ކައުންސިލުތަކުގެ ގުރާންޓު އަދި މިމަހަކު ޖަމާނުވާކަމަށް ކައުންސިލަރުން ކިޔަންފަށައިފި
ނިމިދިޔަ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްދިން އެންމެ ހެޔޮ ބަދަލަކީ ކައުންސިލުތަކަށް މާލީ ބާރުވެރިކަމާއި ކައުންސިލުގެ އިހްތިސާސް ކަނޑައަޅައި އެ އިހްތިސާސްގެ ބާރުވެރިކަން ކައުންސިލުތަކަށް ދޫކޮށްލުމެވެ. ރާއްޖެ ކުރިއެރުވޭނީ ޖަޒީރާވަންތަ، ގުދަރަތީ ނިޒާމާ އެއްގޮތަށް ކަމަށް ގަބޫލުކޮށް، ކޮންމެ ރަށު ކައުންސިލަކީވެސް މާލީ ބާރުވެރި ބަޔަކަށް ހެދުމަށްޓަކައި ޤާނޫނުގައި ލިޔެގެން މިދިޔަ ސަރުކާރުން ފެށިގެން ކައުންސިލުތަކަށް އައީ ގްރާންޓް ދެމުންނެވެ. އެހެންނަމަވެސް ސީދާ ކައްޒާބުގެ އެންގުމަށް މިހާރު ކައުންސިލްތަކުގެ ގްރާންޓް މިވަނީ ނުދީ ހިފަހައްޓާފައެވެ.
ރަށުގެ އިޖުތިމާއީ ކަންކަމާ ރަށްވެހި ހިދުމަތްތައް ކައުންސިލްތަކުން ދެމުން އަންނަނީ މި ދެންނެވި ގްރާންޓްގެ ފައިސާ ބޭނުންކޮށްގެނެވެ. އާންމު އުސޫލުން ނަމަ ކޮންމެ މަހެއްގެވެސް 17 ހިސާބުގައި ގުރާންޓު ކައުންސިލްތަކަށް ޖަމާކޮށްދެއެވެ. އެހެނަސް މިމަހު އަދިއަކު ހަބަރެއް ނުވާކަމަށް ކައުންސިލަރުން ދަނީ ހޮޅުއަށިތަކުގައި ކިޔަމުންނެވެ.
އަތޮޅުތެރޭގެ ގިނަ ތަރައްގީގެ ޕުރޮޖެކްޓުތައް މި ސަރުކާރުން މިވަނީ ހުއްޓާލާފަ.
ޔަގީންވާ ކަމަކީ ކައުންސިލުތަކާ ލާމަރުކަޒީ ނިޒާމަށް މުއިއްޒާއި މިސަރުކާރުން އަބުއިވާނެކަމާއި، ރައީސް މުއިއްޒުގެ ސިޔާސަތަކީ އެއްފަސްކުރުމާއި، ހުރިހާ ދިވެހިން ކޮންކްރީޓް ޖަންގަލިތަކަކަށް މަޖުބޫރުން އަޅާލައި, މީހުން އުޅޭ ރަށްތައްވެސް ހުސްކޮށް ރިޒޯޓު ހަދަން މަހުޖަނުންނަށް ވިއްކުމެވެ. ކުދި އާބާދީތަކަކީ މުއިއްޒުގެ ތަސައްވަރުގައި ނެތް ބައެކެވެ. އަތޮޅު ތެރޭގައި ހިނގަމުންދިޔަ 1800 އެއްހާ ޕުރޮޖެކްޓުތައްވަނީ ކައްޒާބު ވެރިކަމަށް އައި ދުވަހުން ފެށިގެން ހުއްޓާލާފައެވެ. ކުރިން ބުނަމުންދިޔައީ މާޗު ފަހުން ހުރިހާ މަސައްކަތެއް އަލުންފަށާނެ ކަމަށެވެ. ސަރުކާރުން ކުރަންބޭނުންކަމެއް ކުރަނީއެވެ. ބަޖެޓަކާ ބަޖެޓެކެވެ.
ސިޔާސީ މަގާމުތަކުގެ މުސާރަތަކަށް ކުރާ ހަރަދު ކުރިން ސަރުކާރުތަކަށް ވުރެ 200 މިލިއަން އިތުރެވެ. މަތި ލުއިވާނީ މިހާކައްވަރަށެެވެ. 1500 ސިޔާސީ މަގާމު އުފެއްދީ ކޮން ބަޖެޓަކުން ފައިސާލިބިގެންތޯ ހިތައްއަރައެވެ. ކަންމިހެން ހުރިއިރު މިދިޔަ ސަރުކާރުގެ ފުރަތަމަ 2 މަސްދުވަހު ތަރައްގީގެ ޕުރޮޖެކްޓުތަކަށް ހަރަދުރިވަރަށް ވުރެން 1.8 ބިލިއަން މިސަރުކާރުން ކުޑައެވެ. ބޮޑު ވަނީ އިސްރާފެވެ. ރައްޔިތުންގެ ޒަރޫރީ ބޭނުންތައް މުހިންމެއް ނުވިއެވެ.
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4