ރަށްފުށުގެ އިންޖީނުގެތަކާއި އޮފީސްތަކަކީ ސުކޭމެއް ކަމަށް މިނިސްޓަރ ތާރިގް ވިދާޅުވުމުން، އަތޮޅުތެރެ ރަތަށް
އެންވަޔަރަންމަންޓް މިނިސްޓަރ ތާރިގް އިބްރާހީމް ރަށްފުށުގައި ރަނގަޅު ފެންވަރުގެ އިންޖީނުގެތަކާއި އޮފީސްތައް އެޅުމަކީ ސުކޭމެއް ކަމަށް ވިދާޅުވުމާއި ގުޅިގެން އަތޮޅުތެރޭ ރައްޔިތުން ސަރުކާރަށް ބަވަން ފަށައިފިއެވެ.
މިނިސްޓަރގެ މި ރޭސިސްޓު ބަޔާނާއި ގުޅިގެން ގިނަ ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކުގައި، ރަށްފުށުގެ ރައްޔިތުން އުޅެމުން ދިޔަ ތަކުލީފުން މިންޖުވެފައިވަނީ އެ ރަށްރަށުގައި އެޅުނު އިންޖީނުގެތަކާއި ކަރަންޓު ވިއުގައިގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އަދި ރަށްފުށުގެ ހާލަތު ނޭނގި މާލޭގައި އިނދެގެން މިނިސްޓަރ ދެއްކެވި ވާހަކައަކީ ވަރަށް ކުޑަ ވާހަކައެއް ކަމަށް ގިނަރައްޔިތުން ދަނީ ބުނަމުންނެވެ.
މީގެ އިތުރުން، ސަރުކާރުން މުޅި ދުވަސް ހޭދަކުރަމުންދަނީ ކުރީގެ ސަރުކާރު ބަދުނާމުކުރުމަށް ކަމަށް ބުނެ، ސޯލާ ހަކަތަ ނޭޅިގެން އުޅެނީ އެހެންވެ ކަމަށް ސިފަވާ ގޮތަށް މިނިސްޓަރ ދެއްކެވި ވާހަކަ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ސޯލާ ނޭޅެނީ ތެލުގެ ވިޔަފާރިއަށް ވާނެ ގެއްލުމާ ހުރެއެވެ.
މި މައްސަލައާ ގުޅިގެން ގިނަ ރައްޔިތުން މިހާރުގެ މި ސަރުކާރު ސިފަކުރަނީ ބޮޑު ސުކޭމެއްގެ ގޮތުގައި ކަމަށްވެސް ފާހަގަކުރެވެއެވެ. މި މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި، ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ޕޯސްޓުތައް ގިނަވެ، އެކި ފަރާތްތަކުން މިނިސްޓަރގެ ބަޔާނާމެދު ސުވާލު އުފައްދަމުންދެއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވީ ދުވަހުން ފެނިގެން ދަނީ އަތޮޅު ތެރެ ބާކީ ކުރުމުގެ ސިޔާސަތެވެ. ކުރީ ސަރުކާރުން އާންމު ރައްޔިތުންނަށް ކޮށްދީފައިވާ މި ފަދަ ކޮންމެ ކަމަކީ ސްކޭމެއްގެ ގޮތުގައި ސިފަ ކޮށް މި ސަރުކާރުގެ މެމްބަރުންނާއި މިނިސްޓަރުން މި އަންނަނީ ވާހަކަ ދައްކަމުންނެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4