މަހުޖަނުންގެ ދަރިންނެކޭ އެއްގޮތަށް އާންމު ދިވެހިންނަށްވެސް ސަލާން ނުޖަހައި ހިލޭ ޑިގްރީއަށް ކިޔެވޭތީ އެކަން ހުއްޓުވާލަން ޕީއެންސީ މެމްބަރު ސުޖާއު ގޮވާލައިފި

Mahujanu ge dharinnekey eh gothah aammu dhivehinnah ves salaan nujahai hiley degree ah kiyeveythee ekan huttuvaalan Member Sujau govaalaifi

މަހުޖަނުންގެ ދަރިންނެކޭ އެއްގޮތަށް އާންމު ދިވެހިންނަށްވެސް ސަލާން ނުޖަހައި ހިލޭ ޑިގްރީއަށް ކިޔެވޭތީ އެކަން ހުއްޓުވާލަން ޕީއެންސީ މެމްބަރު ސުޖާއު ގޮވާލައިފި

2

މަހުޖަނުންގެ ދަރިންނެކޭ އެއްގޮތައް އާންމު ދިވެހިންނަށްވެސް ސަލާންނުޖަހައި ހިލޭ ޑިގްރީއަށް ކިޔެވޭތީ އެކަން ހުއްޓުވާލަން ޕީއެންސީ މެމްބަރު ބާރަށު ސުޖާއު ގޮވާލައިފި އެވެ. 

އެމްޑީޕީ ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ނިމުނު ސަރުކާރުގެ އެންމެ ކާމިޔާބު ޕްރޮގްރާމެވެ. އެ ޕްރޮގްރާމްގެ ސަބަބުން ސަރުކާރު ބަދަލުވި ފަހުން ވެސް ގިނަ ބަޔަކަށް އަންނަނީ އޭގެ ފައިދާ ކުރަމުންނެވެ. 

ގިނަ ބަޔަކަށް ހާއްސަކޮށް ނިކަމެތި އާއިލާތަކަށް ނިސްބަތްވާ ދަރިވަރުންނަށް އެއިން ފައިދާ ކުރާ މި ޕްރޮގްރާމް ސުޖާއު ސިފަ ކުރީ ބޮޑު ސްކޭމެއް ގޮތަށެވެ.

އެހެންނަމަވެސް މިއީ ސްކޭމަކަށް ވަނީ ކިހިނެއް ކަމެއް އޭނާއަކަށް ބުނެއެއް ނުދެވުނެވެ. ވަކި ބަޔަކަށް ނާޖައިޒު ފައިދާ އެއް ލިބުނީކަމެއް ނުވަތަ ލިބެން ޖެހޭ ބަޔަކަށް ހިލޭ ޑިގްރީގެ ދަށުން ކިޔެވިފައި ނުވަނީ ކަމެއް ވެސް ބުނެ އެއް ނުދެވުނެވެ. 

އޭނާއަށް ބުނެވުނުހާ ވެސް އެއްޗަކީ މި ޕްރޮގްރާމްގެ ސަބަބުން ޕްރައިވެޓް ކޮލެޖުތަކުގެ އާމްދަނީ ދަށަށް ދިޔަ ވާހަކަ އެވެ. އެހެންނަމަވެސް މިއީ ވެސް އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫންކަން އަދަދުތަކަށް ބަލައިލުމުން އެނގެ އެވެ. 

 
ފްރީ ޑިގްރީއަށް ކޮށްފައިވާ ހޭދަ

2019 އިން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހާ ހަމައަށް 695 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީ ޑިގްރީއަށް ހަރަދު ކޮށްފައިވެ އެވެ. މީގެ ތެރެއިން ސަރުކާރު ކޮލެޖުތަކުގައި ފްރީ ޑީގްރީއަށް ކިޔަވަމުންދާ ދަރިވަރުންގެ އަދަދަށް ވުރެ ޕްރައިވެޓް ކޮލެޖުތަކުގައި މިހާރު ވެސް ފްރީ ޑިގްރީއަށް ކިޔަވަމުން ދާ ދަރިވަރުންގެ އަދަދު ގިނަ އެވެ. 

ސުޖާއު މި ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ދެކޮޅު ނުޖެހޭ ކަން މިކަމުން ވެސް އެބަ ހާމަވެއެވެ. ސުޖާއުމެން ފަދަ މީހުން މިހެއް ދައްކާ ވާހަކައަކުން ބޭރު ގައުމުތަކުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ނުލިބޭ މައްސަލަ އޮއްބައެއް ނުލެވޭނެ އެވެ. 

ލިޔުން ޙިއްސާ ކުރައްވާ

2 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ާސދފ

9 ޖުލައި 2024

ބަސް ދަތުރުވެސް އުވާލާ ދެން.

އާދު

9 ޖުލައި 2024

ރައްޔިތުންގެ ކަރަށް އަތް ބާނައިގެން ކާންއުޅޭއުޅޭނެކަމެއް ނެތް.ދައުލަތުގެ ޚަޒާނާއަކީ، ނިކަމެތި ފަޤީރުރައްޔިތުމީހާގެވެސް ޙައްޤެއް ކަން ނޭގެނީތޯއެވެ؟

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

3

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4