ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ރައްޔިތުން ނުތަނަވަސްވެ އިހުތިޖާޖުކުރަން ފަށައިފި
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ރައްޔިތުން ނުތަނަވަސްވެ އިހުތިޖާޖުކުރަން ފަށައިފިއެވެ. މިދިޔަ ސަރުކާރުން މާލޭ ރަށްވެހިންނަށް ދޫކުރަން ނިންމި ފްލެޓްތަކާއި ބިންތައް މިހާތަނަށް ހަވާލުނުކޮށް ބެހެއްޓުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފްލެޓްތަކުގެ މައްސަލަ ދިގުލައިގެން ދިއުމާއި، ގުޅީފަޅު މަޝްރޫޢުގެ އިތުރުން ހުޅުމާލެ ފޭސް 3 ގެ މަޝްރޫޢުތައް ހުއްޓާލުމަކީ ރައީސް މުޢިއްޒުގެ ސިޔާސީ އެޖެންޑާތަކާ ގުޅިފައިވާ ކަންކަން ކަމަށް ރައްޔިތުން ތުހުމަތުކުރާ ކަމަށް ވެއެވެ.
ސަރުކާރު ވެރިކަމާ ހަވާލުވިތާ 15 ދުވަސް ފުރުނު ދުވަހު، މުޅި ރާއްޖެއަށް ފައިދާކުރާނެ ބޮޑު މަޝްރޫޢެއް ފަށާފައިވާ ކަމަށް ބުނެ ޚަބަރު ފެތުރުން ފިޔަވައި، އެހެން އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢަކީ 8 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވި އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. ނަމަވެސް، 6 ހެކްޓަރުގެ ބިން ހިއްކުމަށްފަހު މަސައްކަތް ހުއްޓާލެވިފައިވަނީ ފައިސާގެ ދަތިކަން ހުރުމުގެ ސަބަބުން ކަމަށް ބުނެވެއެވެ. އެހެންނަމަވެސް، ހުޅުމާލެ އަދި ތިލަފުށިން 110 ހެކްޓަރުގެ ބިން ވަކި ފަރާތަކަށް ހިލޭ ދޫކޮށްފައިވާއިރު، މި ބިންތައް އަނބުރާ ހޯދުމަށް ސަރުކާރަށް ވަނީ ނުކުޅެދިފައެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުގެ ސޯޝަލް މީޑިއާ އެކައުންޓުގައި މިރޭ 22:20 ހާއިރު ޕޯސްޓެއް ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ "ރާއްޖޭގައި ގޯތިގެދޮރުގެ ކަންކަން އޮތީ އެންމެ ރަނގަޅު ޙާލަތެއްގައި ނޫން ކަމަށާއި، ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ".
މިދިޔަ ސަރުކާރުން ނިންމާފައިވާ ފްލެޓްތަކުގެ ލިސްޓުގައި މައްސަލަ އުޅޭ ކަމަށް ބުނެ، ފްލެޓްތައް ހަވާލުކުރުން ސަރުކާރުން ހުއްޓުވިތާ 8 މަސް ވެފައިވާއިރު، މި މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ސަރުކާރުގެ ވިސްނުމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4