ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ކަމަށް ބުނެ އޮޅުވާލައިގެން މަޖިލިސް އިންތިހާބަށް މުއިއްޒު ކެމްޕެއިން ކުރަނީ
ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ކަމަށް ބުނެ، ކައުންސިލްތަކުގެ ބަޖެޓު ބޭނުންކޮށްގެން މަކަރުވެރި ރޭވުމަކުން ޕާޓީ މީހާއަށް، މުއިއްޒު ކެމްޕެއިން ކޮށްފި އެވެ.
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ރަސްމީ ޖަލްސާގައި އެ ދާއިރާއަށް ވާދަ ކުރާ ޕާޓީގެ ކެންޑިޑޭޓު، އަފޫ ހާމިދަށް ތާއީދުކޮށް މުއިއްޒު ވާހަކަ ދެއްކި އެވެ. އާންމުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާއެއް ކަމަށް ބުނެ އޮޅުވާލައިގެން މީހުން އެއް ކުރުމަށް ފަހު، މަޖިލިސް އިންތިހާބުގައި އޭނާގެ ކެންޑިޑޭޓު ހޮވާ ވާހަކަ ދައްކައި މުޅި ޖަލްސާ ވަނީ ހަރާބު ކޮށްފަ އެވެ.
މުއިއްޒު އޭނާގެ ކެންޑިޑޭޓަށް ތާއީދުކޮށް ވާހަކަ ދެއްކިއިރު، މުޅި ޖަލްސާއަކީ ވެސް ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި ޖަލްސާ އެކެވެ. އެއީ ރަށުގެ ރައްޔިތުންނާ ރައީސްގެ ހައިސިއްޔަތުން ބައްދަލު ކުރުމަށް ބޭއްވި ޖަލްސާ އެކެވެ. މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމަށް ކައުންސިލުން އިންތިޒާމްކޮށްދިން ޖަލްސާ އެއް ނޫނެވެ.
ސަރުކާރާއި ކައުންސިލްގެ ބަޖެޓުން ކުރާ ދަތުރުތަކުގައި މި ގޮތަށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔުމަކީ މަނާ ކަމެކެވެ. މުއިއްޒުއަކަށް އެކަމެއް ނޭންގުނެވެ.
ސަރުކާރު ދަތުރުތަކުގެ ތެރެއިން ޕާޓީގެ ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންދިޔަ ނަަމަވެސް، ޕާޓީން ދަތުރުގެ ހަރަދުގެ އެއްބައިގައި ހިފަން ޖެހެއެވެ. މުއިއްޒުއަކަށް އެކަމެއްވެސް ނޭންގެ އެވެ.
މުއިއްޒުގެ މި ކަންކަމުން އެނގެނީ އެއްވެސް ވަރަކަށް ގާނޫނުތަކާއި ރީތި އުސޫލުތަކަށް އަހުލުވެރި ނޫން ކަމެެވެ. ނޫނީ ރައީސްގެ މަގާމުގައި ހުރެވުނީތީ ބާރު އޮތީމާ، ބޭނުން ގޮަތަކަށް ބޭނުން ކަމެއް ކޮށްލަނީ އެވެ.
ސަރުކާރާއި ދައުލަތުގެ އިދާރާތައް ގަޑުބަޑު ކުރަމުންދާއިރު މިއީ އޭސީސީން ބަލަން ޖެހޭ މައްސަލައެކެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4