މުއާޒް ފެނަކަ ތެރެއިން ހިންގާ ބޮޑެތި ޖަރީމާތައް ހެއްކާ އެއްކޮށް ފަޅާއެރުމުންވެސް ކުންފުނީގެ ނަމުގަ ދޮގު ބަޔާން ނެރެ އެކަން ފޮރުވަން މަސައްކަތްކުރި
ކަރަޕްޝަންގެ އަމަލުތައް ފުލުފުލުގައި ހިންގަމުންދާ ފެނަކަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އެ ކުންފުނިން ފޭކް ސްޕެއަރ ގަނެފައިވާ ކަމަށް ނޫސްތަކަށް އެރުމުން އެކަން ދޮގުކޮށް ފެނަކައިން ނެރުނު ބަޔާނަކީވެސް ފޭކް އަދި ދޮގު ބަޔާނެއްކަން ފަޅާއަރައިފިއެވެ.
ފެނަކައިން 1.5 މިލިއަން ރުފިޔާ ދީގެން އެޗް.ކިއު ހޯލްޑިންގްސް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ސްޕެއަރ ގަތްކަން، އެ މުއާމަލާތް ހިންގާފައިވާ ލިޔެކިޔުންތަކާ އެކު ފަޅާއެރުމުން ބަޔާނެއް ނެރެ އެކަން ދޮގުކުރަން މަސައްކަތްކުރިއެވެ.
އެ ބަޔާނުގަ ފެނަކައިން ބުނީ ލިޔުންތަކުން ފެންނަ މުދަލަކީ އެ ކުންފުންޏަށް ގަނެފަވާ މުދާ ނޫން ކަމަށެވެ. އަދި ސްޕެއަރ ހޯދުމުގެ މަސައްކަތް އޮތީ ޓެންޑަރ ކޮމެޓީ މަރުހަލާގަ ކަމަށް ބުނެ އަނެއްކާވެސް ހެދީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.
ފެނަކަ ބަޔާނުގަ ދޮގުކުރި ލިޔުމަކީ ޕަރޗޭސް އޯޑަރއެކެވެ. މިއީ މުދާ ގަތުމުގެ ކުރިން ކޯޓޭޝަން ހޯދާ، އެ ކޯޓޭޝަންތައް އިވެލުއޭޓު ކުރުމަށްފަހު މުދާ ގަންނަން ވަކި ފަރާތެއް ޚިޔާރުކޮށް، ފާސްކުރަންޖެހޭ ކޮމެޓީތަކުން ފާސްކުރުމަށްފަހު މުދާ ގަތުމަށް ތައްޔާރުކުރާ ލިޔެކިޔުމެކެވެ.
ޓެންޑަރ މަރުހަލާގަ އޮތްކަމަށް ބުނެ ދޮގު ބަޔާނެއް ނެރުނުއިރު މި މުއާމަލާތުގަ ފެނަކައިން ޓެންޑަރއަށް ނުވެސް ދާކަމާއި ޖަރީމާ ހިންގަން ބޭނުންކުރީ އެމަރޖެންސީ ޕްރިކިއޮމަންޓް ޕޮލިސީކަން ހާމަވާ ލިޔެކިޔުންތަކެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. މިއީ ޓެންޑަރއަށް ނުގޮސް މުދާ ގަތުމުގެ ބާރު ލިބޭ އުކުޅެކެވެ.
ފެނަކަ ތެރެއިން މި ޖަރީމާ ހިންގަން ފުރަތަމަ ކުރި ކަމަކީ 22 އޮގަސްޓް 2024ގަ އިންޓަރނަލް މެމޯއެއް ނެރެ ވަކި ރިކުއެސްޓްތަކަކަށް އެމަރޖެންސީ ޕްރޮކިއޮމަންޓް ރިކުއެސްޓް ހެދުމަށް އެންގުމެވެ. އެ ލިސްޓްގައި މ. މުލަކު ޖެންސެޓަށް ބޭނުންވާ ސްޕެއާ ގަންނަ ރިކުއެސްޓް ވެސް ހިމެނެއެވެ.
އެމަރޖެންސީ ޕްރޮކިއޮމަންޓް ހަދަނީ ހިދުމަތަކަށް ބުރޫއެރުން ފަދަ ކްރިޓިކަލް ހާލަތްތަކުގައެވެ. މުލަލުގަ އެމަރޖެންސީ ހާލަތެއް އޮތް ކަމަށް ފެނަކައިން ބުންޏަސް މުލަކު ޖެންސެޓަށް ބޭނުންވާ ސްޕެއާ ހޯދަން ސިސްޓަމަށް ރިކުއެސްޓް އެޅީ އޭގެ 7 މަސް ކުރިން، 13 ޖެނުއަރީ 2024 ވަނަދުވަހުއެވެ. ރިކްއެސްޓް އެޅިތާ 8 މަސްވެގެންދިޔައިރު ވެސް މުދާނުގަނެ އަޅާނުލާ ހިފަހައްޓާގެން ތިބީ އެޗްކިއު ހޯލްޑިންގްސްއިން މުދާ ބޭރުން ގަނެގެން ގެނެވެންދެންނެވެ. ހަމަ އެ ނޫން ބައެއްގެ އަގުން މުދާ ނުގަންނަންވެގެންނެވެ. އެހެންކަމުން އެ ބުނާ އެމަޖެންސީ ހާލަތެއް ހަގީގަތު އޮތްނަމަ އެ ހާލަތަކަށް ގަސްތުގަ ވައްޓާލީވެސް މުއާޒްއެވެ.
އިންޓަރނަލް މެމޯ ނެރުނު ދުވަހު މުލަކު ޖެންސެޓަށް ބޭނުންވާ ސްޕެއާ ގަންނަން އެމަރޖެންސީ ޕްރޮކިއުމަންޓް ރިކްއެސްޓެއް ހެދިއެވެ. މިއީ ވަކި ބަޔަކަށް ޑީލް ހޯދަދޭން ވެގެން ކްރިޓިކަލް ނުވިޔަސް ގަސްތުގަ އެ ހާލަތަށް ގެނައުމެވެ.
އެ ރިކްއެސްޓަށް އެޗް.ކިއު ހޯލްޑިންގްސްއިން އަގު ފޮނުވީ 25 އޮގަސްޓް 2024 ވަނަ ދުވަހުއެވެ.
އަދި މި މުއާމަލާތުގަވެސް އެޗް.ކިއު ހޯލްޑިންގުން ވަނީ 15 ޕަސެންޓް އެޑްވާންސަށް ނަގާފައެވެ. މިކަންވެސް ފެނަކަ އާއި އެޗް.ކިއު ހޯލްޑިންގްސްއިން ކޮމިއުނިކޭޓްކޮށްފަވާ މެއިލް ތްރެޑްއަކުން ފެންނަން އެބައޮތެވެ.
އެމަރޖެންސީ ޕްރޮކިއޮމަންޓް ޕޮލިސީއަކީ ފެނަކައިން ކަރަޕްޝަން ހިންގުމުގަ އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. އެމަރޖެންސީ ޕްރޮކިއޮމަންޓްގައި ތިން ކޯޓޭޝަން ހަމަނުކޮށް، ކުންފުނިން ބޭނުންވާ ވަކި ވެންޑަރއެއްގެ އަތުން މުދާ ނެގުމުގެ އިޚްތިޔާރުވެސް ލިބެއެވެ.
މިދިޔަ މަހު 3.5 މިލިއަން ރުފިޔާއަށް ލިބެންހުރި ފެން ޕްލާންޓެއް 14 މިލިއަން ރުފިޔާއަށް ގަތީވެސް ހަމަ އެމަރޖެންސީ ވެގެންނެވެ. އެކަމަކު އަސްލު އެފަދަ ހާލަތެއް ނުވެސް ނެތެވެ. އެ މުއާމަލާތުގަ ވެސް މުދާ ގަތީ ހަމަ އެޗް.ކިއު ހޯލްޑިންގްސްއިންނެވެ.
އެޗް.ކިއު ހޯލްޑިންގްސް ކުންފުނީގެ ހިއްސާދާރުންނަށް ތިބީ ގުދުރަތުﷲ ނަސީރު ކިޔާ މީހަކާ ހައްމާދް މުޙައްމަދު ކިޔާ މީހެކެވެ. ގުދުރަތުﷲއަކީ ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލްއަށް ބޮޑުބެ ކިޔާ މީހެކެވެ. މުޙައްމަދު އިސްމާއިލްއަކީ ޔާމީން ސަރުކާރުގަ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ އޭރު ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ބެހިކަމަށް މަޖިލީހުގެ ތަޅުމުގަ އަމިއްލައަށް އެއްބަސްވެފަހުރި މީހެކެވެ.
އެޗް.ކިއު ހޯލްޑިންގްސްއަކީ ހަކުރު ސޭޓް އަރްޝަދް ހާލިދްއާވެސް ގުޅުން އޮންނަ ކުންފުންޏެކެވެ. މެއިލް ތްރެޑްގައި ސީސީކޮށްފަވާ 2މީހުންގެ ތެރެއިން މުޙައްމަދު ސިދުރަތަކީ އަރްޝަދްގެ ފިރިހެން ޕަރސަނަލް ސެކެޓްރީއެވެ. ދެން ސީސީކޮށްފަވަނީ ޕްރިކިއޮމަންޓް ޑިޕާޓްމަންޓްގެ ހެޑް އައިޝަތު އައިމަންއަށެވެ. މުއާޒްގެ ރުހުން ލިބިފަވާ މި ދެ މީހުންނާ ނުލާ ފެނަކަ ތެރެއިން އެއްވެސް ޖަރީމާއެއް ނުހިންގައެވެ.
އެޗް.ކިއު ހޯލްޑިންގްސްއިން ފެނަކައަށް މުދާ ވިއްކަނީ މަޝްހޫރު ކަމިންސް ބްރޭންޑުގެ ނަމުގަ ޗައިނާ ކުންފުންޏަކުން ދީފަވާ ލިޔުމެއް ބޭނުންކޮށްގެން ހަދާފައި ސެޓްފިކެޓެއް ބޭނުންކޮށްގެންނެވެ. އޮރިޖިނަލް ކަމިންސް ބްރޭންޑުގެ އުފެއްދުންތައް ރާއްޖެއިންނާއި ބޭރު ގައުމުތަކުން ގަންނަން ލިބޭ އަގަށް ވުރެ ބައެއް ޕާޓްސް ހަތަރު ގުނަ އަގުބޮޑުކޮށެވެ. އެއީ ޗައިނާއިން އެތެރެކޮށްގެންނެވެ. މިކަންވެސް ލިޔެކިޔުންތަކާއެކު ވަރަށް ތަފްސީލުކޮށް އޮތީ ފަޅާއަރާފައެވެ.
ފެނަކައިގެ ބަޔާނުގަ އެއް ޖުމްލައިގަ ގިނަ އަދަދެއްގެ ކުންފުނިތަކަށް "ފޭކް"އަށް ގޮވަމުން އަނެއް ޖުމްލައިގައި ވަކި ކުންފުނިތަކަކަށް "ފޭކް"އަށް ނުގޮވަންވެސް އެދުނެވެ.
ފެނަކަ ބަޔާނުގަ ބުނީ އާ މެނޭޖްމަންޓް ހަވާލުވީއިރު ތިބި ވެންޑަރުން ނުވަތަ ފެނަކައިން އެ ބަޔާނުގަ ބުނި ގޮތުންނަމަ "ފޭކް" ކުންފުނިތައް ބްލެކް ލިސްޓު ކުރި ކަމަށެވެ. އެކަމަކު ބަޔާނުން "ހަނދާން ނެތިގެން ވައްޓާލި" ބަޔަކީ ފޭކް ކަމަށް ބުނެ ބްލެކް ލިސްޓްކުރި ކުންފުނިތައްވެސް ފަހުން އެ ލިސްޓުން އުނިކުރި ކަމެވެ. އަދި ބަރާބަރަށް އެ ކުންފުނިތަކަށްވެސް ރިކްއެސްޓް ހަދަމުން އެބަދެއެވެ.
އެހެންކަމުން އަމިއްލައަށް ބަޔާނުގައި ފެނަކައަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޮލުގައި "ފޭކް" ކަމަށް އިލްޒާމް އެޅުވުމަކީ ގުޅުން ހީނަރުވާ ކަމެއް ކަމަށް ބުނެފަ، ފެނަކައިން އަމިއްލައަށްވެސް މި އޮތީ އެ ކުންފުނިތަކުގައި ފޭކް ލޭބަލް އަޅުވާފައެވެ.
މި ހިސާބުން ފެނަކައިގެ ބަޔާނުގެ އަސްލު މަގްސަދު ވަރަށް ބޮޑަށް ސާފެވެ. ލިޔެކިޔުންތަކުން ކަރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހިންގާފައިހުރި ކަން ފެންނަން އޮތްއިރުވެސް ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި، އެއް ކުންފުނި ތަހުތަށް އަރުވައިގެން އުޅުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ. މީގެ ކުރިންވެސް ފޭކް، މިހާރު ބާކީ ތިބީވެސް ހުސް ފޭކް އަދި ފޭކް ނޫނީ ހަމައެކަނި މި ކުންފުންޏޭ ބުނާ މޭރުމުން ބަޔާން ނެރުމުން ފެނަކައިގެ މެނޭޖްމަންޓާއި އެޗް.ކިއު ހޯލްޑިންގްސްއާ ދެމެދު އޮންނަ ގުޅުމާއި މި ދެ ކުންފުނީގެ މުއާމަލާތްތަކުން އެއްވެސް ނާޖާއިޒު ފައިދާތަކެއް ބަޔަކަށް ލިބޭކަން އެބައެނގެއެވެ.
އެޗް.ކިއު ހޯލްޑިންގް މެދުވެރިކޮށް ފެނަކަ ހިންގާ ކަރަޕްޝަން ފުލުފުލުގަ ފަޅާއަރަން ފެށުމުން މިހާރު އެ ކުންފުނީގެ ނަން ބަދަލުކޮށް، ޑަބްލިއު އޭ ޑަބްލިއު ހޯލްޑިންގްއަށްވެސް ވަނީ ބަދަލުކޮށްފައެވެ. އެކަމަކު އެކަންވެސް މާ ގިނަ ދުވަސް ނުވަނީސް އޮތީ ފަޅާއަރާފައެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4