މޯލްޑިވިއަނުން ހިންގާ އެއާ އެމްބިއުލޭންސް މާ ގިނައިން ރިޒޯޓުތަކަށް ދާތަން ފްލައިޓް ރާޑަރުން ފެންނަނީ ރިޒޯޓުތަކުގައި ބަލި މީހުން ގިނަ ކަމުން - މޯލްޑިވިއަން އެމްޑީ

Maldivian in hingaa air ambulance maa ginain resort thakah dhaa than flight radar in fennanee resort thakugai bali meehun gina kamun - Maldivian MD

ދަވާދު ބަދަލުކުރި ސީޕްލޭން

0

މޯލްޑިވިއަން އެއަރލައިންސްގެ އެއާ އެމްބިއުލޭންސް ޚިދުމަތް ނަމުގައި ހިންގާ ސީޕްލޭނުން މިހާރު އުފުލަމުންދަނީ ޓޫރިސްޓުން ކަމަށް ފްލައިޓް ރާޑަރުތަކުގެ ރިކޯޑުތަކުން ހާމަވެއްޖެއެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ކުރިން ބޭނުންކުރި ސީޕްލޭނުގެ ބޭރުގެ ކުލަ ބަދަލުކުރި ނަމަވެސް، މިހާރު އެ ޚިދުމަތް ބޭނުންކުރަމުންދަނީ ޓޫރިސްޓުން އުފުލުމަށް ކަމަށް ބެލެވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޅި މި މަހު އެންމެ ބަލިމީހަކުވެސް އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި އެކަނިވެސް ގިނަ އަދަދެއްގެ ރިޒޯޓުތަކަށް ޗާޓަރު ދަތުރުތައް ކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.

މި ހަފުތާ ތެރޭ މި ސީޕްލޭނުން ދަތުރުކޮށްފައިވާ ރިސޯޓުތައް

  • ބްރެނިއާ ކޮއްޓެފަރު
  • ރޮބިންސަން ނޫނު
  • ވައްކަރު މޯލްޑިވްސް
  • ކިހާ މޯލްޑިވްސް
  • ފިނޮޅު މޯލްޑިވްސް
  • އެއްލައިދޫ މޯލްޑިވްސް
  • މަޑިފުށި ޕްރައިވެޓް އައިލެންޑް


މީގެ އިތުރުން، މި ވަގުތު އެ ފްލައިޓުގެ އިންޓީރިއަރ ހުރީ ބަލިމީހުން އުފުލުމަށް އެކަށީގެންވާ ގޮތަކަށް ނޫންކަމަށްވެސް ބުނެވެއެވެ. ބޭރުގެ ކުލަ ބަދަލުކުރުމަށްފަހު ނަގާފައިވަނީ ހަމައެކަނި ފޮޓޯއެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ނަމަވެސް މި މައްސަލައާ ގުޅޭގޮތުން މޯލްޑިވިއަންގެ އެމްޑީ ވިދާޅުވެފައިވަނީ ރިޒޯޓުތަކަށް ކުރާ ދަތުރުތަކަކީ ބަލިމީހުން އުފުލުމަށް ކުރާ ދަތުރުތަކެއް ކަމަށެވެ. އަދި ރިޒޯޓުތަކުގައި މިހާރު އާދަޔާ ޚިލާފަށް ބަލި ފަތުރުވެރިން ގިނަވަމުންދާކަމަށް މޯލްޑިވިއަންގެ އެމްޑީ މައުލޫމާތު ދެއްވިއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4