ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ގެއްލޭނެ ކަމަށްބުނެ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުނަން ބިރު ދައްކަ
ރައްޔިތުންގެ މަޖިލީސްއިން ބޭނުންވާ ގޮނޑިތައް ރައީސް މުއިއްޒު (ކައްޒާބު) އަށް ކާމިޔާބު ނުވެއްޖެނަމަ އެދާއިރާތަކުން ބަދަލު ހިފާނެކަމަށާއި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ގެއްލޭނެ ކަމަށްބުނެ، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރައްޔިތުނަން ބިރު ދައްކަން ފަށައިފި އެވެ.
މިކަމާއި ގުޅުންހުރި ބައެއް ވީޑިއޯތަކާއި ވަޓްސްއެޕް މެސެޖުތައްދަނީ ތަކުރާރުކޮން ލީކުވަމުން، ހާމަ ވަމުންނެވެ.
މިގޮތުން، ރައީސްގެ އަރިސް ވަޒީރަކު ވަނީ ނިލަންދޫ އެއާޕޯޓު މަސައްކަތް ކުރިއަށް ގެންދެވޭނީ ރައީސް މުއިއްޒުގެ ކޮއްކޯފުޅު ހޮވައިގެން ކަމަށް ބުނެ ވާަހަކަ ދައްކާ ވީޑިއޯއެއް ލީކްވެފައެވެ. މީގެ، އިތުރުން ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންއަންނަ މަސައްކަތްތެރިންނަށް ބިރުދައްކާ ބޯނުލަބާ މީހުންދަނީ އާއިލާއާއި ދުރަށް ރީ އެލޮކޭޓު ކުރަމުންނެވެ.
އޭ މުއިއްޒޫއެވެ. ރައްޔިތުނަން އޮޅުވާނުލާށެވެ. ހަފްތާ 14 ގައި މަނިކުފާނުގެ ވައުދުތައް ފުއްދެވިކަމަށް ވިދާޅުވާއިރު މިއީ މަޖިލީސް މެޖޯރިޓީނެތި ކުރެއްވި ކަންކަމެއް ނޫތޯއެވެ. މަނިކުފާނު، ކުރަންބޭނުން ކަމެއް ކުރުމަށް މަޖިލީސްގެ ހުރަހެއް ނެތެއް ނޫންތޯއެވެ. އަދި ދަންނަވަންތޯ އެވެ. ދައުލަތުގެ ބަޖެޓަކީ ކަލޭ ހިތްއެދޭ، ހުރިހާ ކަމެއް ކުރަން ހުރި ތަރިކަ މުދަލެއް ނޫނެވެ.
ދިވެހިރާއްޖެގެ މިސްރާބު ހަރާބުވެ، ހަމައިން ނެއްޓިއްޖެއެވެ. ޑިމޮކުރަސީގެ ރީތި ސިފަ ހަޑިކުރަން ފަށައިފިއެވެ. ތިމާ ނިސްބަތްވާ ޕާޓީގެ އާންމު މެންބަރުންގެ ވޯޓަކީ މަނިކުފާނުގެ ހުދު މުހުތާރުކަމުގައި ހަމަ އެއްވެސް އެއްޗަކަށް ނުވިއެވެ. ދިވެހިން މަނިކުފާނަށް އިތުބާރެއް ނުކުރެ އެވެ. މިއަދު ވޯޓެއް ނެގިޔަސް މިސަރުކާރު އަން ޕޮޕިއުލާކަން ފެންނާނެއެވެ.
0%
0%
0%
0%
0%
މުޖާހިދުﷲ
4 އެޕްރީލު 2024
މަޖިލިސް ގޮނޑިތައް ފަނުފުލުން މުއިއްޒުއަށް ގެއްލޭނެކަމުގެ ފުރިހަމަ ހެކިތައް މިހާރު ތިޔަދަނީ ފެންނަމުން. އިންޝާ ﷲ ޢަޒުލު ޔަގީން
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4