ވަހުދަތޭ، ގައުމިއްޔަތޭ ކިޔަމުން ވެރިކަމަށް އަހަރެއް ނުވެ، ތިޔަ ވިއްކާލަނީ ގައުމުގެ މައި ބަނދަރު - ތިޔަ ވަނީ ދިދައަށް ގައްދާރު
އާ ސަރުކާރުގައި ކޮރަޕްޓް ނުވާ ކުންފުންޏެއް އިދާރާއެއް ނެތެވެ. މި ދުވަސްކޮޅު އެންމެ ބާރަށް ދައްކަން މި ޖެހެނީ އެމްޕީއެލްގެ ކޮރަޕްޝަންގެ ވާހަކައެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މަގާމާ ހަވާލުވިފަހުން ކޮރަޕްޝަންގެ އެތައް އަމަލެއް އެމްޕީއެލްގެ ތެރޭގައި އަންނަނީ ހިންގަމުންނެވެ. އެމްޕީއެލްގެ ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އަމިއްލަ ވިޔަފާރި ކުރުމާއި ކުންފުނީގެ ލާރިން އެންމެ ފަހުގެ ފޯނު ގަތުން ފަދަ އެތައް ކަމެއް މިވީ ހައެއްކަ މަސް ތެރޭ ކޮށްފައިވެ އެވެ.
މިހާރު އެކަންކަމުގައި މަތި ޖެހުމަށް އަމިއްލައަށް އޭސީސީގައި ދަންނަވާފައިވާނެ ކަމަށް ވަޖީހު އަންނަނީ ބުނަމުންނެވެ. އަދި އޭނާ ބުނެގެން އޭސީސީގެ ޓީމެއް އެމްޕީއެލްއަށް ވަރަށް އަވަހަށް ޒިޔާރަތްކޮށް މައްސަލަތައް ބަލާނެކަމަށް އޭނާއާ ހަވާލާދީ ނޫސްތަކުގައި ޖަހާފައިވެއެވެ.
އޭގެ އިތުރަށް ދިވެހިރާއްޖޭގައި އިމްޕޯޓް ޑިއުޓީގެ މިންވަރު ކަނޑައެޅުމުގެ ފުރިހަމަ ބާރުވެސް ދިވެހިންގެ އަތުން ނިގުޅައިގަނެ ބޭރު ބަޔެއްގެ އަތްމައްޗަށްވެސް ފުރޮޅާލުމަށް އޮތީ ތައްޔާރުވެފައެވެ. ހުރިހާ ދިވެހިން އެއްވެ ބަނދަރު ސަރަހައްދު ހިސާރުކޮށްގެންވެސް މިކަން ހުއްޓުވަން ޖެހެއެވެ.
މިއަދު މިއިން ކަމެއް ބަލާލާނެ މީހެއް، ސުވާލު ކޮށްލާނެ މީހަކު ނެތެވެ. ހުރިހާ ބާރެއް މިއޮތީ އެއް ބަޔަކަށް ދީ ނިންމާފަ އެވެ. ވަގުތީ ފައިދާއަށް ވޯޓު ވިއްކުމުގެ ހިތި މިހާރު މިއޮތީ ފެންނަންށެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4