އާދަމް ނަވާޒް (ވާފްތަރާތުން ދެވަނަ އަށް)
އުތުރުތިލަފަޅުން އިންޑިއާ ސިފައިން ހޯދަން ދިޔަ ޓީމްގައި ހިމެނޭ އާދަމް ނަވާޒަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދޭން ނިންމައިފިއެވެ.
ދޮންއަމައަށް އެނގިފައިވާގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އޭނާ އެ މަގާމަށް އައްޔަން ކުރާނެއެވެ.
އުތުރުތިލަފަޅުން އިންޑިއާ ސިފައިން ހޯދަން ދިޔަ ޓީމްގައި ހިމެނޭ މީހުންނާ ބެހޭގޮތުން ދޮގު ޚަބަރު ފެތުރުމުގެ ރެކޯޑް މުގުރާލާފައިވާ އަހްމަދު އަޒާން އާއި ކޯޓުން ވައްކަންކޮށްގެން ވަޒީފާއިން ވަކިކުރި އަހްމަދު އިބްރާހީމް (ޕޮކަންޑި) އާއި މިދުއަމް ސައުދު ވަނީ މަޖިލީހަށް ކުރިމަތިލާން ނިންމާފައެވެ.
މި އެންމެން އިންޑިއާ ސިފައިން ހޯދަން އުތުރުތިލަފަޅަށް ދިޔަޔަސް އެތަނުން އިންޑިއާ ސިފައިނެއް ނުފެނުނެވެ.
އުތުރުތިލަފަޅުގައި ތިބީ ކިތައް އިންޑިއާ ސިފައިންތޯ މި ސަރުކާރުން ބާއްވާ އެކި ނިވްސް ކޮންފަރެންސްތަކުގައި ސުވާލުކުރުމުން ވެސް ޖަވާބެއް ދެވިފައެއްނުވެއެވެ.
ދޮގާއި މަކަރުން ރައްޔިތުންނަށް އޮޅުވާލައިގެން މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިކަން މި އަންނަނީ ސާބިތުވަމުންނެވެ. އެގޮތުން ހިޔާ ފްލެޓްގެ ފިނިޝިންއަށް ކުރި ޚަރަދުގެ ބަދަލުގައި ދެ ލައްކަ ރުފިޔާ ދިނުމަށާއި ހިޔާ ފްލެޓްގެ ކުލި ކުޑަކުރާނެ ކަމަށް ވައުދުވެވަޑައިގަތުމަށްފަހު ވެރިކަމަށް ވަޑައިގެން މުއިއްޒު ވަނީ ކުލި ކުޑަކޮށް، ފިނިޝިންގެ ފައިސާ އެ ދެވުނީ ކަމަށް ކަނޑައަޅައި، ރައްޔިތުން ގުނބޯ ހައްދާފައެވެ.
0%
0%
0%
0%
0%
ރޯހިތް
26 ޑިސެންބަރު 2023
ރޯހިތު ފެނޭތަ ރޯހިތު
8 ގަޑިއިރު ކުރި
0
9 ގަޑިއިރު ކުރި
0
2 މާރިޗު 2026
0
25 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4