ދިވެހި ވިޔަފާރިތަކަށް ޑޮލަރު ވިއްކުން ހުއްޓާލުމާއި ގުޅިގެން، މުދަލުގެ އަގު އަތް ނުފޯރާ ފަށަށް
މިހާރުގެ ރައީސް މުއިއްޒު ވެރިކަމަށް އައީ ޑޮލަރު އޭގެ ހަމަ އަގުގައި ލިބޭނެ ކަމުގެ ވައުދާއެކުއެވެ. އަދި ކާޑުގެ ލިމިޓްތައް ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އުވާލާނެ ކަމަށާއި ދިވެހި ރައްޔިތުން ބޭނުން މިންވަރަކަށް ބޭންކް ރޭޓްގައި ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން އޭރު މުއިއްޒު ވަނީ ދެއްވާފައެވެ.
ވެރިކަމާ ހަވާލުވުމަށްފަހު ފެނިގެން ދިޔައީ މިފަދަ ގިނަ ވައުދުތައްވެސް ފުއްދި ގޮތަށް ކާޑު ލިމިޓްގެ ވައުދު ފުއްދި ތަނެވެ. ކުރިން ބޭންކުން ލިބޭ ލިމިޓަށްވުރެވެސް ދަށް ލިމިޓެއް އިއުލާންކޮށް ތިމަން މަނިކުފާނުގެ މިހާރު ކާޑުގެ ލިމިޓު އުވާލިކަމަށް ބުނެ ނޫސް ތަކުގައި ސުރުހީ ޖެހިއެވެ. ޔާމީނުގެ މިނިވަން ކުރާނަމޭ ބުނެ ވެރިކަމަށް އައިސް އެކަމަށް ދެއްކި ހުއްޖަތުތައް މިކަންކަމަށްވެސް ދައްކައި ސިޔާސީ މަގާމުތަކުގައި ތިބި ބޮޓުން ލައްވައި އަމިއްލަ ނަފްސަށް ހުޝާމަދު ކުރުވުމަށް ފެށިއެވެ.
މިހާރު މިވަނީ އަނެއްކާ މިއަށްވުރެ ބޮޑު ކަމެއް ލައިގަނެފައެވެ. ދިވެހި ވިޔަފާރިވެރިން ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ބޭންކް މެދުވެރިކޮށް ވިއްކަމުން އައި ޑޮލަރު ވިއްކުން މިވަނީ މިއަހަރުގެ ޖަނަވަރީ 2 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައެވެ. ކުރިން ބޭންކުން ގެންދިޔައީ ކޮންމެ ޓީޓީ އަކަށްވެސް އެ ޓީޓީގެ އަދަދުގެ %20 އާ %30 އާ ދެމެދުގެ އަދަދަކަށް ބޭންކް ރޭޓުން ޑޮލަރު ވިއްކަމުންނެވެ. ކުރިން އެއްވެސް ވަރަކަށް އެންގުމަކާ ނުލައި ޑޮލަރު ވިއްކުން ހުއްޓާލުމުން އެކަމާ ގުޅިގެން ބޭންކާ ސުވާލުކުރުމުން ޖަވާބު ދީފައިވަނީ މިހާރު ޑޮލަރު ނުވިއްކާ ކަމަށެވެ.
މިކަމާ ގުޅިގެން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ފާހަގަ ކުރި ގޮތުގައި މިކަމުގެ ސަބަބުން މުދަލުގެ އަގު %10 އާ ހަމައަށް ބޮޑުވުމުގެ ބިރު އެބައޮތެވެ. އެހެނީ ވިޔަފާރިތަކަށް މިއަދުވެސް ބްލެކް މާކެޓުން ޑޮލަރު ލިބެން ހުރީ 18.15 ރުފިޔާއަށެވެ. އަދި މިއީ ޓޫރިސްޓް ހައި ސީޒަނުގައި ލިބެން ހުރި އަގު ކަމުގައި ވުމުން ލޯ ސީޒަނަށް ދިޔުމުން ޑޮލަރުގެ އަގު 19 ރުފިޔާއަށް އެރުމުގެ ބިރު އޮތް ކަމަށް ވިޔަފާރި ވެރިން ވަނީ މައުލޫމާތު ދީފައެވެ.
މުއިއްޒުއާއި އޭނާގެ ކެބިނެޓުގެ "ސަކްސީޑް" އިގްތިސާދީ ސިޔާސަތުގެ ސަބަބުން ދިވެހި ގައުމުގެ އިގްތިސާދު މިދަނީ ކުރިން ނުވެއްޓޭހާ ފުން އަނދަވަޅަކަން ވެއްޓުމާ ދިމާލަށެވެ. އާންމު ފަރުދުންނަށް ޑޮލަރު ވިއްކުން ހުއްޓާލުމާއެކު ވަގު ކޯޓާ ނީލަމުގައި ވިއްކުމުގެ މާޒީއެއް އޮތް މިހާރުގެ އިމިގްރޭޝަން ކޮންޓްރޯލަރ މިވަނީ ހައްދެއް ނެތި ބަންގްލަދޭޝް މަސައްކަތު މީހުން ރާއްޖެ ގެނައުމުގެ ހުއްދަވެސް ދީފައެވެ. ކުރިންވެސް މިހެން ވިއްކާ ވަގު ކޯޓާ ތަކުގައި މީހުން ގެނެސް ރާއްޖެއަށް ދޫކޮށްލުމުން، އެފަރާތަކުން އެކިއެކި މަސައްކަތް ކޮށްގެން ބޭންކިންގ ނިޒާމަށް ނުވައްދައި ގައުމުން ބޭރަށް އެތައް މިލިއަން ޑޮލަރެއް ދިޔައީ ބޭރު ކުރަމުންނެވެ. މި ހުރިހާ ކަންކަމާ ގުޅިގެން ޑޮލަރުގެ އަގު އާންމު ރައްޔިތުން އަތް ނުފޯރާ ހިސާބަށް ގޮސް، މުދަލުގެ އަގު އެތައް ގުނައެއް ބޮޑުވެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް އެކަމުގެ ދަތި އިންތިހާއަށް ފޯރާނެއެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4