ދައުލަތް ދަރާ ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން - އަސްލުމަގުސަދަކީ އިޒުރޭލް ޕާސްޕޯޓު މަނާކުރުމުގެ ވާހަކަ ހުއްޓުވާލުން
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާއަށް ގޮސް އިޒްރޭލު ޕާސްޕޯޓު އޮންނަ އެމެރިކާގެ ފޮރިން ސެކެޓްރީ ކުރިމަތީ ކުޑަކަކޫ ޖަހައިފި ރޮއި އާދޭސް ކުރާމަންޒަރު އިއްޔެވަނީ އަހަރުމެންނަށް ފެނިފައެވެ.
ހަމަ އިއްޔެ، ވަނީ ސަރުކާރުން ފައިނޭސް ޕުލޭނެއް އެކުލަވާލިކަން އިއުލާނު ކޮށްފައެވެ. ޕީއެންސީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގަައި ރައީސް މީހާގެ ދުލުން މިޒާތުގެ ވާހަކައެއް އަޑެއް ނީވުނެވެ. ދައުލަތް ދަރަނިއްޔޭ ކިޔާ މޮޅު ވާހަކަ ދައްކަނީ ރައްޔިތުންނަށް ގަޅި ހައްދައި، އިޒުރޭލް ޕާސްޕޯޓު މަނާކުރުމުގެ ވާހަކައިގެ އަޑު ކަނޑުވާލާށެވެ.
އިއްޔެ ވަނީ އެމެރިކާގެ ބަޔަކާއި އެކު މަޖިލީސްއިން ސިއްރު ބައްދަލުވުމެއްވެސް ބާވާފައެވެ. އަދި މީގެ އިރުކޮޅެއް ފަހުން ފިނޭންސް މިނިސްޓުރީ އިން ކުރިއަށް އޮތް 4 އަހަރުގެ ފައިނޭސް ޕުލޭން އިއުލާނު ކުރިއެވެ. މި ޕުލޭނުގައި ރިކަރެންޓު ހަރަދު ކުޑަކުރުމެއް ނެތެވެ. ސިޔާސީ މީހުން މަދުކޮށް ސަރުކާރުގެ މަތި ލުއިކުރުމުގެ ވިސްނުމެއްވެސް ނެތެވެ.
އިއްޔެ މިކުޅުނު ޑުރާމާގެ ހަގީގަތަކީ، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް މަސައްކަތް ކުރަން ފެށުމާއެކު އެމެރިކާ ސަރުކާރުން ނުރުހުންވުމެވެ. އެމެރިކަން އެއިޑް އެހީީތެރިކަން ކަނޑާލާނެ ކަމުގެ އިންޒާރު ދިނުމެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު މިހާރު ހުރީ އެމެރިކާގެ މައާފު ހޯދުމަށް އެމެރިކާގަ އެވެ. އަދި މާފަށް އެދިފައި އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރާނެކަމަށް ސަރުކާރުގެ ފަރާތުން ޒަމީރު އަންނަނީ ބުނަމުންނެވެ.
ދުނިޔޭގެ ގިނަ ގައުމުތަކަކުން އެމެރިކާއާ ދެކޮޅަށް ބަސް ބުނަމުން ދާއިރު މި ސަރުކާރުން ބަލަމުން ދަނީ އެމެރިކާއާ އެކު ގާތް ގުޅުމެއް އުފެއްދޭތޯ އެވެ. ރައްޔިތުން އަނގަމަތީ ޓޭޕުއަޅަން މިހާރު ދައްކަމުންދަނީ ރާއްޖެ ބަގުރޫޓުވާނެ ކަމުގެ ބިރެވެ. މުނާފިގުކަން އޭގެ އެންމެ މަތީ ދަރަޖާގައި މިހިރަ ފެންނަނީއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4