ޒަމާންތަކަކަށްފަހު އާންމުންނާ ރައީސް ބައްދަކުރައްވައި ރާއްޖެއާއި ދުނިޔޭގެ މަސްރަހުގެ ވާހަކަ ދެއްކިއިރު ފަލަސްތީނުގެ ނަންވެސް ނުގަނެ - ހައްތަހާވެސް އަރުވަނީ ފޮނު
ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ރާއްޖެއާއި ދުނިޔޭގެ މަސްރަހުގެ ވާހަކަ ދެއްކިއިރު ފަލަސްތީނުގެ ނަންވެސް ނުގަނެ، އެކަމަކީ އެހާ މުހިންމު މައްސަލައެއް ނޫންކަން ދައްކައިފިއެވެ.
ކެބިނެޓުން ފާސްކޮށް ފަލަސްތީނުގެ ހައްގުގައި ކުރަންބުނި އެއްވެސް ކަމެއް މި ސަރުކާރުން ކުރާ ތަނެއް ނުފެނެއެވެ. އިޒުރޭލް ޕާސްޕޯޓު މަނާކުރަން އެދި 19 ވަނަ މަޖިލީޙުގެ އިއްތިފާގުން ފާސްކޮށް ގަރާރެއް ފޮނުވިތާ މިއަދަށް 220 ދުވަސްވީއެވެ.
ދިވެހިން މި ސަރުކާރާއި ކުރަންވީ ސުވާލަކީ ދިވެހިރާއްޖެއިން އިޒްރޭލުގެ އިމްޕޯޓު ނުހުއްޓުވަނީ ކީއްވެތޯއެވެ؟ އިޒްރޭލުން ރާއްޖެއަށް މީހުން އައުން ހުއްޓުވަން ދިވެހި ސަރުކާރާއި ދައުލަތް ފަސްޖެހެނީ ކީއްވެހެއްޔެވެ؟ މި ކަންކަމުން ފެންނަނީ ދިވެހި ސަރުކާރާއި ދައުލަތުގެ މުނާފިގުކަމެއް ނޫންހެއްޔެވެ؟
އިޒްރޭލާމެދު ލާއިންސާނީ އަމަލުތަކާމެދު ދިވެހިރާއްޖެއިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުން އިޒުރޭލްގެ ފަތުވެރިން ރާއްޖެއަށް އައި ނުދިނުމަށް ބުލޭންކެޓު ބޭނަކުން އިޒުރޭލްގެ ޕާސްޕޯޓު މަނާކުރަން ގޮވާ އިހްތިޖާޖު ކުރަމުންނެވެ. ސަރުކާރުގެ ހުއްޖަތަކީ، އިޒްރޭލު ރައްޔިތުންގެ ޕާސްޕޯޓު މަނާ ނުކުރެވި ލަސްވަނީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް ބުނެ މުއިއްޒު ވަނީ އެކަން އަނެއްކާވެސް މަޖިލީހަށް ފޮނުވާފައެވެ.
މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ގައުމެއްގެ ރައްޔިތުން އެތެރެވުން މަނާ ކުރުމަކީ ރައީސްގެ އެންމެ ގަރާރަކުން ވާން އޮތް ކަމެކެވެ. އެކަން އެގޮތަށް ނުކުރަނީ ބައެއް އަމިއްލަ އެހެން ސަބަބުތައް ހުރެގެންނެވެ. ފަތުރުވެރިކަމުން ހޯދާ ނަފާއާއި އެމެރިކާގެ އެއިޑްގެ އެހީގެ ދަހިވެތިކަމުގައެވެ.
މި ސަރުކާރުން ފަލަސްތީނު ގެ މައްސަލާގައި ދަނީ ދެބޯގެރި ދުއްވަމުންނެވެ. ފަލަސްތީނަށް މި ހަނގުރާމާގައި ދިވެހި ސަރުކާރުން 100 ޕަސަންޓު ސަޕޯޓުކުރާމަށް ބުނިނަމަވެސް، މުއިއްޒުގެ ސަރުކާރުން އަބަދުވެސް އިސްކުރަނީ މުއިއްޒުގެ އެކުވެރި ސައުދީ އަރަބިއްޔާގެ ލަފާއެވެ. ސައުދި އަރަބިއްޔާގެ ބަހަކީ އެމެރިކާގެ ބަސްކަން ނޭގޭނެ މީހަކު ދިވެހި ބިމުގައި ނުހުންނާނެއެވެ.
މި ސަރުކާރުން އެމެރިކާއާ ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު އެމެރިކާ އަކީ އިޒްރޭލުން ހިންގާ ގަތުލުއާންމުގައި އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
9 ފެބުރުވަރީ 2025
0
20 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4