މުއިއްޒު ފަންޑުކޮށްގެން މުއިއްޒަށް ސަނާ ކިޔަން ހިންގާ "ދެންމެ" ނޫހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިންގެ މެދުގައި އަދަބު އަޚުލާގު ދަށް ލަދުހުތުރު ވާހަކަތައް އާންމު ކުރަނީ – މުއިއްޒަށް ސަނާ ކިޔާތީ މިފަދަ ނޫސްތަކަށް ފިޔަވަޅު އެޅުން މަނާ

Muizzu fund kohgen Muizzah sanaa kiyan hingaa "Dhenme" noohun social media medhuverikoh dhivehinnge medhugai adhabu ahulaagu dhah ladhu huthuru vaahakathah aanmu kuranee

މުއިއްޒު ފަންޑު ކުރާ "ދެންމެ" ނޫސް - މުއިއްޒަށް ސަނާ ކިޔުމާއި ލަދުހަޔާތް ގޮވުން

"ދެންމެ" މި ނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ އަދި ހަމައެކަނި މުއިއްޒަށް ސަނާ ކިޔުމަށް ސީދާ މުއިއްޒު ފަންޑު ކޮށްގެން ހިންގާ އޮންލައިން ނޫހަކުން މި ގެންދަނީ ހުއްޓުމެއް ނެތި ދިވެހިންގެ މެދުގައި އަދަބު އަޚުލާގު ދަށް އެތައް ވާހަކައެއް ފާޅުގައި ޝާއިއު ކުރަމުންނެވެ.

މިގޮތުން މި ނޫހުގެ ފީޑު ބަލާލާއިރު، މުއިއްޒަށާއި މި ސަރުކާރަށް ސަނާ ކިޔުން ފިޔަވައި ދެން މުޅިންވެސް ހުރީ މިފަދަ އެތައް ދަށުދަރަޖައިގެ މުޖުތަމައުގެ އަޚުލާގު ނަގާލުމުގެ ވިސްނުމުގައި ލިޔެފައި ހުރި މުޅިންވެސް ޖިންސީ ގުޅުމާބެހޭ އަދި މުޖުތަމައުގައި އާންމުކޮށް ވާހަކަ ނުދައްކާ ފެންވަރުގެ ހަޑި ހުތުރު ބަހުރުވައިގެ ލިޔުންތަކެވެ.

 

ކުރީ ސަރުކާރުތަކުން ކޮށްފައިވާ ކަންކަންވެސް މުއިއްޒުގެ ނަމުގައި ދޮގު ހަދައި އާންމުކޮށްފައި

މިފަދަ ލިޔުންތައް އާންމު ކުރެވޭ ގޮތަށް ސޯޝަލް މީޑިއާއަށް ލައި ނޫހުގެ ވެބްސައިޓްގައި ޝާއިއު ކުރުމަކީ މުޖުތަމައުގެ އަޚުލާގީ އާންމު މިންގަނޑާ ޚިލާފު އަދި މީޑިއާ އާއި ބްރޯޑްކާސްޓިންގ ޤާނޫނުތަކުން މަނާކަމެއް ނަމަވެސް، މި ނޫހަކީ މުއިއްޒަށް ސަނާ ކިޔުމުގައި ވަޖިދުވެފައި ތިބޭ ބަޔެއް ކަމުން، މި ނޫހާ މެދު އެއްވެސް ފިޔަވަޅެއް އެޅުން އޮތީ ރައީސް އޮފީހުގެ ހޭޔަންބޯ ޚަލީލު މަނާ ކޮށްފައެވެ. މި ނޫހަކީ ވެރިކަމަށް އައުމުގެ ކުރިންވެސް މުއިއްޒު ޕްރޮމޯޓް ކުރުމަށް މުއިއްޒު ގެންގުޅޭ ނޫހެއް ކަމުން، އަދި މުއިއްޒު އަމިއްލަ އަތުން ޚަރަދު ކުރާ ނޫހެއް ކަމުން މިފަދަ ނޫހަކާމެދު ފިޔަވަޅެއް އެޅުން އަދި މައްސަލަ ބެލުން ވާނީ މި ވެރިކަމުގައި ނުވާނެ ކަމަކަށެވެ.

 

މުއިއްޒު ފަންޑު ކުރާ ނޫހުގެ އާންމު ކަމަކީ މުޖުތަމައުގެ އާންމު މިންގަނޑާ ނުގުޅޭ މިފަދަ ޚަބަރާއި މަންޒަރު ފެތުރުން

މުއިއްޒު ގެންދަނީ އެކިއެކި ގޮތްގޮތުން ދިވެހިރާއްޖޭގައި ފާހިޝް އަމަލުތައް އާންމު ކުރުމަށާއި މިފަދަ ލާދީނީ ބޭއަދަބީ ވާހަކަތައް ފެތުރުމަށް މަސައްކަތް ކުރަމުންނެވެ. މަގާމާއި ޖާހާއި ފައިސާގެ ދަހިވެތިކަމުގައި ރާއްޖޭގައި ތިބި އިލްމުވެރިން ތިބީ މިކަންކަން ނުފެންނަ ކަމަށް ހަދައިގެންނެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4