މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުރިއިރު މަނީ ލޯންޑަރ ކުރި ކަމުގެ ހެކި މިއޮތީ! ބޭރުގެ އެއްވެސް ކުންފުންޏަކާ ވިޔަފާރީގެ ގުޅުމެއް ނެތް ނަމަވެސް ގަވާއިދުން ބޭރު ކުންފުނިތަކުން ދިޔައީ މުއިއްޒުގެ އެކައުންޓަށް ޑޮލަރު ޖަމާކުރަމުން!

Muiz housing minister kamugai huri iru money launder kuri kamuge heki miothy! Beyruge evves kunfuni akaa viyafaareege gulhumeh neiy namavesq gavaaidhun beyrun kunfunithakun dhiyaee Muizzu ge account ah dollar jamaa kuramun!

0

މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުރިއިރު މަނީ ލޯންޑަރ ކުރި ކަމުގެ ހެކިތައް ހާމަވެއްޖެއެވެ. 

މި ހެކިތައް ހާމަވީ ޕޮލިސް އިންޓެލިޖެންސް ރިޕޯޓް އަދި އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓްތަކުންނެވެ. 

،މި ރިޕޯޓްތަކުން ބޭރުގެ އެއްވެސް ކުންފުންޏަކާ ވިޔަފާރީގެ ގުޅުމެއް ނެތް ނަމަވެސް ގަވާއިދުން ބޭރު ކުންފުނިތަކުން ދިޔައީ މުއިއްޒުގެ އެކައުންޓަށް ޑޮލަރު ޖަމާކުރަމުން ދިޔަކަން ވަނީ ހާމަވެފައެވެ. 

މުއިއްޒު މަނީ ލޯންޑަރ ކުރަމުންދިޔައީ އޭނާގެ ކޮއްކޮ ސައުދާ އަދި ސައުދާގެ ފިރިމީހާ އިދުރީސް ފައުޒީ މެދުވެރިކޮށެވެ. 

މުއިއްޒުއަށް ލިބުނު ކަޅު ފައިސާ ހޭދަކުރީ އޭނާގެ ދިމްޔާތު ގަނޑުވަރު އަޅަންކަމަށް ރިޕޯޓްތަކުން ހާމަވެއެވެ. އަދި އޭރު ސަރުކާރު މަޝްރޫއުތަކުގައި މަސައްކަތް ކުރި ޗައިނާ ކުންފުނިތަކުގެ މީހުން ދިމްޔާތު އެޅުމުގައި ހަރަކާތްތެރިވިކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. 

މުއިއްޒުއަށް ފައިސާ ޖަމާކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިޒޯޓްސް ލިމިޓެޑް، ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ރެއިންބޯ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް، އައިއޯއެފް ކޯޕަރޭޝަން، ހުނާން ނަމްބަރ 6 އިންޖިނިއަރިން ކޯ ލިމިޓެޑް، ހުނާން ރުއިން ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ވިން ރަން (އެޗް ކޭ) އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑް ހިމެނެއެވެ. 

އެގޮތުން ވިންރަން ކުންފުނިން ފިނޭންސް މިނިސްޓްރީއަށް ފައިސާ ދެއްކުމުގެ ކުރިން މުއިއްޒުއަށް ފައިސާ ޖަމާކޮށްފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. 9 ޖެނުއަރީ 2018 ވަނަ ދުވަހު މުއިއްޒު އެކައުންޓަށް 9،999 ޔޫއެސް ޑޮލަރު ޖަމާވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ. 

އަދި މުއިއްޒުގެ އެކައުންޓަށް ހުނާން ނަމްބަރު 6 އިންޖިނިއަރިން ކޯ ލިމިޓެޑްއިން އެކި ދުވަސްމަތިން ގިނަ އަދަދެއްގެ ޔޫއެސް ޑޮލަރު ޖަމާކޮށްފައިވާކަމަށާއި 20 މާޗް 2018 ގައި 7500 ޔޫއެސް ޑޮލަރު އަދި 1 އޮކްޓޫބަރު 2018 ގައި 7500 ޔޫއެސް ޑޮލަރު މުއިއްޒު އެކައުންޓަށް ޖަމާކޮށްފައިވެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4