މަޖިލީހުން ރުހުން ހޯދައިގެން ސޮއިކުރި ސަމޯއާ އެގްރީމެންޓްގައި އެއް ޖިންސުން ގުޅުން ހިންގުމަށާއި އެބޯޝަން ހެދުމަށާއި ދީނީ މިނިވަންކަމަށް ހުއްދަ ދިނުން އޮވޭ! މަޖިލިސް މެމްބަރުންނަކީ މުއިއްޒު ފޮނުވާހާ އެއްޗަކަށް އާން ބަސް ކިޔަން ތިބެން ޖެހޭ ބައެއް ނޫން!
ސަމޯއާ އެގްރީމެންޓްގައި އެއް ޖިންސުން ގުޅުން ހިންގުމަށާއި އެބޯޝަން ހެދުމަށާއި ދީނީ މިނިވަންކަމަށް ހުއްދަ ދިނުން އޮންނަކަން އެނގިތިބެ މުއިއްޒުގެ މެޖޯރިޓީ އޮތް މަޖިލީހުން އޭގައި ސޮއި ކުރުމަށް ރުހުން ދީފި އެވެ.
މި އެގްރީމަންޓްގައި ސޮއި ކުރީ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވޭނެ ކަމަށް ބުނުމަށް ފަހު އެވެ.
ސަމޯއާ އެގްރީމެންޓް ބިނާވެފައި ވަނީ މައިގަނޑު ހަ ދާއިރާ އަކަށެވެ. އެއީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތު، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ. މި ބައިތަކުގެ ދަށުން އިސްލާމް ދީނުގެ އަސާސްތަކާ ފުށޫ އަރާ އެތައް ކަމެއް މި އެގްރީމަންޓްގައި ހިމެނެ އެވެ.
އޭގެ ތެރޭގައި އެއް ޖިންސުން ގުޅުން ހިންގުމަށާއި އެބޯޝަން ހެދުމަށާއި ދީނީ މިނިވަންކަމަށް ހުއްދަ ދިނުން ހިމެނެ އެވެ.
މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދޭން ކަމަށް ބުނެ މި އެގްރީމަންޓްގައި ސޮއި ކުރިއިރު މިފްކޯ އިން މަސް ގަންނަ އަގު މި ވަނީ ކުޑަ ކޮށްފައެވެ. ބައިނަލްއަގްވާމީ ރޭޓުތަކަށް މަސް ގަންނަ ކަމަށް ބުނެ މަސް ގަންނަ އަގު ކުޑަ ކުރި އިރު، އަދިވެސް މަސް ގަންނަ އަގު ކުޑަ ކުރީ ކަމަށް އެއްބަސް ވާން ވެސް ނުއެއް ކެރެ އެވެ.
މި އެގްރީމަންޓްގައި ސޮއި ކުރީ އެމްޑީޕީ ވެރިކަމެއްގައި ނަމަ މިއަދު އެމްޑީޕީއާ ދިމާލަށް ނުކިޔާކަށް އެއްޗެއް ނޯންނާނެ އެވެ. މިފަދަ އެގްރީމަންޓްތަކުގައި ސޮއިކޮށް މިކަންކަމަށް އެއްބަސްވުމަކީ ވަކި ބަޔަކަށް ހުއްދަ ވާ ކަމެއް ހެއްޔެވެ؟ މި ރާއްޖެގެ ދީނީ އިލްމުވެރިން ވެސް މިއަދު ކޮބާ ހެއްޔެވެ؟ ސަލަފުގެ ޝެއިހުން ކޮބާ ހެއްޔެވެ؟
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4