނޑައެޅުމަށް ކުރަން ޖެހޭ ކަންކަން އެމްޑީޕީ ސަރުކާރުން ދިޔައީ ކުރަމުން، އެކަން ނުވީ މި ސަރުކާރުން އައިސް އެއްބަސްވުމުގައި ސޮއި ނުކުރުމުން

0

މަހުގެ ހަމަ އަގު ކަނޑައެޅުމަށް އެމްޑީޕީ ސަރުކާރުން ކުރަމުން އައި މަސައްކަތް އޮޅާލައި އެކަން ވިޔަ ނުދީ ހިފަހައްޓާފައި ވަނީ މުއިއްޒުގެ ސަރުކާރުން ކަން ހާމަވެއްޖެ އެވެ. 

މަހުގެ ހަމަ އަގު ކަނޑައެޅުމަށް ކުރަން ޖެހޭ މަޝްވަރާތައް ކޮށް ސަރުކާރު ބަދަލުވި އިރު އޮތީ އެއްބަސްވުމުގައި ސޮއި ކުރުމާ ހަމައިގަ އެވެ. އެގޮތުން ރާއްޖޭގެ މަހުގެ އުފެންދުންތަކަށް އީޔޫ އިން ނަގަމުންގެންދާ 25 އިންސައްތަ ޑިއުޓީ ކަނޑާލުމަށް ކުރީ ސަރުކާރުން މަސައްކަތް ކޮށްފައިވެ އެވެ. 

ސީދާ އީޔޫ އާ ވާހަކަ ދައްކައިގެން މިކަން ވާން ނެތްކަން އެނގުމުން ދެން އެމްޑީޕީ ސަރުކާރުން ފެށީ އޯއޭސީޕީއެސް ގެ މެމްބަރަކަށްވެ އެ ޖަމްޢިއްޔާގެ މެންބަރުންނަށް ކޮޓޮނޫ އެގްރީމަންޓްގެ ދަށުން ލިބިދޭ ޢިނާޔަތްތަކުގެ ތެރެއިން އީޔޫ މާކެޓަށް އެކްސަސް ހޯދުމަށެވެ. 

އެމްޑީޕީ ސަރުކާރުން ބޭރުގެ ގައުމުތަކާއެކު ބާއްވަމުން އައިސްފައިވާ ރަނގަޅު ގުޅުމުގެ ސަބަބުން އެކަންވެސް ފަހިވި އެވެ. މީގެ ކުރިން 1900ގެ އަހަރުތަކުގައި ވެސް އޯއޭސީޕީއެސް ގެ މެމްބަރަކަށް ވުމަށް ރާއްޖެއިން މަސައްކަތް ކޮށްފައިވެ އެވެ. ރާއްޖެއަކީ މި ސަރަހައްދުން  އޯއޭސީޕީއެސް ގެ މެމްބަރަކަށް ވި ފުރަތަމަ ގައުމެވެ. 

އޯއޭސީޕީއެސް ގެ ފުރިހަމަ މެންބަރަކަށް ރާއްޖެ ވީ 9 ޑިސެމްބަރ 2022 ގައެވެ. އީޔޫ މާކެޓް އަށް އެކްސެސް ލިބިގަތުމަށް ސޮއިކުރަންޖެހޭ ކޮޓަނޫ އެގްރީމަންޓްގެ މުއްދަތު ހަމަވެ ޕޯސްޓް ކޮޓަނޫ އެގްރީމަންޓްގެ ނެގޯސިއޭޝަންސް ނުނިމޭތީ އޭރު އެކަން ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ. 

މި އެގްރީމެންޓުގައި ބައިވެރިވާއިރު އެގްރީމެންޓުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމް ދީނުގެ އަސާސް ތަކާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ފުށުއަރާ މާއްދާތައް ގަބޫލު ނުކުރާނެކަމަށް ލިޔުން ހުށަހަޅަން ޖެހެ އެވެ. އޭގެތެރޭގައި ފްރީޑަމް އޮފް ރިލިޖަން އެންޑް ބިލީފް ގެ މާއްދާ ފާހަގަކުރެވެއެވެ. ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިޔުމަން ރައިޓްސްގައި ވެސް ރާއްޖެއިން ބައިވެރިވީ ހަމަ މި އުސޫލުންނެވެ. 

ޕޯސްޓް ކޮޓަނޫ އެގްރީމަންޓްގައި ސޮއިކުރަން ހުޅުވާލީ ސަމޯއާ ގައި ކަމަށްވާތީ މި އެގްރީމަންޓް އަށް މިހާރު ކިޔަނީ ސަމޯއާ އެގްރީމެންޓް އެވެ. މި އެގްރިމަންޓްގައޮ ސޮއިކުރުމަށް ހުޅުވާލާފައިވަނީ 15 ނޮވެމްބަރު 2023 އިން 30 ޖޫން 2024 އަށް ކަމަށްވާއިރު އަދިވެސް މީގައި މި ސަރުކާރުން ސޮއި ކޮށްފައި ނުވެ އެވެ.

ކުރީ ސަރުކާރުން ފެށި ކަމެއްކަމުގައި ވިޔަސް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދުމަށް ފަށާފައިވާ މިފަދަކަމެއް ލަސް ކުރިކަން އެއީ ދެރަ ކަމެކެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4