އައްޑޫ ސިޓީ ބައިބައިކުރުމުގެ ފަހަތުގައި ސަރުކާރަށް ހަރަދުކުރާ ވިޔަފާރިވެރިންގެ ޒާތީ ބޭނުންތަކެއް
އައްޑޫ ސިޓީ ބައިބައިކުރުމުގެ ފަހަތުގައި ސަރުކާރަށް ހަރަދުކުރާ ވިޔަފާރިވެރިންގެ ވަކި ބޭނުންތަކެއް ހުރިކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ފޮނުވި ސިޓީއަކުން ހާމަވެއްޖެއެވެ. މިކަމުގެ ސަބަބުން ދެކުނުގެ ރަށްތައް ވަކި ދައުލަތެއްގެ ގޮތުގައި އުފެއްދުމަށް ވޯޓަކަށް ދިއުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ރައީސް މުޢިއްޒުއަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (އައިބީ) ފޮނުއްވި ތިން ސަފްޙާގެ ސިޓީއަކުން ހާމަވާގޮތުގައި، އައްޑޫ ސިޓީ ބައިބައިކުރަން ސަރުކާރުން އުޅެނީ ޕީއެންސީއަށް ހަރަދުކުރާ ހަ ވިޔަފާރިވެރިން އެދުމުންނެވެ. ނަމަވެސް، މިއީ އައްޑޫގެ ރައްޔިތުންތަކެއް އެދިގެން ކުރަން އުޅޭކަމެއް ނޫންކަން ސޯޝަލް މީޑިއާގެ ޕޯސްޓުތަކުންނާއި، ރައްޔިތުންގެ ޝުޢޫރުތަކުން ވަރަށް ރަނގަޅަށް ޔަގީންވާކަމަށް ރައްޔިތުން ބުނެއެވެ.
މިކަން ހާމަވީ ރައީސް އޮފީހަށް އައިބީ ފޮނުވި ސިޓީއެއް ލީކުވުމާ ގުޅިގެންނެވެ. އައިބީ އެދިފައިވަނީ ފޭދޫ ވިޔަފާރިވެރިންނަކީ މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތް ކުރި ބައެއް ކަމަށާއި، އެހެންކަމުން އެފަރާތްތަކަށް ފޭދޫއިން ގިނަ ބިންތަކެއް ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް، މި ވިސްނުމަކީ "މަކަރުވެރި ޙައިނެއްގެ ވިސްނުމެއް" ކަމުގައި އައްޑޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކެއެވެ.
އަސްލު އައްޑޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދުނީ ވަކި ދައުލަތެއް ހެދުމަށެވެ. "ޔުނެޓެޑް ސުވާދީބު ޖުމްހޫރިއްޔާ" ގެ ނަމުގައި ދިދަޔާއި ކެބިނެޓުވެސް އިޢުލާންކުރިއެވެ. ދެކުނުގެ ތިން އަތޮޅުން މިއަދުވެސް މި ހުއްދަ ދީފިނަމަ ދެމިގަންނާނެކަމަށް ރައްޔިތުން ބުނެއެވެ. އެހެންކަމުން، ރައީސް މުޢިއްޒު މިކަމުގެ ޙިޔާލެއް ހޯދުމަށް ވޯޓަށް އަހާލުން ކިހިނެއްތޯ ވާނީ؟
މިފަދަ ބޮޑެތި ގޮތްގޮތަށް ބަދަލު އަންނަ ނިންމުންތައް ނިންމުމުގެ ކުރިން ރައްޔިތުންގެ ރުހުން ހޯދުމަކީ ދުސްތޫރީ އަދި ޑިމޮކްރެޓިކް ހަމަތަކުގެ ތެރޭގައި ލާޒިމު ކަމެކެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
20 ސެޕްޓެންބަރު 2025
0
17 ސެޕްޓެންބަރު 2025
0
16 ސެޕްޓެންބަރު 2025
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4