ފެނަކަ މެނޭޖިންގް ޑިރެކްޓަރ މުއާޒް އާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޒުހުރީ ޑީލެއްގެ ލިޔުންތައް ބަލާލަނީ.
ގޯލްޑަން ޓަވަރއިން ބައިވަރު ބުރި ކުއްޔަށް ނަގާފައި ހުއްޓާ ފެނަކައިން ތިންވަނަ އަދި ސިއްރު ކަންކަން ކުރެވޭ، ސައުންޑް ޕްރޫފް، ބުރި ބޮޑު އިމާރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
ފެނަކައިން އިތުރު އިމާރާތެއް ކުއްޔަށް ނަގަން އުޅޭއިރު ކުންފުނީގެ މުވައްޒަފުން ކޮންމެ މަހަކު ޖެހެނީ މުސާރައަށް ސަލާން ޖަހާށެވެ.
ފެނަކައިން މިފަހަރު ހޯދަނީ މަދުވެގެން 10،000 އަކަފޫޓްގެ ޖާގައެއް، ފަސް އަހަރަށް ކުއްޔަށް ދޭނެ ފަރާތެކެވެ.
ފެނަކައިން ހޯދާ އިމާރާތުގައި ހުންނަންޖެހޭ ޝަރުތުތައް ބަޔާންކޮށްފަވާ މި ބިޑްއާ ގުޅޭ މައުލޫމާތު ކަރުދާސް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ.
އެ ކަރުދާހުގަ ބަޔާންކޮށްފަވާ ގޮތުގަ އެ އިމާރާތަކީ މީހުން ދިރިނޫޅޭ ފަޅު އިމާރާތަކަށް ވާން ޖެހެއެވެ. އަދި ކުއްޔަށް ހިފާ ފަރާތުން (ފެނަކައިން) ބޭނުން ގަޑިއެއްގަ ވަދެވޭ ތަނަކަށް ވެސް ވާން ޖެހޭނެ އެވެ.
ބުރިއެއްގެ ބޮޑުމިނުގަ މަދުވެގެން 10،000 އަކަފޫޓް ހުންނަން ޖެހުނު ނަމަވެސް ބުރިއެއްގެ ބޭނުން ކުރެވޭ ބައިގައި 2،000 އަކަފޫޓް ހަމަވާނަމަ އެއް ބުރިއަށްވުރެ ގިނަ ބުރި ހިފަން ވެސް ފެނަކައިން އޮތީ ތައްޔާރަށެވެ.
އިމާރާތުގެ އިތުރު ޝަރުތުތަކުގެ ތެރޭގަ އިމާރާތުގެ އެތެރޭގަ ހިނގާ ކަންކަން ނުފެންނަ ގޮތަށް ކުޑަދޮރުތަކުގަ ބްލައިންޑް ހުރުން އަދި އެކަށީގެންވާ މިންވަރަކަށް ސައުންޑް ޕްރޫފް ތަނަކަށް ވުން ހިމެނެއެވެ.
އަދި ކާރު ވެއްދޭ ކަހަލަ ޖާގައެއް އިމާރާތުގަ ހުންނަން ޖެހޭއިރު، އާންމު ގޮތެއްގަ ސަން ލައިޓް ލިބޭ، ފާރުގަ ހުދު ކުލަ ހުންނަ އިމާރާތަކަށް ވެސް ވާން ޖެހެއެވެ.
އިމާރާތް ހުންނަން ޖެހެނީ މާލޭގައެވެ. އަދި ފެނަކައަށް ބޮޑަށް ރަނގަޅީ، ފެނަކަ ހެޑް އޮފީހާ ކައިރިވި ވަރަކަށެވެ.
ފެނަކައިން އިތުރު އިމާރާތެއް ހޯދަން އުޅޭއިރު ހެޑް އޮފީހުގެ އިތުރަށް އެތާ ކުރިމަތީގަ ކަހަލަ ގޮތަކަށް ހުންނަ ގޯލްޑަން ޓަވަރގެ ގިނަ ބުރިތަކެއް ވެސް ބޮޑު އަގުގަ، ކަޓް ލިބޭ ގޮތަށް ވަނީ ކުއްޔަށް ނަގާފައެވެ.
ގޯލްޑަން ޓަވަރުން ބުރިތަކެއް ނެގީ ކޮންމެ ބުރިއަކަށް ދޮޅު ލައްކަ ރުފިޔާގެ ރޭޓުންނެވެ.
0%
0%
0%
0%
0%
18 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
2 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4