މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފްއަކީ ސޭޓުގެ އަމިއްލަ ޕާޓީ ޖޭޕީ ނައިބު ލީޑަރު
ސަރުކާރުގެ ކޯލިޝަން ޕާޓުނާރ ގާސިމް އިބްރާހިމް އަށް ބިމެއް ދިނުމަށްޓަކައި، ރާއްޖޭގައި ހުރި އެންމެ ރަނގަޅު އެއް ސްކޫލް ކަމަށްވާ އިއްޒުއްދީން ސްކޫލް އުވާލައި، އެތަން ހުސްކުރަން ސަރުކާރުން ނިންމައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން މި ގޮތަށް މިކަން ނިންމާފައި ވަނީ، މުއިއްޒު ވެރިކަމަށް އައުމަށް ގާސިމް ކުރި ހަރަދާއި ތާއީދުގެ ބަދަލުގައެވެ. އަދި އެމްޕީއެލްގެ މައްސަލާގައި ސަރުކާރަށް ފާޑުނުކިޔުމަަށް ގާސިމަށް ޝަރުތުކޮށްފައި ކަމަށް މައުލުމާތު ލިބެއެވެ. އަދި އިޒުރޭލް ޕާސްޕޯޓު މަނާ ނުކުރުމުގައި ސަރުކާރާއި އެއްކޮޅަށް ބަސްބުނަން ވަނީ ޝަރުތުކޮށްފައެވެ. ސޭޓުގެ ޕޭރޯލްގައިވެސް ލައްކަ ޝޭހުން ތިބޭކަމަށް ރަށުތެރޭގައި ވާހަކަ ދެކެެވެއެވެ.
އިއްޒުއްދީން ސްކޫލު ހުރިބިމަކީ ސޭޓު އެންމެ ހިތްޕުޅާވާ ބިމަށް ނުވިނަމަވެސް، މިއީ ސޭޓަށް ލިބުނު މާސިންގާ ބިމެއްކަމުން މިތަނާއި ވެސް ރުހި ގަބޫލުވީއެވެ. މި ސުކޫލު އުވާލުމަށް ސަރުކާރުން ދައްކާ ބަހަނާއަކީ އެއީ ކިޔަވާ ކުދިން ތިބޭ ވަރަށްވުރެ ބާ ތަނެއް ކަމަށެވެ. މި ގޮތުން އިމާރާތުގައި ރެނދު ހުރިކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
ނިމިދިޔަ ސަރުކާރުންވެސް ވަނީ ސޭޓުގެ ކޮލެޖަށް ހެޔޮވަރު ބިންތަކެއް އަތޮޅުތެރެއިން ދީފައެވެ. އަދި މިއިން ތަނެއްގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭގެއެވެ. ނަމަވެސް އޮޑިކާ ބޮޑުމަހެކޭ ގާސިމެކޭ ތަފާތެއް ނެތެވެ. އަނގައާއި ދިމާލަށް އަންނަ ކޮންމެ އެއްޗެއް ދިރުވާލަނީއެވެ. ދިވެހި ރާއްޖޭގެ ޑިމޮކުރަސީ ހަޔާތުގަައި އެކަކަށް ސަރުކާރަކުން އެންމެ މަންފާ ކުރިމީހަކަށް ސޭޓުވާނެކަމީ ޔަގީކަމެކެވެ.
0%
0%
0%
0%
0%
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4