ވެރިކަމުގެ ހަ މަސްދުވަހު އޮތީ ސިއްރިޔާތާއި މަކަރު ހެދުން، ފުރަތަމަ ދުވަހު ހާމަކުރާނެކަމަށް ބުނި އުތުރު ތިލަފަޅު އެއްބަސްވުން އަދިވެސް ހާމައެއް ނުކުރޭ
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަމަސް ދުވަސް ނިމިގެން ދިޔައިރު ފެންނަމުން ދަނީ ރައްޔިތުންގެ ނުރުހުން ވެރިކަމަށް އަމާޒުވެފައިވާ ތަނެވެ. ވެރިކަމާ ހަވާލުވުމަށްފަހު އެންމެ އަވަހަށް ތާއީދު ގެއްލުނު ރައީސަކަށް މުއިއްޒު ފާހަގަކުރެވެއެވެ.
ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައިވެސް ފެނިގެންދިޔައީ ކަންކަން ސިއްރުކުރުމާއި ރައްޔިތުންނަށް މަކަރު ހެދުމާއި އޮޅުވާލައި ތަނެވެ. ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި މިހާރު ކުރާ ކަންކަމާއި އެއްގޮތަކަށްވެސް ދިމައެއް ނުވެއެވެ.
އެގޮތުން ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަކުރާނެ ކަމަށް މުއިއްޒު ވައުދުވި އުތުރު ތިލަފަޅު އެއްބަސްވުން އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އެއްބަސްވުން ހާމަކުރުމަށް އެތައް ވަރަކަށް ގޮވަމުންދިޔަނަމަވެސް ވެރިކަމަށް އައުމަށްފަހު މުއިއްޒުއަކަށް އެ އެއްބަސްވުން ހާމައެއް ނުކުރެވުނެވެ.
އުތުރުތިލަފަޅު އެއްބަސް ވުމުގައި ރައީސް ސާލިހުގެ ސަރުކާރުން އިންޑިއާއާއެކު ސޮއި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ. މި އެއްބަސްވުމަކީ 2016ވަނަ އަހަރު, ރައީސް ޔާމިންގެ ސަރުކާރުގައި އެކުލަވާލި އެކްޝަން ޕްލޭންގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ރާއްޖޭގެ ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހެދުނު ޕްލޭނާ އެއްގޮތަށް އިންޑިއާއާއެކުވި އެއްބަސްވުމެކެވެ.
އުތުރު ތިލަފަޅު އެއްބަސްވުން ސިޔާސީކޮށް, ގައުމުގެ މިނިވަންކަން ވިއްކާލުމުގެ ޓެގް އޭރުގެ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި މިސަރުކާރުގެ އިސްވެރިން އެޅުވީ އެ އެއްބަސްވުމުގެ ބޭނުން ކޮށްގެންނެވެ. ވެރިކަން ހޯދުމަށް ޖެއްސި ސްޓަންޓަކީ އެއީއެވެ. އެހެންނަމަވެސް ވެރިކަމަށް އައުމަށްފަހު އެކަންމަތިން ރައްޔިތުން ހަނދާން ނެތޭނެކަމަށް ހީކޮށް، އެކަން އޮއްބާލަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.
ރައްޔިތުން އެކަން މަތިން ދުވަހަކު ހަނދާން ނައްތައެއް ނުލާނެއެވެ. އެންމެ ފަހުން ރައްޔިތުން ލޮލުގައި އަނދުން އަޅުވައި އިންޑިޔާ ސިފައިން ބާލަނީކަމަށް ބުނެ ދެއްކި ވާހަކަތަކުގެ ހިތި އަމިއްލައަށް އިހުސާސް ކުރަންޖެހުނެވެ. އިންޑިޔާ ސިފައިން ބާލައި މަދަނީ މީހުން ގެންނަނީ ކަމަށް ބުނެ ގެނައީ އެއަށްވުރެ ނުބައި ބަޔެކެވެ. އިންޑިޔާ އަސްކަރިއްޔާ ކުންފުންޏަކަށް ނިސްބަތްވާ، އިޒްރާއިލަށް ވާގިވެރިވާ ކުންފުންޏެއްގެ ބައެކެވެ.
ފާއިތުވި ރިޔާސީ ކެމްޕޭންގައި މުއިއްޒު ވައުދުވީ ވެރިކަމުގެ ފުރަތަމަ ދުވަހު މި އެއްބަސްވުން ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމުގައެވެ. މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވިތާ 6 މަސްދުވަސް ވެގެން ދިޔައީއެވެ. އެއްބަސްވުން އަތިވެސް އޮތީ ސިއްރުކޮށްފައެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ހެދިހާ ރޯ ބުހުތާން ދޮގުތަކާއި, ވީހާ ދޮގު ވައުދުތައް އަދިވެސް އިތުރަށް ފަޟީހަތް ކުރައްވާށިއެވެ. ދޮގުވެރިކަމާއި މަކަރުވެރިކަމަކީ ޔަހޫދީންގެ ސިފައެކެވެ. މުއިއްޒުގެ ކިބައިން ފެންނަނީ އެ ސިފަތަކެވެ.
0%
0%
0%
0%
0%
ޖާނޭ
19 މޭ 2024
މުއީޒު ކެމްޕޭނުގައިބުނި ޖަގިޔާވެސް ހާމަކުރަންޖެހޭނެކަމަށް ތިމަންނަގެ ވެރިކަމެއްގައި ސާޖިދާގެ ޖަނގިޔާވެސް ދިވެހި ރަށްޔިތުންނަށް ހާމަކޮށްދޭނެކަމަށް ވަރަށް ވަރަށް ސާފް
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4