ސަރުކާރުގެ ރަނގަޅު ކަންކަން ވެސް ނުރަނގަޅު ކަންކަން ވެސް ޑިމޮކްރެޓްސްއިން ފާހަގަ ކުރާނެ: ޝިފާޒް
ސަރުކާރުގެ ރަނގަޅު ކަންކަން ވެސް ނުރަނގަޅު ކަންކަން ވެސް ޑިމޮކްރެޓްސްއިން ފާހަގަ ކުރާނެކަމަށް ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް އަކީ މި ސަރުކާރު ވެރިކަމަށް ގެނައުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ޕާޓީ އެވެ. އެހެންނަމަވެސް މި ސަރުކާރުގެ އެއްވެސް ހިއްސާއެއް ޑިމޮކްރެޓްސްގެ ނެތެވެ.
ޝިފާޒް ވިދާޅުވީ މުއިއްޒުއާ ވެރިކަން ހަވާލު ކުރީ ކަންކަން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވުމުން ކަމަށެވެ. މާލީ ހާލަތު އޮތް ގޮތާއި ރާއްޖެއަށް ވަމުން ދިޔަ ގޮތް އެނގޭ ކަމަށް މުއިއްޒުއާއި ޕީއެންސީއިން ބުނަމުން ދިޔުމުން ކަމަށް ވިދާޅުވި އެވެ.
ހާއްސަކޮށް މަސްވެރިންގެ ހައްގުތައް ކަށަވަރު ކޮށްދޭނެ ކަމަށް ގޮވާލަމުން ދިޔައިރު އެއީ ހަމައެކަނި މަހުގެ އަގު ބޮޑު ކުރުން ނޫން ކަމަށް ޝިފާޒް ވިދާޅުވި އެވެ. އަދި މަސް ޕްރޮސެސް ކުރެވޭނެ ގޮތްތައް އިތުރުކޮށްދީ މަހުގެ އާ އުފެއްދުންތައް އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބެލެވުނު ކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް މިއަދު ފެނިގެން މިދަނީ މަހުގެ އަގު ވެސް އިންތިހާއަށް ކުޑަކޮށް މަސްވެރިންނަށް ފައިސާ ވެސް ނުދީ މަސްވެރިންނާ މެދު އިހުމާލު ވަމުންދާ ތަނެވެ.
މި ސަރުކާރު ގެނައުމަށް ޑިމޮކްރެޓްސްއިން މަސައްކަތް ކުރި ނަމަވެސް މިހާރު ސަރުކާރާއެކު އެ ޕާޓީން އެއްވެސް މަސައްކަތެއް ކުރަމުން ދާ ތަނެއް ނުފެނެ އެވެ. އެހެންނަމަވެސް ޑިމޮކްރެޓްސް އަނެއްކާވެސް އެމްޑީޕީ އާ ގުޅިދާނެ ކަމުގެ ސިގްނަލް މިހާރު ވަނީ ލިބިފަ އެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4