ސަރުކާރުގެ ވެރިން ހީކުރަނީ ދުބާއީ ޓިކެޓަކަށް ނުވަތަ ޗުއްޓީ ދަތުރަކަށް ދިވެހި ރައްޔިތުން ވިކިދާނެ ކަމަށް
ރާއްޖޭގެ އަގުހުރި ބިންތައް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުޙައްމަދު އަލް އައްބާރަށް ވިއްކާލުމަށް ސަރުކާރުން ހިންގަމުންދާ މުއާމަލާތްތަކާ އެއްކޮޅަށް ރައްޔިތުންގެ މެދުގައި ވާހަކަ ދައްކައި، އެކަމަށް ލޮބީކޮށްދޭ ނޫސްތަކަށް ދުބާއީގެ 10 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް ދޭން ފަށައިފިއެވެ.
މިއީ މުއިއްޒާއި އީގަލް ހިލްސް ގުޅިގެން ރާއްޖޭގެ ވަސީލަތްތަކަށް އަރައިގަތުމަށް ހިންގާ ބޮޑު ޖަރީމާއެއްކަން މިހާރު މިވަނީ ހާމަވެފައެވެ. ގައުމުގެ ބިން ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަކަށް ނުވަތަ މިލްކުވާ ގޮތަށް ދިނުމަށް ހިންގާ މި ނާތަހުޒީބު އަމަލު ފޮރުވުމަށްޓަކައި، ނޫސްވެރިންނާއި މީޑިއާތަކަށް މިފަދަ އަގުބޮޑު އިނާމުތައް ދެމުންދާ ދިއުމަކީ މި މުއާމަލާތުގެ ފަހަތުގައިވާ ކޮރަޕްޝަން އިތުރަށް ސާފުވެގެންދާ ކަމެކެވެ.
އައްބާރު އަދި ސަރުކާރުގެ ވެރިން ހީކުރަނީ ދުބާއީ ޓިކެޓަކަށް ނުވަތަ ޗުއްޓީ ދަތުރަކަށް ދިވެހި ރައްޔިތުން ވިކިދާނެ ކަމަށް ހެއްޔެވެ؟ ކިތަންމެ ވަރަކަށް މިއީ ގައުމަށް ފައިދާހުރި މަޝްރޫއެއްގެ ގޮތުގައި ދައްކަން ދޮންކުރަން އުޅުނަސް، "ދުބުރިއެއް ދުވަހަކުވެސް އަނބަކަށް ނުވާނެ" އެވެ. މިއީ ސީދާ ގައުމީ މަސްލަހަތާ ޚިލާފަށް ހިންގާ ޖަރީމާއެއްކަން ކުރިއަށް ވުރެ ބޮޑަށް މިއަދު ދިވެހި ރައްޔިތުންނަށް މިވަނީ ސާފުވެފައެވެ.
ރައީސް މުއިއްޒު ކުއްލި ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން ސިއްރިއްޔާތުގައި ކުރެއްވި ކަންކަމުގެ ހަގީގަތް މިހާރު މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ތިލަވަމުންނެވެ. މި ބޮޑު މުއާމަލާތުގެ ހުރިހާ ތަފުސީލެއް ވަގުތުން ވަގުތަށް ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލަމެވެ. މި އެއްބަސްވުންތައް ސަރުކާރުން ހާމަނުކޮށްފިނަމަ، އަޅުގަނޑުމެން ފަހަރަކު ލިޔުމެއްގެ މަގުން މި ހުރިހާ ޖަރީމާތަކެއް ރައްޔިތުންގެ ކުރިމައްޗަށް ލީކުކޮށް ފަޅާއަރުވާލާނަމެވެ. ރައްޔިތުންގެ މިލްކިއްޔާތުން ވައްކަން ކުރުމަށް ފުރުސަތެއް ނުދެވޭނެއެވެ.
0%
0%
0%
0%
0%
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
9 އޮކްޓޫބަރު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4