ވީއައިއޭ ޓާމިނަލްގެ މަސައްކަތް ނިންމޭނީ އެމްޑީޕީ އިން ބުނި ތާރީހަށް ކަމަށް މުއިއްޒު އެންމެ ފަހުން އެއްބަސްވެއްޖެ
ވީއައިއޭ ޓާމިނަލްގެ މަސައްކަތް ނިންމޭނީ އެމްޑީޕީ އިން ބުނި ތާރީހަށް ކަމަށް މުއިއްޒު އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.
ޓާމިނަލްގެ މަސައްކަތް ނިންމަން އެމްޑީޕީ އިން ދިން ތާރީހަކީ މާ ލަސް ތާރީހެއް ކަމަށް ބުނެ އެމްޑީޕީއާއި ކުރީގެ ސަރުކާރަށް މުއިއްޒު ފާޑު ކިޔާފައިވެ އެވެ. އެއީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
އެއީ މާ ލަސް ތާރީހެއް ކަމަށާއި މި އަހަރުގެ ޕީކް ސީޒަން އައުމުގެ ކުރިން ޓާމިނަލް ނިންމަން ޖެހޭނެ ކަމަށާއި އެކަން ކުރެވޭނެ ކަމަށް މުއިއްޒު މީގެ ކުރިން ބުނެފައިވެ އެވެ. އެއީ މުއިއްޒު ސްޕީޑްގައި އެކަން ކޮށްގެން ކަމަށް މުއިއްޒުގެ ކުދިންކޮޅު ދިޔައީ ބުނަމުންނެވެ.
މި އަހަރު ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމާލެވޭނެކަމަށް މުއިއްޒު ބުނީ މާޗު މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް މިހާރު އެ ވާހަކަ މި އޮތީ ބަދަލުވެފަ އެވެ. އެމްޑީޕީން ކުރި އަންދާޒާއަކީ ރަނގަޅު އަންދާޒާއެއް ކަމަށް މުއިއްޒު ވެސް ގަބޫލު ކުރީ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. މި މަޝްރޫއު ނިމުމާއެކު އެއާޕޯޓުގެ ކެޕޭސިޓީ ދެގުނައަށް ވުރެ އިތުރު ވެގެން ދާނެ އެވެ.
0%
0%
0%
0%
0%
ވަހީދު
2 ޖުލައި 2024
ބަލައެއީ ހަމައަސްލުގައިވެސްވަށަފަރުމީހެއްކަންއެގޭ
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4