މޯލްޑިވްސް ހެލްތު ލައިން“ އިފުތިތާހުކުރުން 2023
ޑރ މުއިއްޒުގެ ސަރުކާރަށް 50 ދުވަސް ވީއިރު މާލެފިޔަވާ ޕުރޮޖެކްޓެެއް އަދި ނުފެށެއެވެ. މުޅިންވެސް ވަޒީރުންގެ މަޖިލީސްއިން ނިންމުންތައް ނިންމަނީއެވެ.
ނަމަވެސް ކުރީ ސަރުކާރުތަކުން ނިންމާފައި ހުރި ކަންކަމުން ކްރެޑިޓް ނަގައި، މިއީ މުއިއްޒު ކުރި ކަމެއް ކަމަށް ދެއްކާ އޮޅުވާލަން މިވަރަށް މަސައްކަތް ކުރަނީ ރޯމާ ދުވާލުގައެވެ. ނޫނޭ މުއިއްޒުގެ މަކަރު އެބަހުރި!
މި ސަރުކާރު ވުޖޫދަށް އައީ މަކަރާއި ހީލަތުން ރައްޔިތުންނަށް ގިން ކަންކަން އޮޅުވާލައިގެނެނެވެ. ވެރިކަމުގައި ދެމި އޮތުމަށްވެސް ހަދަމުން މިދަނީ ދޮގާއި މަކަރެވެ. ނުވިތާކަށް މުއިއްޒަށްވުރެ ބޮޑު ފޮޓޯޖެހި ރައީސް ޔާމީނަށްވެސް ދިނީ ހަމަސީދާ ދޯކާއެވެ. ދޮންއަމާ ރޮއެ ރޮއެފަ އެވާހަކަ ކީ ދުވަހު ކުރީ މަލާމާތާއި ބުލީއެވެ. މިހާރު ދޮންއަމާ މި ލިޔަނީވެސް ހަމަ ތެދުވާހަކަ ތަކެކެވެ.
މެރިން ހެޗަރީގެ މަސައްކަތަކީ ކުރީގެ ސަރުކާރުން ޔޫއޭއީގެ ކުންފުންޏަކާއި ގުޅިގެން، ފިޝަރީޒް މިނިސްޓްރީއާއި ގުޅިގެން ފަށާފައިވާ މަސައްކަތެކެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ވަޑައިގެން މިއީ މިސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދެއްކުމަށް ލައްކަ މަސައްކަތް ކުރަމުން އެބަދެއެވެ.
ތެލަސީމިޔާ ކުދިންނަށް ހިލޭ ބޯން މެރޯ ހަދައިދިނުން

މުއިއްޒުގެ ހަފްތާ 14ގެ ޕްރޮގްރާމް ތެރެއަށް ތެލަސީމިޔާ ކުދިންނަށް ހިލޭ ބޯން މެރޯ ހަދައިދިނުމަކީ އަލަށް ސަރުކާރުން ފަށާ ކަމެއް ކަމަށް ބުނެ ދޮގުހަދަނީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. މި ގޮތުން ރައްޔިތުންނަށް އޮޅުވާލުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ގާރީ ފިރުޒުލް ވަނީ ދޮގު ހަދާނީއެވެ. ދެން އެށޮރު އަރުވަނީ ހުކުރު ދުވަހު ޙުތުބާކިޔާށެވެ.
އައިވީއެފް ޓްރީޓްމަންޓް‘ ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތް އާސަންދާގައި ހިމެނުމަށް 19 މަޖީސްއިން ފާސްކޮށް، ރައީސް ސޯލިޙް ތަސްދީކޮށް، ނިންމާފައިވާ ކަމެކެވެ. އޭރުގެ ސަރުކާރުން ވަނީ ނޭޝަނަލް ފާޓިލިޓީ ކެއާ ޕްރޮގްރާމްގެ ނަމުގައި މި މަސައްކަތްފަށާފައެވެ. މި ޕްރޮގްރާމަކީ މިކަން ކުރުމަށް ފުރިހަމަ ނިޒާމެއް އެކުލަވާލާ، މިކަމަށް ދާ ޚަރަދު އާސަންދައިގެ ތެރެއަށް ވެއްދުމާއި، މިކަމުގެ ދަތިކަން ތިބި މީހުން ދަނެގަނެ، އެމީހުންނަށް ފަރުވާ ލިބޭނެ ޤައުމީ ފެންވަރުގެ ނިޒާމެއް ގާއިމު ކުރުމެވެ.
މިދިޔަ އަހަރު ކުރީގެ ސަރުކާރުން ސިއްހީ ފަރުވާގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ”މޯލްޑިވްސް ހެލްތު ލައިން“ އިފުތިތާހުކޮށްފައި ވަނިކޮށް، ސީ އެމްބިއުލާންސް ޚިދުމަތުގެ ނަމުގައި ހަމަ އެއްކަމެއް މިސަރުކާރުން ފެށުމުން، އެކަމަށް ސޯޝަލް މީޑިޔާގައި ފާޑު ކިޔުން ވަނީ އިންތިހާއަށް އިތުރު ވެފައެވެ.
ނޫނޭ މުއިއްޒުމީ އޮޅުވާލުމުގެ މާހިރެއް، ދޮންއަމާ އެދުވަހު ބުނީ ހަމަ ހެޔޮކޮން. "ހީ އިޒު ނޮޓު ގުޑު ސަން"
0%
0%
0%
0%
0%
ވަގުބިޓު
8 ޖަނަވަރީ 2024
މުއިޒުކުރިކަމެއް ނެތެންނޫންތޯ؟ ޔާމީނު ކުރިކަމުގެ އަދަބުތޯ ތިޔަދެނީ... ދޮންބަފާއަށް ނިމުނީ މީހުނާ އިނދެވެނިކޮން، ކޯފުރެންދެން ފޯއަޅައިގެން އިނދެ އަގަތަޅުވާތީވެ މައްސަލައަކީ
ދޮންބަފާ
8 ޖަނަވަރީ 2024
ދޮންއަމާހަދާން ކުރީ އެމްޑީޕީ ސަރުކާރުން އިބޫސޯލިހް..ސީ އެމްބިލާންސް ކިޔައިގެން ހިމާރުތަކެއްހެން ހަޅޭލާ ނަގަނީ އެއީ ރައީސް ޔާމިންގެ ސަރކަަރުނ ކުރިކަމެއް، ހުޅުމާލޭ ފޭސް 2 މިހާރު ނިންމާހުރި ހުރި ފުލެޓް އެއީ ދޮންއަމާ ވިހެއިރު މަހަކައް ވެއްތިފަ ހުރި ތަންތަން އުތަ،
10 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
30 އެޕްރީލު 2025
0
24 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4