ނޮޅިވަރަންފަރުގައި ކުރީގެ ސަރުކާރުން އެޅި 60 ހައުސިންގ ޔުނިޓް ރައްޔިތުންނާ ހަވާލުނުކޮށް ފަނާވާން ދޫކޮށްލެވިފައި!

Nolhivahfaru gai kuree sarukaarun elhi 60 housing unit, rayyethun naai havaalunukoh, fanaavaan dhookoh levifa!

ނޮޅިވަރަންފަރުގައި ކުރީގެ ސަރުކާރުން އެޅި 60 ހައުސިންގ ޔުނިޓް ރައްޔިތުންނާ ހަވާލުނުކޮށް ފަނާވާން ދޫކޮށްލެވިފަ!

2

ހދ. ނޮޅިވަރަންފަރުގައި ކުރީގެ ސަރުކާރުން އެޅި 60 ހައުސިންގ ޔުނިޓް ރައްޔިތުންނާ ހަވާލުނުކޮށް ފަނާވަމުންދާތީ ރަށުގެ ރައްޔިތުން ވަނީ އިންތިހާއަށް ކަންބޮޑުވެފައެވެ. މި ހައުސިންގ ޔުނިޓްތަކަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރަށުގައި އެންމެ ބޮޑު ތަކުލީފު ކަމަށް ރައްޔިތުން ބުނެއެވެ.

ނޮޅިވަރަންފަރު ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މި ޔުނިޓްތައް ރައްޔިތުންނާ ހަވާލުކުރެވެން އަންނަނީ އެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ގެންދެވިގެންނެވެ. ފެނަކައިގެ އެމްޑީ އެންމެ ފަހުން ވިދާޅުވެފައިވަނީ މިކަމުގެ ޕްރޮކިއުމަންޓް މަސައްކަތް ކުރިއަށްދާ ކަމަށެވެ. ކައުންސިލުން ލަފާކުރާ ގޮތުގައި މި ޔުނިޓްތަކުގެ އެހެން މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ކަރަންޓުގެ ކަންތައް ނިންމުމަށް ގާތްގަނޑަކަށް 1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެއެވެ.

ހައުސިންގ ޔުނިޓްތައް އަވަހަށް ރައްޔިތުންނާ ހަވާލުކުރުމަށް ރައްޔިތުންދަނީ ތަކުރާރުކޮށް ގޮވާ އަޑުއުފުލަމުން

ނަމަވެސް، މިފަދަ މުހިންމު ކަންކަމަށް ސަރުކާރުން އިސްކަން ނުދީ، މާލެއާއި ސިޔާސީ ވެރިންގެ ހައިބަތު ދެއްކުމަށް ކުރާ ޚަރަދުތަކަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށް ރައްޔިތުން ދެކެއެވެ. ނޮޅިވަރަންފަރު ރައްޔިތަކު ބުނީ "އެވެރިންވެސް ޓެކްސް ދައްކާ ކަމަށާއި، ކުރީ ސަރުކާރުން ފަށާ ޕްރޮޖެކްޓެއް ވިޔަސް އަލަށް އަންނަ ސަރުކާރުން ކުރިއަށް ގެންދަންޖެހޭނެ" ކަމަށެވެ. މި ސަރުކާރުގެ ވިސްނުމުގައި އަތޮޅުތެރެ ނެތުމަކީ އަނެއްކާވެސް ތޮއްޖެހުމުގެ ސިޔާސަތު އިތުރުކުރެވުނު ބޮޅެއް ކަމަށް ރައްޔިތުން ދެކެއެވެ.

މި ހައުސިންގ ޔުނިޓްތައް އަވަހަށް ރައްޔިތުންނާ ހަވާލުކޮށް، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމަށް ރައްޔިތުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

2 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ބޯހަލާކު

29 ޖޫން 2024

100 ހައުސިން ޔުނިޓް*

އަތޮޅޭ

29 ޖޫން 2024

60 ހެއްނޫން 100 ހައުސިން ޔުނިޓް

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4