ސަރުކާރުގެ ކޮންޓްރޮލް އެމެރިކާއިން ތަމްރީންވެފައިވާ ކެޕްޓަން އިހުސާން ނަގައިފި، މިފެންވަރަށް އެމެރިކާއާއި އިޒްރޭލު ދަށުވެފައި މިވަނީ މުއިއްޒަށްވެސް ނޭނގި ހުއްޓާ

Sarukaaruge control America in thamreen vefaivaa Captain Ihusan nagaifi, mi fenvarah America aai Israel dhashuvefai mivanee Muizzah ves neygi huttaa

ސަރުކާރުގެ ކޮންޓްރޮލް އެމެރިކާއިން ތަމްރީންވެފައިވާ ކެޕްޓަން އިހުސާން ނަގައިފި، މިފެންވަރަށް އެމެރިކާއާއި އިޒްރޭލު ދަށުވެފައި މިވަނީ މުއިއްޒަށްވެސް ނޭނގި ހުއްޓާ

0

ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ކޮންޓްރޯލް އެމެރިކާއިން އަސްކަރީ ތަމްރީނު ފުރިހަމަކޮށްފައިވާ ކެޕްޓަން އިހުސާން ނަގައިފިއެވެ. ލިބޭ މަޢުލޫމާތުތަކަށް ބަލާއިރު އިހުސާނަކީ އެމެރިކާގެ ސީއައިއޭގެ އެސެޓެއްކަމަށް ބެލެވެއެވެ.

މި ޚަބަރު ފެތުރެމުންދާ ގޮތުގައި، އިހުސާން އަޑީގައި ހުރެގެން ދަނީ ކުރީގެ އެއްވެސް ސަރުކާރެއްގައި އެމެރިކާ އާއި އިޒްރޭލު ދަށުނުވާ ވަރަށް މި ސަރުކާރުގައި މި ޤައުމު އެމެރިކާ އާއި އިޒްރޭލު ދަށުކޮށްފައެވެ. މިހާރު އެއްވެސް ކަމެއް ކުރެވެނީ އެމެރިކާގެ ހުއްދަ ލިބިގެންކަމަށާއި، ހުކުރު ޚުޠުބާ ފާސްކުރުމަށްވެސް އެމެރިކާ އެމްބަސީއަށް ފޮނުވަން ޖެހޭކަމަށް ބުނެވެއެވެ.

އަދި ތަކުރާރުކޮށް މި ސަރުކާރުގެ އިސްވެރިން ވަނީ އެމެރިކާއަށް ހާޒިރުކޮށް ނުވަތަ އެމެރިކާ އެމްބެސެޑަރު އަރިހަށް ހާޒިރުކޮށްފައިވާކަމަށްވެސް ބުނެވެއެވެ. މީގެ އިތުރުން، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނުކެރިގެން އުޅެނީ އިހުސާން އެކަމަށް ދެކޮޅު ހަދާތީކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިގޮތުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެމެރިކާގެ ތައްޕާހަށް މި ސަރުކާރު ވެއްޓިފައިވާ މިންވަރު ތިރީގައިވާ ތަފްސީލުތަކުން އެނގޭނެއެވެ.

ނޮވެމްބަރު 17، 2023: ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާއްސަ ވަފުދެއް ފޮނުވި އެވެ. އެ ވަދުފުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަތީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ ވެރިޔާ ސަމަންތާ ޕަވާ އެވެ.

ނޮވެމްބަރު 18، 2023: އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އެމެރިކާގެ ވަފުދާއެކު ރައީސް މުއިއްޒު މެންދުރު ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެ ފަރިއްކޮޅު ކުރިއަށް ގެންދެވީ މަސައްކަތު މަޝްވަރާތަކާ ވެސް އެކު އެވެ. އެގޮތުން ރާއްޖެއަށް ފައިސާ ދިނުމާއި ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމާ ގުޅޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރި އެވެ. އެ ބައްދަލުވުމުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔޮން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ނޮވެމްބަރު 21، 2023: އެމެރިކާގެ ސަފީރު ޔޮން ރާއްޖޭގެ އިގްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދުއާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގެ މާ ބޮޑު ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރޭ.

ނޮވެމްބަރު 22، 2023: އެމެރިކާގެ ސަފީރު ޔޮން ހޯމް މިނިސްޓަރު އަލީ އިހުސާންއާ ބައްދަލު ކުރެއްވި އެވެ. ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާމެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީއާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ.

ޖެނުއަރީ 21، 2024: ޔޫއެސް އިންޑޯ ޕެސިފިކްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވި އެވެ. ދިވެހިރާއްޖޭގެ ސިފައިންނަށް އެމެރިކާއިން ދޭ އެހީތެރިކަމަށްޓަކައި އެ ބައްދަލުވުމުގައި ރައީސް ޝުކުރު އަދާ ކުރެއްވި އެވެ. އެ ބައްދަލުވުމުގައި، ސުލްހަ ގާއިމް ކުރުމަށާއި ރާއްޖޭގެ އިސްތިގުލާލު ގާއިމް ކުރަން އެމެރިކާއިން އެހީތެރިވާނެ ކަމަށް އެޑްމިރަލް ޖޯން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އިތުރުން ހާރިޖީ ވަޒީރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ސިފައިންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. ހަމަ އެ ދުވަހު، އެޑްމިރަލް ޖޯން ސިފައިންގެ މައި މަރުކަޒަށް ވަޑައިގެން ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފްއާ ވެސް ބައްދަލު ކުރެއްވި އެވެ. އަދި އިތުރު ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު ގައްސާންއާއެކު ވަކިން ވެސް ބައްދަލު ކުރެއްވި އެވެ.

 

ޖެނުއަރީ 22، 2024: ޔޫއެސްއެއިޑްގެ ބިއުރޯ ފޯ ޑިމޮކްރަސީ، ހިއުމަން ރައިޓްސް އެންޑް ގަވަނަންސްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ ޝެނަން ގްރީން މިނިސްޓާ އޮފް ސިޓީސް އާދަމް ޝަރީފްއާ ބައްދަލު ކުރެއްވި އެވެ. ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ.

ހަމަ އެ ދުވަހު ގްރީން ވަނީ ބަންޑާރައ ނައިބު އަހުމަދު އުޝާމްއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ސަރުކާރުގެ ޖަސްޓިސް އެންޑް ލެޖިސްލޭޓިވް ރިފޯމްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

ޖެނުއަރީ 30، 2024: ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ އާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވި އެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ.

ހަމަ އެ ދުވަހު ޑޮނަލްޑް ލޫ ވަނީ ދިވެހި ހާރިޖިވީ ވަޒީރު ޒަމީރުއާ ވެސް ބައްދަލު ކުރައްވާފަ އެވެ. ޑިފެންސާއި ތިމާވެށި އަދި އިގްތިސާދީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރަން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.

ފެބްރުއަރީ 7، 2024: ޔޫއެސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަނުން ދިވެހި ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކޮމާންޑަރުންނަށް ހާއްސަ ޓްރެއިނިންއެއް ނަގައިދިނެވެ. އެއީ ކަނޑުމަތީގައި ހިނގާ ހާދިސާތައް މޮނީޓާ ކުރާ ސީވިޝަން އެޕްލިކޭޝަން ބޭނުން ކުރާނެ ގޮތުގެ ޓްރެއިނިންއެކެވެ.

ފެބްރުއަރީ 12، 2024: އެމެރިކާގެ ސަފީރު ޔޮން، ދިވެހި ހާރިޖީ އޮފީހުގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާ ބައްދަލު ކުރެއްވި އެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ.

ފެބްރުއަރީ 14، 2024: ޔޫއެސްއެއިޑުގެ މިޝަން ޑިރެކްޓަރު ގެބްރިއެލް ގްރާއު، އެގްރިކަލްޗަރަލް މިނިސްޓަރު ޑރ. އައިޝަތު ރަމީލާއާ ބައްދަލު ކުރެއްވި އެވެ. އެގްރިކަލްޗާ، ފިޝަރީޒް އަދި ޓުއަރިޒަމްގެ ދާއިރާއިން އެމެރިކާއިން ރާއްޖޭގައި އިންވެސްޓު ކުރުމާމެދު އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.

ފެބްރުއަރީ 18، 2024: ކަނޑުގެ ޕެޓްރޯލް ކުރާ ހަތަރު އުޅަނދާއި އަސްކަރީ މަތިންދާބޯޓެއް ދިވެހިރާއްޖެއަށް ހަދިޔާ ކުރަން މަޝްވަރާ ކުރަމުންދާ ކަމަށް ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވިދާޅުވި އެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް ދިވެހި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފެބްރުއަރީ 22، 2024: ޔޫއެސް ނެޝަނަލް ސެކިއުރިޓީ ކައުންސިލް ޑިރެކްޓާ އޮފް ސައުތު އެފެއާޒް ސީމަސް ވައިޓްސެލް، ޑެޕިއުޓީ މިނިސްޓާ އޮފް ޑިފެންސް މިޒްނާ އަލީއާ ބައްދަލު ކުރެއްވި އެވެ. ޑިފެންސްގެ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހި ކުރަން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.

ފެބްރުއަރީ 22، 2024: ޔޫއެސްގެ ޑެޕިއުޓީ ސެކްރެޓަރީ ފޯ ސްޓޭޓް ރިޗަޑް ވަރްމާ އާއި ހާރިޖީ ވަޒީރު ޒަމީރު ބައްދަލު ކުރެއްވި އެވެ. އިގްތިސާދާއި ޑިފެންސްގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ދޭ އެއްބާރުލުމާއި އެމެރިކާގެ އިސް ވެރިން ރާއްޖޭގެ ވެރިންނާ ބައްދަލު ކުރައްވާތީ އެކަމަށް އެކަމަށް ޒަމީރު ޝުކުރު އަދާ ކުރެއްވި އެވެ.

ފެބްރުއަރީ 26، 2024: ނިއުކްލިއާ އުފައްދައި ގެންގުޅޭ ގައުމުތަކުން، ހަތިޔާރު އުފެއްދުމަށް ނިއުކްލިއާ ބޭނުން ކުރަމުންނުދާކަން ކަށަވަރު ކުރާ އިންޓަނޭޝަނަލް ނިއުކްލިއާ ސޭފްގާޑް ރެޖީމްއަށް ދިވެހިން ތަމްރީން ކުރުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނަޖީއިން ވޯކްޝޮޕެއް ހިންގި އެވެ.

މާޗް 19، 2024: އެމެރިކާގެ ސަފީރު ޔޮން، އިގްތިސާދާ ބެހޭ މިނިސްޓަރު ސައީދުއާ ބައްދަލު ކުރެއްވި އެވެ. ޓެކްނޮލޮޖީ، ޓްރޭޑް ފެސިލިޓޭޝަން އަދި އިންވެސްޓްމެންޓުގެ ދާއިރާއިން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ.

މާޗް 25، 2024: ރާއްޖޭގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓަށް ހައި ޕާފަމެންސް ކޮމްޕިއުޓަރުތަކެއް ޔޫއެސްއެއިޑުން ހަދިޔާ ކުރި އެވެ. އެ ތަކެއްޗާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ކްލައިމެޓް ޗޭންޖް މިނިސްޓަރު ތޯރިގު އިބްރާހިމެވެ.

މެއި 5، 2024: ޔޫއެސް އާމީ ޕެސިފިކް އާއި ޔޫއެސް ގާޑް މޮންޓާނާ ގުޅިގެން ދިވެހި ސިފައިންނަށް ތަމްރީނެއް ނަގައިދިނެވެ. އެއީ އެކްސަސައިޒް ބްލެކް މާލިންގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީނެކެވެ.

މޮންޓާނާ ގާޑުގެ މޭޖާ ޖެނެރަލް ޖޯން ޕީޓާ ހަމަ އެ ދުވަހު ޑިފެންސް މިނިސްޓަރު ގައްސާން އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމްއާ ބައްދަލު ކުރެއްވި އެވެ.

މެއި 6، 2024: އާ ޗީފް އޮފް ޑިފެންސް ފޯމް އިބްރާހިމް ހިލްމީ އާއި މޮންޓާނާ ގާޑުގެ މޭޖާ ޖެނެރަލް ޖޯން ޕީޓާ ބައްދަލު ކުރެއްވި އެވެ. ދިވެހި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރު މުހައްމަދުއާ ވެސް އޭނާ އެ ދުވަހު ބައްދަލު ކުރެއްވި އެވެ.

މެއި 29، 2024: އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ފައިނޭންސް ފައިނޭންސް ކޯޕަރޭޝަނުން އިގްތިސާދާ ބެހޭ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރި އެވެ. ދިވެހި ޕްރައިވެޓް ސެކްޓަރަށް އެމެރިކާގެ އެހީ ހޯދޭނެ ގޮތާ ގުޅޭ މައުލޫމާތު އެ ބައްދަލުވުމުގައި ދިނެވެ.

ޖޫން 2، 2024: ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް، ޑެޕިއުޓީ ކޮމާންޑިން ޖެނެރަލް އޮފް ޔޫއެސް އާމީ ޕެސިފިކް، މޭޖާ ޖެނެރަލް ސްކޮޓް ވިންޓާއާ ބައްދަލު ކުރެއްވި އެވެ.

ޖޫން 5، 2024: ޔޫއެސް-މޯލްޑިވްސް އެގްޒެކެޓިވް ސްޓިއަރިން ގްރޫޕުގެ ބައްދަލުވުންތައް ނިންމާލި އެވެ. އެމެރިކާގެ ފަރާތުން ސްޓިއަރިން ގްރޫޕް ލީޑު ކުރެއްވީ ޕިއުޓީ ކޮމާންޑިން ޖެނެރަލް އޮފް ޔޫއެސް އާމީ ޕެސިފިކް، މޭޖާ ޖެނެރަލް ސްކޮޓް ވިންޓާ އެވެ.

ޖޫން 24، 2024: ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު އަބްދުލްގަފޫރު މުހައްމަދު، އެސިސްޓެންޓް ޔޫއެސް ޓްރޭޑް ރިޕްރެޒެންޓިވް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ބްރެންޑަން ލިންޗްއާ ބައްދަލު ކުރެއްވި އެވެ. އެއީ ޔޫއެސް-މޯލްޑިވްސް ޓްރޭޑް އެންޑް ފްރޭމްވޯކް އެގްރީމެންޓުގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

ޖޫން 26، 2024: ހާރިޖީ ވަޒީރު ސަމީރު އެމެރިކާއަށް ވަޑައިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލު ކުރެއްވި އެވެ. އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް ޑިފެންސްގެ ދާއިރާއިން މިހާރަށްވުރެ ވެސް ގުޅުން ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ ދެއްކި އެވެ.

ރޫލް-ބޭސްޑް އިންޓަނޭޝަނަލް އޯޑާގެ މުހިންމުކަމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ދެ ގައުމުން ވާހަކަ ދެއްކި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ސަރަހައްދީ އަމަން ގާއިމް ކުރުމާއި މެރިޓައިމް ސެކިއުރިޓީއާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ޒަމީރުގެ އެމެރިކާ ދަތުރުގައި އެ ގައުމުގެ ޕާލަމެންޓުގެ ބައެއް ބޭފުޅުންނާ ވެސް ބައްދަލު ކުރެއްވި އެވެ. އޭގެ ތެރޭގައި ޔަންގް ކިމް، މައިކަލް މެކްކައުލް އަދި އެމީ ބޭރާ އެވެ.

ޖުލައި 10، 2024: އިގްތިސާދާ ބެހޭ މިނިސްޓަރު ސައީދު އެމެރިކާއަށް ފުރާވަޑައިގެން އެ ގައުމާއެކު ވިޔަފާރީގެ މަޝްވަރާތަކެއް ފެށި އެވެ.

ޖުލައި 28، 2024: އެމެރިކާ ސަފީރު ޔޮން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ބައްދަލު ކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހާއެކު މަސައްކަތް ކުރުމާއި ގުޑް ގަވަނަންސްއާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރި އެވެ.

އޯގަސްޓް 5، 2024: ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓުގެ ދަށުން ދިވެހިރާއްޖެއަށް އަށް މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާއިން އެއްބަސްވެ، އެކަމުގެ ލިޔުންތަކުގައި ސޮއި ކުރި އެވެ.

އޯގަސްޓް 6، 2024: ސައުތު އޭޝިއާ ރީޖަނަލް އެނާޖީ ޕާޓްނާޝިޕް، ޔޫއެސްއެއިޑުން ރާއްޖޭގައި އިފުތިތާހު ކުރި އެވެ. އެ ހަފުލާގައި ކްލައިމެޓް ޗޭންޖް މިނިސްޓަރު ތޯރިގު ވަނީ ޔޫއެސްއެއިޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެއީ މޫދަށް އަޅާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ އެމްއޯޔޫއެކެވެ.

އޯގަސްޓް 7، 2024: ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އެމެރިކާގެ ސަފީރު ޔޮންއާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލުވުމުގައި އޭޝިއަންގެ ހިދުމަތާއި ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި އެވެ.

އޯގަސްޓް 8، 2024: ޔޫއެސް މޮންޓާނާ ގާޑުން، ސްރީ ލަންކާ އާއި ދިވެހި ސިފައިންނަށް ލަންކާގައި ތަމްރީނެއް ކުރިއަށްގެންދިޔަ އެވެ. އެއީ ކާރިސާތަކަށް އިޖާބަ ދިނުމާ ގުޅޭ ތަމްރީނެއް ކަމަށް އެމެރިކާއިން ބުންޏެވެ.

އޯގަސްޓް 11، 2024: "މެނޭޖްމަންޓް އޮފް ޓެރަރިސްޓް އިންވެސްޓިގޭޝަން" ގެ ނަމުގައި އެމެރިކާއިން ދިވެހި ސިފައިންނަށް ކުރު ކޯހެއް ނަގައިދިނެވެ. އެ ކޯހުގައި ބައިވެރިވީ ޓެރަރިޒަމްގެ ތަހުގީގުތައް ހިންގާ ސީނިއާ ފުލުހުންނެވެ.

-

މުސްލިމުން އަދި ފަލަސްތީނާ އެންމެ ދެކޮޅު ގައުމާއެކު ރާއްޖެއިން ގުޅުން ބަދަހި ކުރުމުން ދުނިޔެއަށް ދެވޭ މެސެޖަކީ ކޮބައިތޯ އެވެ؟ ދިވެހިން އަދި ފަލަސްތީނު ރައްޔިތުން އެކަމާމެދު ދެކޭނީ ކިހިނަކުންތޯ އެވެ؟ އާ ވެރިކަމަކާއެކު އާ ހާރިޖީ ސިޔާސަތެއް ރާއްޖެއިން ބައްޓަން ކުރަމުންދާއިރު، ބުއްދިވެރި ގޮތަކީ ރަނގަޅު މަގުގައި ހިނގުމެވެ. އެމެރިކާގެ "ވަސްވާސްތަކަށް" ނޫނެކޭ ބުނުމެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4