މެނިފެސްޓޯގައި ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލައްވާނެކަމަށް
ރިޔާސީ ކެންޕޭނު ދުވަސްވަރު އެކި ފޯރަމުތަކުގައި އެމަނިކުފާނުގެ މެނިފެސްޓޯގައި ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލައްވާނެކަމަށާއި މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަން ވަރަށް ބޮޑުތަކުލީފެއް ކަމަށެވެ.
މީގެ އިތުރުން ދާދި ފަހުން ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންވެސް މިވާހަކަ ތަކުރާރު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުން އޮތީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގަ އެވެ.
ބީއެމްއެލް ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޭންކުތަކުން ތައާރަފްކުރި ލިމިޓުގެ ދަށުން، ޑެބިޓް ކާޑުން މަހެއްގެ މައްޗަށް ގިނަވެގެން ނެގެނީ 250 ޑޮލަރު ނުވަތަ އެއަދަދާ އެއްވަރުގެ މުއާމަލާތެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް މަހަކު ބޭނުން ކުރެވެނީ ގިނަވެގެން 750 ޑޮލަރުގެ މުއާމަލާތެވެ.
މިގޮތުން މިއަހަރުގެ ފެބުރުއަރީ މަހުވެސް ވަނީ ބޭންކު އޮފް މޯލްޑިވްސް އިން ޑޮލަރުގެ މުއާލާތަކަށް ލުއިތަކެއް ދީފައެވެ. ބީއެމްއެލުން ބުނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް 1 ފެބްރުއަރީން 2023 ފެށިގެން އުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޔޫއެސް ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ހަމަޖައްސާފައިވާ ޑެބިޓް ކާޑުތަކުން ކޮންމެ ދުވަހަކު 3،000 ޑޮލަރާ ހަމަޔަށް ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭގޮތަށްވެސް ވަނީ ބަދަލުކޮށްފައެވެ.
ޑޮލަރުގެ ލިމިޓަކީ އެމް.އެމް.އޭ ގެ ޑޮލަރު ސަޕޯޓާއި ގުޅިގެން ނިންމާ ނިންމުމެއްކަމަށާއި އުސޫލު އެކުލަވާލަނީވެސް އެމް.އެމް.އޭ ކަމަށް ބޭންކުތަކުން ކުރިންވެސް ވަނީބުނެފައެވެ.
މީގެ އިތުރުން ގަބޫލުކުރެވޭ އުޒުރަކާއި އެކު ބީ.އެމް.އެލް އަށް އީމެއިލް ކުރުމުންވެސް އެކަމަކާ ގުޅޭ މިންވަރަކަށް ޑޮލަރު ނުވަތަ މުއާލާތް ކުރުމަށް ލިމިޓް އިތުރުކޮށްދެއެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4