ޕޭޕަލް ގޭޓުވޭ ރާއްޖެއަށް ގެންނަން، އެމެރިކާގެ ސަރުކާރާ މަޝްވަރާ ކުރާކަމަަށް ބުނެ ރައްޔިތުންނަން އޮޅުވާލަނީ
ޕޭޕަލް ގޭޓުވޭ ރާއްޖެއަށް ގެންނަން، އެމެރިކާގެ ސަރުކާރާ މަޝްވަރާ ކުރަމުން ދާކަމަށް ރޭ ޕީއެސްމްގެ ހާއްސަ އެކްލޫސިވް އިންޓަވިއު އެއްގައި ރައީސް މުއިއްޒު ވިދާޅުވެ، އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކޮށްފިއެެވެ.
ރައީސް މުއިއްޒު ޕޭޕަލް ގޭޓުވޭ ހުޅުވާލުމަަށް މަސައްކަތް ކުރަމުން ދާ ވާހަކަ ބުނީމަ އަޅުގަނޑުމެންވެސް ނުހަނު އުފާވިއެވެ. ސަރުކާރުގެ ނުފޫޒެއް ނެތި އޮންލައިންކޮން ގަނެ ވިއްކޭނެ ގޮތެއް ހޯދަން އުޅޭ ދިވެހިން މަދެއްނޫނެވެ.
ނަމަވެސް، އެމެރިކާ ސަރުކާރަކާ ޕޭޕަލް އޮޕަރޭޝަންއަކާ ވާ ބެހޭކަމެއް ނޫނެވެ. ޕޭޕަލް އަކީ ޕަބުލިކު ކުންފުންޏެކެވެ. އެ ކުންފުނީގައި އެމެރިކާ ސަރުކާގެ ހިއްސާއެއް ނޯވެއެވެ. އެމެރިކާގައި ހެޑް އޮފީސް އިނުމަކީ ކުންފުންޏަށް ސަރުކާރުގެ ނުފޫޒު ފޯރުވާނެ ކަމެއް ކަމަށް ދެކުމަކީ ނާތަހުޒީބު ކަމެކެވެ.
އޭ މިހިރަ މުއިއްޒޫއެވެ. ޕޭޕަލްގެ އެކި މަގާމުތަކުގައި ވަރުވަރުން ވެރިން ލައިފަތިބޭނެއެވެ. އެކުންފުނީގެ ގުލޯބަލް މާކެޓިން ޕުރެސިޑެންޓް ސޫޒަން ކުރޭރެ އާއި ވަަހަކަ ދައްކަން ފަށާށެވެ. ކުންފުނީ ގެ ފައިނޭންޝަލް ގައިޑްލައިން (އެމެރިކާގެ ފެޑަރަލް ރިޒާވުގެ) ގަވާއިދު ތަކާއި މަނިޓަރީ އޮތޯރިޓީގެ ގަވައިދުތަކަށް ބަދަލުގެންނަން ޖެހިދާނެއެވެ.
މީގެ އިތުރުން މުއިއްޒު މިކަން ކުރާ ކަމަށް ބުނެފައިމިވަނީ 2023 ވަނަ އަހަރު މަރުކަޒީ ބޭންކުން ޕޭމަންޓް ސިސްޓަމްއެއް ފިންލޭންޑްގެ ޓީޓޯއެވްރީއާ ހަވާލުކޮށްގެން އެކުލަވާލާފައި ވަނިކޮށެވެ. އަދި އީވޮލެޓު ތައާރަފު ކުރަން މަރުކަޒީ ބޭންކުގެ ސިސްޓަމް ވެސް ވަނީ އަޕްގުރޭޑުކޮށްފައެވެ. 19 ވަނަ މަޖިލީސްގެ ތަރައްގީއާއި ބެހޭ ކޮމެޓީން ވަނީ އޭރުގެ ސަރުކާރުން ހުށަހެޅި ބިލަކަށް ބޭންކުތަކުން ތަޖުރިބާކާރުން ގެނެސްގެން މަޝްވަރާ ހޯދާފައެވެ.
ކޮންމެ ކަމެއްގައި ވެސް މުއިއްޒުގެ އަމަލުތައް މި ހުންނަނީ މިހެންނެވެ. އޮޅުވާލުމާއި ކޮރަޕްޝަނެވެ. ކަންކަން ހާމަ ނުކުރުމެވެ. މުޅިންވެސް ރައްޔިތުންނަށް އޮޅުވާލަނީއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4