މާފުށީ ޖަލުގައި މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގުމަކީ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އިތުރަށް ދަށަށް ދިޔުމުގެ ނިޝާނެއް
ށ. ފުނަދޫ ޒަމާނީ ވިލާ މުހައްމަދު ޖަމީލް (ޖަމިއްޓޭ) (45 އަހަރު) ވާނުވާ ބަންދުގައި ހުއްޓާ ނިޔާވެއްޖެއެވެ. ޖަމީލްގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުރިކަމަށް ޢާއިލާއިން ބުނެއެވެ. ޢާއިލާއިން މަޢުލޫމާތު ދޭގޮތުގައި، ޖަމީލްގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާގެ އަސަރު ފެންނަން ހުއްޓެވެ. އަދި ބައެއް ތަންތަން ނޫފައިގަނެފައި ހުރިކަމަށް ވެސް ބުނެއެވެ. ޚާއްޞަކޮށް މޫނުމަތީގައާއި ނޭފަތުގައި އަނިޔާގެ ނިޝާންތައް ހުރިކަމަށް ޢާއިލާއިން ފާހަގަކުރެއެވެ.
ނިޔާވި މުހައްމަދު ޖަމީލްގެ ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުރި! ފޮޓޯ -އެކްސް
މި މައްސަލައާ ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ކަރެކްޝަނަލް ސަރވިސްއިން ޕޯސްޓްމޯޓަމް ނުހަދާ މިރޭ ދަންވަރު ޖަމީލްގެ ހަށިގަނޑު ވަޅުލަން އުޅޭކަމަށް ޢާއިލާއިން ބުނެއެވެ. އަދި ކަރެކްޝަނަލް ސަރވިސްގެ އެންގުމަށް ކަށުނަމާދު ކުރަން ހަމަޖެހިފައިވަނީވެސް މިރޭ ދަންވަރުކަމަށް މަޢުލޫމާތު ލިބެއެވެ.
ކަރެކްޝަނަލް ސަރވިސްއިން މި މައްސަލަ ތަޙުޤީޤުކުރާ ކަމަށް ބުނާ ބުނުމަކީ މި މައްސަލަ އޮއްބާލުމަށް ފެތުރޭ އަޑެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ޖަލުގައި މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގުމަކީ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އިތުރަށް ދަށަށް ދިޔުމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ދެކެމުންދެއެވެ.
ޖަމީލްކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އެއީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެއް ކަމަށް ވެސް ބުންޏެވެ.
މާފުށީ ޖަލުގައި މިފަދަ އަނިޔާވެރި ޢަމަލުތައް ހިންގުމަކީ ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު އިތުރަށް ދަށަށް ދިޔުމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ދެކެމުންދެއެވެ.
0%
0%
0%
0%
0%
ދޮންބަފާ
29 ޖޫން 2024
ދޮން އަމާ ފޯކޭ ކިޔާބަލަ
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4