ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 ހުރަސްކޮށްފި، ސަރުކާރުްން މި މައުލާމާތު ދޭން ތަފާތު ބަހަނާ ދައްކަނީ މިހެންވެ!
މަތި ބަރު ސަރުކާރަކަށް ނުވާނެކަމުގެ ހުވަފެންތައް ދެއްކުމަށްފަހު ވެރިކަމަށް އައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 2،000އަށްވުރެ މައްޗަށް އަރައިފިއެވެ.
ނޮވެމްބަރު 17, ގައީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތީ ސިޔާސި މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމުގެ ވައުދާ އެކު އެވެ.
އެހެންނަމަވެސް ސަރުކާރުން މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި އަދަދު ވަރަށް އަވަހަށް ހާމަކުރާނެކަމަށް ބުނެފައެވެ.
އެހެންނަމަވެސް މި އަދަދު ހާމަކުރަން ސަރުކާރުން ފަސް މިޖެހެނީ އަދަދު މިހާ ބޮޑުވެފައި ވުމުންނެވެ. މިއީ ސަރުކާރެއްގައި ސިޔާސީ މަގާމުތައް ހާއްސަކޮށް ޑެޕިޔުޓީ މިނިސްޓަރުންގެ އަދަދު މިހާ ގިނަ ފުރަތަމަ ސަރުކާރެވެ.
ޑެޕިޔުޓީ މިނިސްޓަރުން މަސައްކަތްކުރާނެ ތަނެއް، މޭޒެއް ނޫނީ ގޮނޑިއެއް ނެތް ވާހަކައަކީ މިހާރު އާ ވާހަކައެއް ނޫނެވެ. އެއް މިނިސްޓްރީއެއްގައި 25 އަކަށް ޑެޕިޔުޓީ މިނިސްޓަރުން އެބަތިއްބެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެމީހުން ކުރާ މަސައްކަތަކީ ކޮބާހެއްޔެވެ؟
ދާދި ފަހުން ޑެޕިޔުޓީ މިނިސްޓަރަކަށް އައްޔަންކުރި މީހަކީވެސް ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައެއްގައި ދައުވާކޮށްފައިވާ މީހެކެވެ. މަގާމުތަކަށް އައްޔަންކުރަމުން ގޮސް މި ކުރެވެނީ ކީއްކަންވެސް މުއިއްޒުއަށްވެސް ނޭންގެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4