ސޯޝަލް މީޑިއާގައި ދެތިން ކެނަޔަކު އަޑުގަދަ ކޮށްލާއިރަށް އިޒްރޭލް ޕާސްޕޯޓް މަނާކުރަން ނުޖެހޭނެކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވެއްޖެ
ސޯޝަލް މީޑިއާގައި ދެތިން ކެނަޔަކު އަޑުގަދަ ކޮށްލާއިރަށް އިޒްރޭލް ޕާސްޕޯޓް މަނާކުރަން ނުޖެހޭނެކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިފަދައިން ޕޯސްޓުކޮށްފައިވަނީ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި މިހާރު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ފައިރޫޝް އެވެ.
އޭނާ ބުނި ގޮތުގައި ހާރިޖީ ސިޔާސަތުތައް ކަނޑައަޅަން ވާނީ ސޯޝަލް މީޑިޔާގައި މީހުން ދައްކާ ވާހަކައަށް ބަލައިގެން ނޫން ކަމަށެވެ. އަދި އެކަމުން މުޅި ގައުމަށް ކުރާނެ އަސަރު ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ ޕްރެޝަރަށް ކެތް ނުކުރެވިގެން މުއިއްޒުއަށް މަޖުބޫރުވީ އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެހެންނަމަވެސް އެކަން ކޮށްފިކަމަށް މުޅި ދުނިޔެއަށް ދައްކައި ބައިނަލްއަގްވާމީ މީޑިޔާތަކަށް އެކަމުގެ ސުރުހީ އެރުވުމަށް ނަމެއްގައި އެކަން ކޮށް ޕާސްޕޯޓު މަނާ ކުރުމުގެ ކަންތައް މިހާރުވެސް އޮތީ މަޖިލީސް ބޮލަށް ކަނޑާލާފައެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކޮށްފިނަމަ ރާއްޖެއަށް އެކި ގޮތްގޮތުން ދަތިވާނެކަމަށް ދެއްކުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމެރިކާއިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ދޮގު ހަބަރުތައް އަންނަނީ ފަތުރަމުންނެވެ.
ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ދިވެހި ރައްޔިތުން ބޭނުންވަނީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށެވެ. އަޅާ ފިޔަވަޅަކަށް ގެއްލޭ ލާރިކޮޅަކަށް ދިވެހިން ބަލާކަށް ބޭނުމެއް ނުވެއެވެ.
0%
0%
0%
0%
0%
ހައްވަ
14 ޖޫން 2024
ތިޔަތިބީ ދީނަށް ބަތާހަރާމީން
މުހަންމާ.
7 ޖޫން 2024
މި ފައިރޫޝަކީ ސަރުކާރުތަކަށް ބަލަދު އަރާފައިވާ މީހެއްތަ؟
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4