ރައީސް އިބޫ
މަޝްރޫއުތަކުގެ ތަފާސްހިސާބުތަކުގައި މުއިއްޒު އަނެއްކާވެސް އިތުރު ދޮގުތަކެއް ހަދައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.
މުއިއްޒު ވަނީ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫއުތަކުގެ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުން ދޮގުހަދައި އާންމުންނަށް އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ.
އެގޮތުން މުއިއްޒު ވެރިކަމަށް އައިއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫއު ހުއްޓިފައިވާކަމަށާއި އެހެންނަމަވެސް މި ވެރިކަމުގައި މިހާރު 74 ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ދާ ކަމަށް ބުނެ އާންމުންނަށް އޮޅުވާލަން މަސައްކަތް ކުރިއެވެ.
މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފެށި ރައީސަކީ ރައީސް އިބޫކަން ހުރިހާ އެންމެންވެސް ދަނެއެވެ. އޭގައި މުއިއްޒު ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެއެވެ. މުއިއްޒު ދައްކާ ވާހަކަ ގަބޫލު ކުރާނެ މީހަކުވެސް ނުވާނެއެވެ.
ރައީސް އިބޫގެ ވެރިކަމުގައި ފެނާއި ނަރުދަމާ މަޝްރޫއު 48 ރަށުގައި ނިމި ވެރިކަން ބަދަލުވިއިރު 98 ރަށުގައި މަސައްކަތް ނިމުމަކާ ހަމައަށް ވަނީ ގޮސްފައެވެ.
"74 ރަށުގައި އެކަންޏެއް ނޫން މަސައްކަތް ކުރިއަށް ގެންދަންވީ، ހުރިހާ ރަށުގައި ވެސް ކުރިއަށް ގެންދަންވީ، ފައިސާ ހުންނާނެ، އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ އެގްޒިމް ބޭންކުގެ ފައިސާ،" އިބޫ ވިދާޅުވިއެވެ.
ބަނދަރު މަޝްރޫއުގެ ތަފާސްހިސާބުތަކުން ވެސް މުއިއްޒު މަސައްކަތް ކުރީ އޮޅުވާލަންށެވެ. މުއިއްޒު ވެރިކަމަށް އައި އިރު 30 ބަނދަރު މަޝްރޫއު ހުއްޓިފައިވާ ކަމަށާއި މިހާރު 60 މަޝްރޫއު ކުރިއަށްދާނެ ކަަމަށް މުއިއްޒު ބުންޏެވެ.
އެހެންނަމަވެސް ރައީސް އިބޫ ވެރިކަމުން ފޭބިއިރު 52 ރަށުގައި ބަނދަރު މަޝްރޫއު ނިންމާ 42 ރަށުގައި ބަނދަރުގެ މަސައްކަތް އޭރުވެސް ކުރިއަށް ދެއެވެ.
ރައްޔިތުން އިންތިހާބު ކޮށް ރައީސްގެ މަގާމުގައި މުއިއްޒު ހުރީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރުމަށެވެ. ކޮންމެ ކަމަކުން އޮޅުވާލާކަށް ނޫނެވެ. އެހެންނަމަވެސް މި ފެންނަނީ ކޮންމެ ކަމެއްގައި ވެސް ދޮގު ހަދައި އޮޅުވާލައި މަންޒަރެވެ.
މުއިއްޒުއަށް މިއަދު 74 ރަށުގައި މަސައްކަތް ކުރިއަށް ގެންދެވޭތީ ވަރަށް ބޮޑު ކަމަކަށް ވެދާނެއެވެ. އެހެންނަމަވެސް ހަގީގަތަކީ އެކަން މުއިއްޒުއަށް އާ ކަމަކަށް ވިޔަސް ނިމުނު ރައީސް އިބޫގެ ވެރިކަމުގައި ހުރިހާ ރަށެއްގައި ވެސް މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމެވެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ކުދި، ބޮޑު ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް އެމްޑީޕީގެ ވެރިކަމުގައި ކުރިއަށް ގެންދިޔައެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4