އޯ ލެވެލް އަދި އޭ ލެވެލް ދަރިވަރުންގެ ޓެސްޓު ޕޭޕަރުތައް ރަށްތަކަށް ގެންދިޔުމުގައި ވެސް ކޮރަޕްޝަން، ކަރުދާސްތައް ގެންދިޔުމަށް ފުރުސަތު ދެނީ އެޑިޔުކޭޝަން މިނިސްޓްރީ ޕްރޮކިޔުމަންޓް ހެޑް ގެ ރައްޓެއްސަކަށް!
އޯ ލެވެލް އަދި އޭ ލެވެލް ދަރިވަރުންގެ ޓެސްޓު ޕޭޕަރުތައް ރަށްތަކަށް ގެންދިޔުމުގައި މި ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ފަޅާ އަރައިފި އެވެ.
މިކަން ހާމަވާ އޯޑިޔޯ ރިކޯޑިންތައް ވެސް ސޯޝަލް މީޑިޔާގައި އަންނަނީ ދައުރުވަމުންނެވެ.
ޓެސްޓު ޕޭޕަރުތައް ރަށްތަކަށް ގެންދިޔުމަށް ބިޑަށް ހުޅުވާލުމަށް އެ ބިޑަށް ކުރިމަތިލާ އެހެން އެންމެން ޑިސްކޮލިފައި ކޮށް އެކަމަށް ފުރުސަތު ދެނީ އެޑިޔުކޭޝަން މިނިސްޓްރީ ޕްރޮކިޔުމަންޓް ހެޑް އަހުމަދު ސާމިރުގެ ރައްޓެއްސަކަށެވެ. އޭނާ މި ފުރުސަތު ދެނީ ލީޖަން ސްޕީޑް ބޯޓުގެ ވެރިޔާ ސާލިމަށެވެ.
މިކަމުގައި ސާމިރުގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ޒޫނާ، ޑެޕިޔުޓީ މިނިސްޓަރ ސުލްތާން އަދި ޕީއެސް ޝިފާޒް ބައިވެރިވެ އެވެ. މި އެންމެންނަށް ވެސް މިކަމުން ކަޓު ލިބެ އެވެ.
އެހެން ބިޑުތައް ޑިސްކޮލިފައިކޮށްލުމަށް ފަހު ލީޖަން ސްޕީޑް ބޯޓުން ހުށަހަޅާ ބިޑުތަކުގެ ހުރި މައްސަލަތައް ވެސް މިނިސްޓްރީން ރަނގަޅު ކޮށްދެ އެވެ. އަދި ފައިސާ ދިނުމުގެ ކުރިން ލޯންޗު ދުއްވާފައިވާ މޭލުގެ އަދަދުވެސް ބަދަލުކޮށް ގިނައިން ފައިސާ ނެގޭ ގޮތަށް އެކަން ވެސް ބަދަލު ކޮށްލަ އެވެ.
އޯޑިޔޯތަކުން އިނގޭ ގޮތުގައި ސާމިރު މިކަން ކުރުވަނީ އޮފީހުން އެންމެން ނުކުތުމުންނެވެ. އަދި ލީޖަން މޯލްޑިވްސްއަށް ވުރެ އަގުހެޔޮކޮށް މިކަން ކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތްތައް ވެސް ތިބިކަން ހާމަވެ އެވެ.
0%
0%
0%
0%
0%
މުހައްމަދު
13 ޖުލައި 2024
ބަޖެޓް ކޮށްފައިވާ މަސައްކަތްތައް ކުރަންވާނީ ވަހީދު ބުނާ ބަޔަކުލައްވާ.
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

2

12 ޖުލައި 2024
4