އެމްޕީއެލް ވިއްކާލުމަށް އެގްރީމެންޓްތައް ހަދާފައިވާއިރު އެކަމާ މެދު އެއްވެސް ސިޔާސީ ޕާޓީއަކުން އަދި މިހާތަނެއް ބަހެއް ބުނެފައެއް ނެތެވެ. ސިޔާސީ ޕާޓީތަކުން ހަނު ތިބޭ ވަރަށްވުރެ މިއީ ބިރުވެރި ކަމެކެވެ.
މި ހުރިހާ ކަމެއް ކުރަނީ މުއިއްޒުގެ ކްލާސްމޭޓު އަދި މިހާރު ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުރެގެން މުހައްމަދު ޝާހިދެވެ.
ގައުމީ މައި ބަނދަރު ބޭރުގެ ކުންފުންޏަކަށް ވިއްކާލުމަށް މަސައްކަތް ކުރަމުން މިދަނީ އެއިން އެއްވެސް މަންފާއެއް ރާއްޖެއަށް ނުކުރާ ގޮތަށެވެ. އިންޓަނޭޝަނަލް ކޮންޓެއިނަރ ޓާމިނަލް ސާވިސަސް (އައިސީޓީއެސްއައި) އަށް މައި ބަނދަރު ވިއްކާލަން އުޅެނީ އެ ކުންފުނިން އެއްވެސް ޓެކުހެއް، ފައިސާއެއް ދައްކަންވެސް ނުޖެހޭ ގޮތަށެެވެ.
ބޭރުގެ ކުންފުންޏަކަށް އެމްޕީއެލްގެ ބަނދަރު ވިއްކާލުމަށް މަސައްކަތް ކުރަނީ ކޮންސެޝަން ފީ ފިޔަވައި އިތުރު އެއްޗެއް ދައްކަން ނުޖެހޭ ގޮތަށެވެ. މީގައި އެއްވެސް ފީއެއް، ޓެކުހެއް އަދި ކުއްޔެއް ނުހިމެނެ އެވެ. ކުރު ގޮތަކަށް ބުނާނަމަ ބޭރުގެ ބަޔަކަށް ހިލޭ ގައުމީ ބަނދަރު ދޫކޮށްލަނީ އެވެ. މިއަކުން ރާއްޖެއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
ކުންފުންޏަށް ބަނދަރު ދޫކޮށްލުމަށް ފަހު ބަނދަރަށް ނަގާ ފީތައް ވެސް ކަނޑައަޅާނީ ކުންފުނިންނެވެ. އޭގައި ސަރުކާރަށް ކިޔޭނެ އެއްވެސް ބަހެއް ނެތެވެ.
އެންމެ ބިރުވެރި ކަމެއްގެ ގޮތުގައި އެގްރީމަންޓްގައި އޮތީ އެއްބަސްވުން އުވާލައިފިނަމަ އެމްޕީއެލް އިން 5 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދައްކަން ޖެހުމެވެ. އެއްބަސްވުމުގެ ތިން ތަނެއްގައި މި އަދަދަށް ފައިސާ ދައްކަން ޖެހޭނެކަމަށް ބަޔާންކޮށްފައި އެބަ އޮތެވެ.
މިއީ ރާއްޖެއަށް އޮތް ބިރުވެރިކަމެކެވެ. އެއްބަސްވުން އުވާލަން ބޭނުންވި ނަމަވެސް އެކަން ކުރުމަށް މިކަމުން ހުރަސް އެޅެއެވެ. ސަރުކާރަށް ތާއީދު ކުރާ މީހުންވެސް މިކަމާ ދެކޮޅެވެ.
ބޭރުގެ ބަޔަކަށް މިގޮތަށް މައި ބަނދަރު ދޫކޮށްލުމަކީ އެތަނަށް އެއްވެސް ކުރިއެރުމެއް ވެސް ލިބޭނެ ކަމެއް ނޫނެވެ. އިތުރަށް ތަރައްގީ ކުރުމަށް އެއްވެސް މަސައްކަތެއް އެ ކުންފުނިން ނުކުރާނެ އެވެ.
ގައުމިއްޔަތު ދިރުވުމަށް އައި ބަޔަކު، ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށް އައި ބަޔަކު ގައުމީ ބަނދަރު ބޭރުގެ ބައެއްގެ އަތް މައްޗަށް ދޫކޮށްލުން ބަލައިގަނެވޭ ހެއްޔެވެ؟ މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ހުރަސް އެޅޭނެ މިންވަރު އެ މީހުންނަށް ނުފެންނަނީ ހެއްޔެވެ؟
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4