އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ވިސްނުމެއް ނެތް
މިދިޔަ ހޮނިހިރު ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިޒްރޭލުގެ ޓެރަރިސްޓުން އައިސް އުޅުނު ކަމަށް ބުނެ، ޝެއިޚް ފަޒްލޫން ސަރުކާރަށް ފާޑުކިޔައިފިއެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު މުޢިއްޒަށް އެންގިތާ 250 ދުވަސް ވެފައިވާއިރު، އަދި ސަރުކާރުގެ އަމިއްލަ ކެބިނެޓުން މިކަން ނިންމިތާ 2 މަސް ވެފައިވާއިރުވެސް، މިކަން ތަންފީޒު ކުރުމާ ގުޅޭގޮތުން މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ/
އެމްޑީޕީއިން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް މަޖިލީހަށް ހުށަހެޅި ބިލް، ޕީއެންސީގެ މެޖޯރިޓީ އޮތް ކޮމިޓީއެއްގައި ޕާކް ކޮށްފައިވާތާ މިހާރަށް ވަނީ 2 މަސް ދުވަހަށްވުރެ ގިނަވެފައެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތެވެ. ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަޙްމަދު ފަލާޙް ވަނީ މިއީ ދެ ގައުމެއްގެ ހަނގުރާމައެއް ކަމަށާއި، ދިވެހިންނާ ބެހޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެޓަރނީ ޖެނެރަލް އުޝާމްވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރުން ރަނގަޅު ނޫން ކަމަށް ބުނެ އެކަމާމެދު އޮތް ސަރުކާރުގެ ސްޓޭންޑް ހާމަކޮށްފައި ވެއެވެ.
ޝެއިޚް ފަޒްލޫންމެން ފަދަ މަދު ދިވެހި އިލްމުވެރިންކޮޅެއް އިޒްރޭލާ ދެކޮޅަށް ވާހަކަ ދައްކާއިރު، ދީން ވިއްކައިގެން މަގާމު ހޯދުމަށް ދެވިހިފާފައި ތިބޭ ސަލަފުގެ ޝޭޚުން ގެންދަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނުޖެހޭނެކަމަށް ހަރުއަޑުން ބުނެ އެކަމާ ދެކޮޅު ހަދަމުންނެވެ. ސަލަފު ޝޭޚުން ދީން ބޭނުންކުރަނީ އެމީހުން އާމްދަނީ ހޯދުމަށް ބޭނުންކުރާ ވަސީލަތެއް ގޮތުގައެވެ.
މި ހުރިހާ ބަޔާންތަކަކީވެސް ރައީސް މުޙައްމަދު މުޢިއްޒުގެ އެންގުމުގެ މަތިން ދެވިފައިވާ ބަޔާންތަކެއް ކަމަށް ޔަގީންކުރެވެއެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4