ތިން ޑެޕިޔުޓީ މިނިސްޓަރުންނަށް ކޮންމެ މީހަކަށް ސަސްޕެންޝަންގައި ތިބެގެން މިހާތަނަށް 189،000 ރުފިޔާ، މިއީ އަދި ޕެންޝަން ފައިސާއާ ނުލައި ދެވޭ އަދަދު!

Thin deputy ministerunnah komme meehakah suspension gai thibegen mihaathanah 189,000 rufiya، Mee adhi pension faisaa aa nulaa dhevey adhadhu!

ތިން ޑެޕިޔުޓީ މިނިސްޓަރުންނަށް ކޮންމެ މީހަކަށް ސަސްޕެންޝަންގައި ތިބެގެން މިހާތަނަށް 189،000 ރުފިޔާ، މިއީ އަދި ޕެންޝަން ފައިސާއާ ނުލައި ދެވޭ އަދަދު!

0

ތިން ޑެޕިޔުޓީ މިނިސްޓަރުންނަށް ކޮންމެ މީހަކަށް ސަސްޕެންޝަންގައި ތިބެގެން މިހާތަނަށް 189،000 ރުފިޔާ ދީފި އެވެ.

މައުލޫމާތު ހޯދުމަށް ހުށަހެޅުމުން ޔޫތު މިނިސްޓްރީން ދީފައިވާ މައުލޫމާތުގައި ހިމަނާފައި ވަނީ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދުއަށް އަސާސީ މުސާރައަށް 18,000 ރުފިޔާ، ދިރިއުޅުމުގެ އެލަވަންސްއަށް 12,500 ރުފިޔާ އަދި މޯބައިލް އެލަވަންސްއަށް 1,000 ރުފިޔާ، މުޅި ޖުމްލަ މީހަކަށް 31,500 ރުފިޔާ އެވެ. 

އެހެންނަމަވެސް މިއީ އަދި މުޅި ޖުމްލަ އަދަދެއް ނޫނެވެ. މައުލުމާތު ފޯރުކޮށްދިނުމުގައި ވެސް މިއޮތީ އޮޅުވާލާފަ އެވެ. މިއީ އަދި ޕެންޝަން ފައިސާއާ ނުލައި ދެވޭ އަދަދެވެ.

ކޮންމެ މަހަކު ވެސް 2,520 ރުފިޔާ އެމީހުންގެ ޕެންޝަން ފަންޑަށް ވެސް ދެއެވެ. އެހެންކަމުން އާރްޓީއައި ތަކަށް ޖަވާބުދޭއިރު އެމީހުންގެ މުސާރައިގެ ޕެކޭޖަކީ 31,500 ރުފިޔާއޭ ބުނުމަކީ މުޅިން ގޯހެކެވެ. އޭގައި 1,260 ރުފިޔާ އުނިވެފައިވެއެވެ.

ޕެންޝަން ފައިސާއަށް ކަނޑާ ފައިސާއަކީ ވެސް ފަހުން ލިބޭ ފައިސާ އެވެ. 5 އަހަރަށް ބަލާއިރު މިއީ 75,600 ރުފިޔާއެވެ. އެހެންކަމުން، ސަސްޕެންޑް ކުރެވުނު 3 ޑެޕިއުޓީ މިނިސްޓަރުންނަށް  226,800 ރުފިޔާއެވެ.

🔹ކުރުކޮށް ބުނާނަމަ، ކޮންމެ މަހަކު، ކޮންމެ ޑެޕިއުޓީ މިނިސްޓަރަކަށް، 32,760 ރުފިޔާ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓުން ނުކުމެ، ދެ ގޮތަކަށް ބެހިގެންދެއެވެ

1. 2,520 ރުފިޔާ އެމީހުންގެ ޕެންޝަން އެކައުންޓަށް
2. 30,240 ރުފިޔާ އެމީހުންގެ ބޭންކް އެކައުންޓަށް

ޖުމްލަ 32,760 ރުފިޔާ ދެގޮތުންކުރެ ގޮތަކަށް އެމީހުންނަށް ލިބެއެވެ. އެއީ އެމީހުންގެ މުޅި ޕެކޭޖެވެ. 31,500 ރުފިޔާއެއް ނޫނެވެ. އެމީހުންނަށް ޕެންޝަން ފަންޑުގެ ފައިސާ ހައްޖަށާއި ގެދޮރު އިމާރާތްކުރުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި 65 އަހަރުގައި ރިޓަޔަރ ކުރާއިރު، އެ ފަންޑުން ފައިސާ ލިބޭނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Majlis raees kamuge dhahivethi kamugai dharifulhu Faisal gurubaan koh eynaa magaamun vaki kurumah Adhurey ebbas vehje

މަޖިލިސް ރައީސްކަމުގެ ދަހިވެތިކަމުގައި ދަރިފުޅު ފައިސަލް ގުރުބާންކޮށް އޭނާ މަގާމުން ވަކިކުރުމަށް އަދުރޭ އެއްބަސްވެއްޖެ

4

Maaugoodhoo school ge vanaveri dharivarunnan member mamdhoohge faraathun Huss fosithakeh!

މާއުނގޫދޫ ސްކޫލުގެ ވަނަވެރި ދަރިވަރުންނަށް މެންބަރު މަމްދޫޙުގެ ފަރާތުން ހުސް ފޮށިތަކެއް

2

Sihuru hadhaa 2 anhenunge bahah, Yameen Karuthaa fenan Aarasu Moodhu gai: 200 million rufiyaa ge Sirru Faisal Haamakurah vaifi!

ސިހުރުހަދާ ދެ އަންހެނުންގެ ބަހުން ޔާމީނު އާރަށު މޫދަށް: 200 މިލިއަން ރުފިޔާގެ ސިއްރު ފައިސަލް ހާމަކުރައްވައިފި

4