މިނިސްޓަރު ރާފިއުގެ މި ވާހަކަތަކަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި، ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވުމަށް
ސަރުކާރުގެ ވައުދުތައް ފުއްދައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ ރަށްރަށުގެ ކައުންސިލްތަކަށް ވެރިކަން ކުރާ ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވުމާ ގުޅިގެން، އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ.
މިނިސްޓަރު ރާފިއުގެ މި ވާހަކަފުޅާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަނީ، މިނިސްޓަރު ހީފުޅުކުރައްވަނީ ރައްޔިތުންނަކީ އެއްވެސް އެއްޗެއް ނޭނގޭ "ގަމާރުން" ތަކެއް ކަމަށްތޯއެވެ؟ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ހުރަސްއަޅަނީ ކައުންސިލްތަކުން ކަމަށް ދޭހަވާ މޭރުމަކުން ރާފިއު ވާހަކަދެއްކެވި އިރު، މީގެ ކުރިން ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވެސް ވަނީ ކައުންސިލްތަކުން ބިން ނުދީގެންނާއި އެއްބާރުލުން ނުލިބިގެން ނުހިންގި ހުރި މަޝްރޫއުތައް ބައިވަރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިހާތަނަށް ސަރުކާރުން އެފަދަ މަޝްރޫއުތަކުގެ އެއްވެސް ލިސްޓެއް އާންމުކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ރައްޔިތުން ސޯޝަލް މީޑިއާގައި ކުރަމުންދާ ސުވާލަކީ، މިހާރުވެސް ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލްތައް ހުރި ރަށްރަށުގައި ސަރުކާރުގެ މަޝްރޫއުތައް ނުހިނގާ އޮތީ ކީއްވެގެންތޯއެވެ؟ "ސަރުކާރު ދެވިއްޖެ. މަޖިލިސް ދެވިއްޖެ. އެކަމަކު އަދިވެސް ވައުދުތައް ނުފުއްދިގެން މިއުޅެނީ ކީއްވެ؟" އާންމު ރައްޔިތަކު ސުވާލުކޮށްފައިވެއެވެ.
ގާނޫނީ ގޮތުން ބަލާއިރު، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ކައުންސިލުން ކުރަންޖެހޭ މާ ބޮޑު ކަމެއް ނެތެވެ. މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓު ފާސްކުރަނީ ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ކައުންސިލުން ބިން ނުދީފި ނަމަ، ސަރުކާރަށް ބޭނުންވާ ބިންތައް ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެނައީ ވެސް ހަމަ މި ސަރުކާރުންނެވެ. އެހެންކަމުން، ކައުންސިލްގައި ކޮންމެ ބަޔަކު ތިބި ނަމަވެސް، ސަރުކާރުން ބޭނުން ނަމަ މަޝްރޫއުތައް ހިންގުމަށް އެއްވެސް ހުރަހެއް ނެތްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
މީގެ އިތުރުން، ސަރުކާރުގެ އިސްރާފުތަކަށް ވެސް ރައްޔިތުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން 1900 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުންނާއި، 400 އެއްހާ ސްޓޭޓް މިނިސްޓަރުން އައްޔަންކޮށްގެން ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަމުންދާއިރު، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާންމުން ބުނެއެވެ.
މިނިސްޓަރު ރާފިއުގެ މި ވާހަކަތަކަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި، ސަރުކާރުގެ ނާކާމިޔާބީތައް ފޮރުވުމަށް ދައްކަވާ ވާހަކަތަކެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4