ޕީޖީ ޝަމީމަށް ދިނީ ދިނީ ސީދާ މަރާލުމަށް އޭނަގެ ބޮލަށް އަމާޒުކޮށް ކޮޅުތޫނު މަރުތޭލަކުން
ޕީޖީ ޝަމީމަށް މީގެ ދުވަސްކޮޅެއް ކުރިން ހަމަލާ ދިނީ ސީދާ މަރާލުމަށް އޭނަގެ ބޮލަށް އަމާޒުކޮށް ކަމަށާއި، މިކަމަކަށް ތައްޔާރުކޮށްފައި އޮތީ ކޮޅު ތޫނު މަރުތޭލެއްކަމަށް ފުލުހުންގެ ތެރެއިން މައުލޫމާތު ލިބިއްޖެއެވެ. މިކަމެއް ކޮށްފައިވަނީ ފަތިހުން ފެށިގެން އެގޭ ދޮށުގައި ފާރަލާން ތިބެފައެވެ.
މި ހަމަލާއިން ޕީޖީ ޝަމީމު ސަލާމާތްވީ ކިރިޔާއެވެ. އަދި މިކަން ކުރީ ހަމަލާ ދޭން އައި ގަޑީގައި އަތުން އެ ހަމަލާ ފޮޅާލެވުމުގެ ސަބަބުންނެވެ. މި ހަމަލާގައި ޕީޖީ ޝަމީމުގެ އަތަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
ބޮލަށް ދިންހަމަލާއިން ރެކެލަން ޝަމީމުއަށް ނެގުނީއަތް، ހަމަލާ އެރީ އަތުގެ މުލައްދަނޑިއަށް.
ޕީޖީ އަކީ ރައީސް ނަން ފޮނުވުމުން މަޖިލީހުން އައްޔަން ކުރާ ފަރާތެއް ކަމަށްވުމުން، ޕީޖީ މަގާމުން ވަކި ކުރުމުގެ ބާރު ލިބެނީ ހަމައެކަނި މަޖިލީހަށެވެ. ޝަމީމަށް ހަމަލާ ދިނުމުގެ ހަފްތާއެއް ކުރިން މުއިއްޒު ވަނީ ޕީޖީ ޝަމީމަށް ގުޅައި އިސްތިއުފާ ދިނުމަށް އަންގާފައެވެ. އަދި ދެ ފަރާތަށްވެސް ފައިދާ ވާނީ އިސްތިއުފާ ދީގެން ކަމަށާއި އިސްތިއުފާ ނުދީފިނަމަ ލިބިދާނެ ގެއްލުމަކަށް ޒިންމާ ނުވެވޭނެ ކަމަށް މުއިއްޒު ވަނީ އަންގާފައެވެ. ޕީޖީ ޝަމީމު ވަނީ މި ފޯނު ކޯލުގައި އިސްތިއުފާ ދިނުމަށް އިންކާރު ކޮށްފައެވެ. އަދި މަޖިލީހުން އިތުބާރު ނެތްކަމަށް އެދި ސޮއި ހަމަކޮށް ހުށަހަޅައިފިނަމަ، މަޖިލީހުން ވޯޓް ނުނެގިޔަސް އިސްތިއުފާ ދެއްވާނެކަމަށް ޝަމީމު ދެންނެވިއެވެ. ހަމަ އެއާއެކު އެދުވަހުން އެދުވަހަށް މުއިއްޒުވަނީ ފުލުހަށާއި ސިފައިންނަށް އަންގައިގެން ޝަމީމުގެ ސެކިއުރިޓީ ކަނޑާލާފައެވެ. މި ހަމަލާ ދިނީ އޭގެ ހަފްތާއެއް ފަހުންނެވެ.
ރައީސް އޮފީހުގެ މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލައި މައްސަލަ ފައިލް ކުރުމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި މުއިއްޒުގެ ކޮއްކޯފުޅު އަލީ އާރިފްވަނީ ޕޮލިސް ކޮމިޝަނަރަށް ގުޅައި އަންގާފައެވެ. މިކަމާ ފުލުހުންގެ ތެރޭގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެހެނީ މަގުމަތިން ގޭންގް ހަދައި ފުލުހުންނަށް އިންޒާރު ދިނުން މިހާރު އާންމު ކަމަކަށްވެ، ސީދާ ގޭންގްތަކުގެ ވެރިކަމެއް އުފެދިގެން އަންނަތަން ފުލުހުންނަށް ފެންނާތީއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4