މަތީގަ ނިސްބާހާއި މުއާޒް ޒުވާން ދުވަސްވަރު. ތިރީގަ މިހާރު އެ ދެމީހުން
ހަކުރު ސޭޓް އަރުޝަދް ޚާލިދާއި ފެނަކަ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު އިސްވެތިބެ އެ ކުންފުނި ތެރެއިން ހިންގަމުންދާ ކަރަޕްޝަންގައި ރީޖަނަލް އެއާޕޯރޓްސްގެ ޕްރޮކިއޮމަންޓް މެނޭޖަރ ނިސްބާހު މުހައްމަދާ ގުޅިގެން 1.1 މިލިޔަން ރުފިޔާއަށްވުރެން ބޮޑު ކަރަޕްޝަނެއް ހިންގިކަން ހާމަވެއްޖެއެވެ.
ނިސްބާހަކީ ވަރަށް ކުރިއްސުރެ މުއާޒްގެ ވަރަށް ގާތް މިތުރެކެވެ. އަދި މިއަހަރު ބޭއްވި މަޖްލިސް އިންތިހާބުގަ މަޑަވެލި ގޮނޑި ކާމިޔާބުކުރި މުހައްމަދު ޝަމީޒްގެ އިންތިހާބީ އެޖެންޓަކީވެސް ނިސްބާހެވެ.
މުއާޒް އާއި ނިސްބާހަކީ ވެސް މަޑަވެލި ދެމީހުންނެވެ. އަނެއްކޮޅުން ޝަމީޒްގެ ކެމްޕޭނަށް ހުރިހާ ޚަރަދެއް ކުރީ ހަކުރު ވިއްކައިގެން ހޯދާފަހުރި ފައިސާއިން ހަކުރު ސޭޓް އަރުޝަދެވެ.
ނިސްބާހު މަސައްކަތްކުރާ ރީޖަނަލް އެއާޕޯޓްގެ މެނޭޖިންގ ޑިރެކްޓަރއަކަށް ހުރީ ވެސް މުއާޒްގެ އެންމެ ގާތް އެއް އެކުވެރިޔާކަމަށްވާ އަހްމަދު މުބީންއެވެ. މިއީވެސް މި ނެޓްވަރކްގައި ހިމެނޭ މީހެކެވެ.
އަޅުގަނޑުމެން ބެލިބެލުމުން ނިސްބާހު އަޑީގަ ހުރެގެން ތިން ކުންފުންޏަކުން ފެނަކައަށް ހެސްކިޔާފަ އަގުބޮޑުކޮށް ދަނީ މުދާވިއްކަމުންނެވެ. އެއީ 28 އިންވެސްޓްމެންޓް ކިޔާ ކުންފުންޏަކާ ހައިޑްރޯގްލޯބަލް ކިޔާ ކުންފުންޏަކާ ގްރީން ކޮމްޕެނީ ކިޔާ ކުންފުންޏެކެވެ.
މިއިން އެއްވެސް ކުންފުންޏެއްގެ ލިޔެކިޔުމުގަ ނިސްބާހުގެ ނަމެއް ނޯވެއެވެ. އެހެންނަމަވެސް އެ ކުންފުނިތަކުން ހިންގާ ޑީލްތަކުން ހުރިހާ އާމްދަނީއެއް ލިބެނީ ސީދާ ނިސްބާހަށްކަން އަޅުގަނޑުމެން ބެލިބެލުމުންވަނީ އެނގިފައެވެ. އަދި ލިޔެކިޔުންތަކުގަ ތިބޭ މީހުންނަށް ނިސްބާހު ދެނީ ކަޓެކެވެ.
އަޅުގަނޑުމެން ވަރަށް ބުރަކޮށް ކުރި މަސައްކަތުން މި ތިން ކުންފުންޏަށް ފެނަކައިން ހަދާފަހުރި ޕަރޗޭސް އޯޑަރތަކެއް ވަނީ ލިބިފައެވެ.
އަޅުގަނޑުމެންނަށް މިހާތަނަށް ހޯދުނު މި ޕާރޗޭސް އޯޑަރތަކިގެ އަގު 1.1 މިލިޔަން ރުފިޔާއަށްވުރެ މާ ގިނައެވެ. އަދި ނުލިބޭ ބައިވަރު ލިޔެކިޔުންތައްވެސް ހުންނާނެއެވެ.
މި ހުރިހާ ޕަރޗޭސް އޯޑަރތަކަށްވެސް މުދާ ނަގާފަވަނީ ވަގުތުން ފައިސާ ދައްކާ ގޮތަށް ނަމަވެސް ކްރެޑިޓްއަށް މުދާ ނެގުމަށްވުރެވެސް ބޮޑު އަގެއްގައެވެ.
މިގޮތަށް ވަގުތުން ފައިސާ ދައްކަނީ މުއާޒްގެ ނެޓްވަރކްގަ ހިމެނޭ ކުންފުނިތަކަށްކަން އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުންނާ މީގެކުރިން ހާމަކުރި ކަރަޕްޝަންގެ ޖަރީމާތަކުން ވާނީ ސާބިތުކޮށްދީފައެވެ.
މިވަރަށް ކަޓް ފައިސާ ނަގަމުންދާއިރުވެސް ނިސްބާހު ބެންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކާ ފިލައިގެން އުޅޭ މައްސަލައެއް މިހާރުވެސް ސިވިލްކޯޓްގަ ހިނގަމުން އެބަދެއެވެ.
މި ކުންފުނިތަކަށް ފެނަކަ ޕްރޮކިއޮމަންޓް ޑިޕާޓްމަންޓް ތެރެއިން ޑީލް ލިބޭކަން ޔަގީންކޮށްދެނީ އެ ޑިޕާޓްމަންޓްގެ މެނޭޖަރުންގެ ގޮތުގަ އުޅޭ މުހައްމަދު ސިދުރަތާއި އަބްދުﷲ ޒާހިރުއެވެ. ސިދުރަތަކީ ހަކުރު ސޭޓް އަރުޝަދްގެ ފިރިހެން ޕަރސަނަލް ސެކެޓްރީއެވެ. އަދި އަބްދުﷲ ޒާހިރަކީ ފެނަކަ މުއާޒްގެ އަންހެނުންގެ ކޮއްކޮއެކެވެ.
ޒާހިރަކީ ބެންކް އޮފް މޯލްޑިވްސްގެ ވަޒީފާއެއްގަ އުޅެމުން ކަސްޓަމަރުންގެ ގިނަ އަދަދެއްގެ ފައިސާ މަކަރާ ހީލަތުން ވަގަށް ނަގައިގެން ބޭނުންކުރި މައްސަލައެއްގަ އެތަނުން ވަޒީފާއިން ކަނޑާލާފަހުރި މީހެކެވެ. އަދި އޭގެ ފަހުން ޓްރީޓޮޕް ހޮސްޕިޓަލުގެ ވަޒީފާއަކުން ކަނޑާލީ އެތަނުގެ ވައްގަނޑުން ވައްކަންކޮށްގެންނެވެ.
ސިދުރަތަކީ 119 ކިލޯގެ ހަކުރު މައްސަލައެއްގަ އަރުޝަދްއާއެކު ހައްޔަރުކުރި މީހެކެވެ.
0%
0%
0%
0%
0%
ކްރިސްޓަލް
19 އޮކްޓޫބަރު 2024
ފަސްމާމުލު ފަސް ވަގުންގެ މައިމުލު ވަގަކީ ސަރާރުކިޔާ ވަގު . އެމްޕީ ޝަމީޒްއަކީ ހަކުރުބޯ ގޮލައެއް .
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
13 ޖުލައި 2024
2
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
12 ޖުލައި 2024
4