ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރާޖޫއަށް ރަސްމާލެ ހިއްކަން ދިނީ މާފަންނުކޮޅު ވަރުގެ ބޮޑު ބިމެއް ދޭ ގޮތަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިންޑިޔާ ސިފައިންގެ މީހެއް ކަމަށް ބުނާ ރޯހިތު ހޯދަން އުޅެނިކޮށް މިހާރު ސަރުކާރުގައި ތިބި މީހުންނަށް ފެނުނީ ރާޖޫ އެއް ކަމަށެވެ. އަދި މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވައުދެއް ވެވިފައިވާ ކަމަށް ރައީސް މުއިއްޒު ރާޖޫ ގާތު ބުނި ކަމަށް އިބޫ ވިދާޅުވި އެވެ.
"އެހެންވީމަ ކޮންމެވެސް ގޮތަކުން ފުށިދިއްގަރަށް ފަސްކޮޅެއް އަޅާލަ ދޭށޭ، މިކަމަށްޓަކައި ރާޖޫއަށް ހުޅުމާލެއިންނާއި ފުށިދިއްގަރު ފަޅުން 80 ހެކްޓަރުގެ ބޮޑު ބިމެއް ދީފި، މިސާލަކަށް ބައްލަވާ މުޅި މާލެއަކީ 200 ހެކްޓަރު ކަމަށް، އޭގެ ތެރެއިން މުޅި ޗާންދަނީ މަގު އެއްކޮޅުން އަނެއް ކޮޅަށް، މާފަންނުކޮޅު އެކީ މިދިނީ"
ރަސްމާލެ އަކީ އެއްވެސް ޕްލޭނެއް ނެތި ފެށި ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ. އެއީ ބޮޑު އޮޅުވާލުމެއްކަން މިހާރު ރައްޔިތުންނަށް ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެޅި ފަސްކޮޅުވެސް އެ ދަނީ ގިރަމުން" ރަސްމާލެ ޕްލޭނަށް ފާޑު ކިޔުއްވައި އިބޫ ވިދާޅުވި އެވެ.
0%
0%
0%
0%
0%
11 ގަޑިއިރު ކުރި
0
12 ގަޑިއިރު ކުރި
0
2 މާރިޗު 2026
0
25 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4