ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ ތުރުކީގެ ޕްރައިވެޓް ކުންފުންޏެއް" މެދުވެރިކޮށް ޑްރޯން ގަތުމަކީ ކަރަޕޝަންގެ ތުހުމަތު ކުރެވޭ ސަބަބު
ފުރަތަމަ ދުވަހުވެސް ދޮންއަމާ ނިއުސްއިން މި ޑުރޯނުތަކާއި މެދު އުފެއްދި ސުވާލުގެ ޖަވާބު މިވަނީ ހާމަވެފައެވެ. އެގައުމުގެ ރައްޔިތުންގެ މަޖިލީސްގެ ރުހުމެއް، އެންގުމެއްނެތި ދުނިޔޭގައި އެއްވެސް ގައުމެއްގައި އަސްކަރިއްޔާއަކަށް އައު ޒާތުގެ ހަތިޔާރެއް ގަނެ ނުހަދާނެެއެވެ. ހާއްސަކޮށް އަގޮބެޑިތި އެސްޓުތަކަކީ ބަޖެޓުކުރެވިގެން ގަނެވޭ އެއްޗެއްސެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްކަމަށް ބުނެ ޖާސޫސީ ޑްރޯންތަކެއް ގަތުމަށް، ތުރުކީގެ ކުންފުންޏަކާއެކު ސޮއި ކުރި 560 މިލިއަން ރުފިޔާގެ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތަކުގެ ތަފުސީލު ދޭން ޑިފެންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.
އަދަދު ނޫހުން މިކަމުގެ މައުލޫމާތު ހޯދަން ލިޔުމުން އެ މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ”ދިފާއީ ބާރަށް އިތުރުކުރެވޭ މިފަދަ އާލަތްތަކުގެ ތަފްސީލުތައް ހާމަކުރުމަކީ ދިވެހި ސިފައިންނާއި ހަވާލުކުރެވިފައިވާ މިދެންނެވި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެ ކަމަށްވާތީ، އެ މައުލޫމާތު ހާމަކުރެވެން ނެތް ވާހަކަ ދަންނަވަން“ މިފަދައިންނެވެ.
މި ދޮގުވެރިޔާގެ ވެރިކަން މިހިންގަނީ، ވެރިކަމަށް އަންނަންވެގެން ދެއްކިވާހަކަތަކާއި ސީދާ ދިމާ އިދިކޮޅަށެވެ. ހާމަކުރަން ބުނިއެއްވެސް އެއްޗެއް ހާމަކުރާކަށް ނުކެރެއެވެ. ބޭރު ކުރަން ބުނި ސިފައިންގެ ވާހަކަމިހާރު ފެންނަނީ ގޫގުލުން އެކަނިއެވެ.
ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ، ޑްރޯން ގަތީ ތުރުކީގެ "ޕްރައިވެޓް ކުންފުންޏެއް" މެދުވެރިކޮށް
ޑޮރޯނު ނުވަތަ ޔޫއޭވީ އަކީ ޒަމާނީ އަސްކަރީ ވަސީލަތެކެވެ. ދޮންއަމާގެ ވެސް އުންމީދަކީ ދިވެހި އަސްކަރިއްޔާ ވަރުގަދަވެ، ގާބިލްކަން އިތުރުވުމެވެ. ނަމަވެސް "ތުރުކީ ސަރުކާރުން ޑްރޯން ނުގަނެ"، ތުރުކީގެ "ޕްރައިވެޓް ކުންފުންޏެއް" މެދުވެރިކޮށް ޑްރޯން ގަތުމަކީ ކަރަޕްޝަންގެ ތުހުމަތު ކުރެވޭ އެންމެ ބޮޑު ސަބަބެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި މިބާވަތުގެ ޑުރޯނެއްގެ އަގަކީ 2 މިލިއަން ޑޮލަރެވެ.
ތުރުކީގެ ކުންފުންޏަކުން ޑްރޯން ގަތުމަށް ސަރުކާރުން ފައިސާ ދެއްކީ، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 569.8 މިލިއަން ރުފިޔާ އެ ކަމަށް ހަމަޖައްސައިގެންނެވެ. މިއީ ހެޔޮވަރު 75 ވަރަކަށް ރަށުގެ ކައުންސިލު ގުރާންޓުއަށްވުރެ ބޮޑުއަދަދެކެވެ.
0%
0%
0%
0%
0%
މުހައްމަދު
15 މާރިޗު 2024
ޑްރޯންއަކީ ސަރުކާރަކުން ހަދާއެއްޗެއް ނޫން. ސަރުކާރުން ހުއްދަދީގެންނޫނިއްޔާ އުފައްދާ ކުންފުނިތަކުން ޑްރޯން ނުވިއްކޭނެ. އަދި ކަސްޓަމްސް އިން ބޭރުކުރުމުގެ ހުއްދަވެސް ނުދޭނެ. ނޫހަށް ލިޔާއިރުވެސް ތިމާގެ ނާގާބިލުކަން ރައްޔިތުންނަށް ބޭޒާރު ނުވާގޮތަށް ލިޔަން ދަސްކުރަން އެބަޖެހޭ.
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4