ރަސްމާލެ މަޝްރޫޢު މިހާރު ވަނީ ބޮޑެތި ލަސްވުންތަކާއި ނުފުއްދޭ ވަޢުދުތަކާ ކުރިމަތިލާންޖެހިފަ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ފާހަގަކޮށްފައިވާ ރަސްމާލެ މަޝްރޫޢު މިހާރު ވަނީ ބޮޑެތި ލަސްވުންތަކާއި ނުފުއްދޭ ވަޢުދުތަކާ ކުރިމަތިލާންޖެހިފައެވެ. އަދި މިކަމާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. މި މަޝްރޫޢު އިޢުލާނުކުރިތާ 8 މަސްދުވަސް ވެފައިވާއިރު، ރައީސްގެ ޔަގީންކަމާ ޚިލާފަށް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ތަނެއް ނުފެނެއެވެ.
ޑރ. މުޢިއްޒު ވަނީ ރަސްމާލެ މަޝްރޫޢު 8 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވަޢުދުވެފައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސަރުކާރުގެ ބަޖެޓަށް ބުރައެއް ނާންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މި މަޝްރޫޢުއަށް މަގުފަހިކުރުމަށްޓަކައި ހުޅުމާލެއިން 90 ހެކްޓަރުގެ ބިމާއި ތިލަފުށިން އިތުރު 10 ހެކްޓަރުގެ ބިން ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، މާލެއާއި ރަސްމާލެ ގުޅުވައިދޭ ފެނުއަޑީގެ ބިއްލޫރި ޓަނަލްއެއްގެ ވާހަކަވެސް ވިދާޅުވެފައިވެއެވެ. މި ޓަނަލުން ދަތުރުކުރާ ފަސިންޖަރުންނަށް ހައިސްޕީޑް ރެއިލްގައި ދަތުރުކުރާއިރު މޫދުގެ މަންޒަރު ފެންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ނަމަވެސް، ޙަޤީޤަތް ވަނީ މުޅިން ތަފާތު ގޮތަކަށެވެ. މިހާތަނަށް ހިއްކާފައިވަނީ އެންމެ 5 ހެކްޓަރެވެ. އަދި ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން މަޝްރޫޢު ކުރިއަށް ގެންދެވިދާނެތޯ އާއި ރައީސް އޭނާގެ ވަޢުދުތައް ފުއްދުމަށް ކިހާ އިޚްލާޞްތެރިކަމެއް ހުރިތޯ ސުވާލު އުފެދިފައިވެއެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލި، މިއީ ބޮޑު ސުކޭމެއްކަމަށް ދަނީ ކިޔަމުންނެވެ.
0%
0%
0%
0%
0%
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
30 މާރިޗު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4