ސާޖިދާގެ މި ލާދީނީ ކުޅިވަރުތަކާ އެންމެ ގާތްކުރަނީ އެނދި މަރިޔަބާ
ރައީސް މުއިއްޒާ އެ މާތް މަނިއްޕުޅުގެ އާއިލާއަކީ ދުވަހަކުވެސް ލަވައެއް މިއުޒިކެއް ކަންފަތުން އަޑު އެހި ބަޔެއް ނޫން ކަމަށާއި ދެ ޖިންސު މަސްހުނިވެ ނަށާތަނެއް އަމުދަކުން އެ މާތް މަނިއްޕުޅުންގެ ލޯފުޅުތަކަށް ފެނިފައި ނުވާނޭކަމަށް ހޭޔަންބޯ ޚަލީލު ރައީސް އޮފީހުގެ ރަސްމީ ލިޔުމަކުން ނޫސްތަކަށް އެންގިތާ މާ ގިނައިރެއްނުވެ މިވަނީ ސަލަފު އާއިލާގެ މެޑަމް ސާޖިދާގެ ފިސާރި ލާދީނީ ވީޑިއޯއެއް ލީކު ވެފައެވެ. މި ވީޑިއޯގައި ފެންނަނީ ސަލަފު ރައީސްގެ ކޮއްކޯފުޅު މެޑަމް ސާޖިދާ އެތައް ބައިވަރު ހިލޭ ފިރިހެނުންނަކާ ގައިގޯޅިކޮށް އެކަހެރިކޮށްތިބެ ލަވަ ކިޔައި ނަށާތަނެވެ. އަތުން އެކި ޒާތްޒާތުގެ ވައްތަރު ޖައްސައި ހުޅުތައް ބަޅު ކުރަމުން ސާޖިދާ ނަށާއިރު އެބޭފުޅާ ހުންނެވީ ހަމައިގައިކަމާ މެދުވެސް ސުވާލު އުފެދެއެވެ.
މިކަން ފެށިގެން އައީ މުލިއާގެއަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން ދުނިޔޭގެ މަހުޖަނުން އެކަނި ގެންގުޅޭ ލިމިޓެޑް އެޑިޝަން ކަރޯކޭ ސްޕީކަރތަކެއް ގެނައިކަން ހާމަވުމާ ގުޅިގެންނެވެ. މި ސިސްޓަމްތަކަށް އެކަނި 180 ހާސް ޕައުންޑް ޚަރަދުކޮށްފައިވެއެވެ. މިއީ އަދި މުއިއްޒާއި ސާޖިދާ މުލިއާގެއަށް ވަނުމުގެ ކުރިން ޝަރުތުކުރި 23 މިލިއަން ރުފިޔާގެ ޖަކޫޒީގެ އިތުރަށް ދަރާފައިވާކަމަށް ބުނާ ދައުލަތަކުން މިވެރިންގެ ކުޅިވަރާއި ނާޗަރަންގީއަށް ޚަރަދުކުރަން ޖެހުނު ވަރެވެ.
މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ސަލަފުގެ އޮފީސްތެރޭގައި ހިލޭ ފިރިހެނުން ގެނެސް ދަރުސްދޭން ގެންގުޅޭ ސައުންޑް ސިސްޓަމުން ކަރޯކޭ ޖައްސައި ނަށައި ގައިގޯޅިވެ އުޅުމަކީ މެޑަމް ސާޖިދާ ވަރަށް ގަޔާވާ ކަމެކެވެ. އަދި އެހާ ވަރަކުން އެބޭފުޅާ އަދާކުރާ ވަޒީފާ ދޫކޮށްނުލަން އުޅުނީވެސް އެތަނުގައި މަސައްކަތްކުރާ ހިލޭ ފިރިހެނުންނާއެކު ގައިގޯޅިވާން ލިބޭ ފުރުސަތުތައް ގެއްލިގެން ހިނގައިދާނެތީއެވެ. ސާޖިދާގެ މި ލާދީނީ ކުޅިވަރުތަކާ އެންމެ ގާތްކުރާ ދިވެހި ވެރިޔަކަށް މީގެ ކުރިން ތާރީޚީ ފޮތްތަކުން ފެންނަން ހުރީ އެނދި މަރިޔަބު އެކަންޏެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4