ޕާސްޕޯޓު މަނާ ކުރުމާ ބެހޭ ބިލު ނުހިމަނައި މި ދައުރަށް މަޖިލީހަށް ބިލުތައް ހުށަހަޅައިފި އެވެ.
ފަސް އަހަރުގެ ދައުރުގެ ތެރޭގައި 200 އެއްހާ ބިލުގެ މަސައްކަތް ކުރާނެކަމަށް މުއިއްޒު ބުނެފައިވެއެވެ. މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހުގެ ތެރޭގައި ކުރުމަށް ހުށަހަޅާފައިވާ ބިލު ތަކުގެ ތެރޭގައި އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރާ އެއްވެސް ބިލެއް ހިމަނާފައެއް ނެތެވެ.
އެހެންނަމަވެސް އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓު މަނާ ނުކުރެވި ލަސްވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް ބުނެ މުއިއްޒު ވަނީ އެކަން އަނެއްކާވެސް މަޖިލީހަށް ފޮނުވާފައެވެ.
މުއިއްޒު އެހެން ބުނި ނަމަވެސް ވަކި ގައުމެއްގެ ރައްޔިތުން އެތެރެވުން މަނާ ކުރުމަކީ ރައީސްގެ އެންމެ ގަރާރަކުން ވާން އޮތް ކަމެކެވެ. އެކަން އެގޮތަށް ނުކުރަނީ ބައެއް އަމިއްލަ އެހެން ސަބަބުތައް ހުރެގެންނެވެ.
އޭގެ ތެރޭގައި މިހާރުވެސް އިންޑިޔާ އާއި އެމެރިކާގެ ރުހުން ހޯދުމަށް ކުރާ މަސައްކަތް ހިމެނެއެވެ. މި ސަރުކާރަށް އެއްވެސް ގައުމެއްގެ ރުހުމާއި ތާއީދު ލިބިފައި ނުވާއިރު އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަކީ އެމެރިކާގެ ނުރުހުން މުއިއްޒުގެ ސަރުކާރަށް އަމާޒުވާނެ ކަމެކެވެ.
މި ސަރުކާރުން އެމެރިކާއާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު އެމެރިކާ އަކީ އިޒްރޭލުން ހިންގާ ގަތުލުއާންމުގައި އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4