ސްޕެއިންގެ އުރްބާސަރ އިން އެއްބަސްވުން ބާޠިލުކުރީ ކަޓުނަގަން އުޅޭވަރުން އުނދަގޫވެގެން!
ދިވެހިރާއްޖޭގެ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢަށް ބޮޑު ހުރަހެއް ކުރިމަތިވެއްޖެއެވެ. މި މަޝްރޫޢުގެ މައިގަނޑު ކޮންޓްރެކްޓަރު ކަމުގައިވާ ސްޕެއިންގެ އުރްބާސަރ އެސް.އޭ އިން ވަނީ އެއްބަސްވުން ބާޠިލުކޮށްފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ނިންމުމަށް ވާސިލުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފައިސާ ދެއްކުން ލަސްވުމާއި ކޮރަޕްޝަނުގެ މައްސަލަތައް ހިމެނެއެވެ. ސަރުކާރުން މަޝްރޫޢުގެ ފަންޑިންގގެ 17% ގެ ޙިއްޞާ ދެއްކުން 7 މަސްދުވަހަށް ލަސްކުރިކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން މަޝްރޫޢުގެ މުޅި ޚަރަދު ހަމަޖައްސައިދިނުމަށް އިސްނެގި ނަމަވެސް، ޖީއެސްޓީގެ ބައި ލިބުން އިތުރަށް ލަސްވުމުގެ ސަބަބުން ކޮންޓްރެކްޓަރު ވަނީ ހިތްހަމަނުޖެހިފައެވެ.
އެތެރޭގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން ޕީއެންސީއިން މުއިއްޒު އެދިލެއްވުމުގެ މަތިން، މި މުޢާމަލާތުން ކޮމިޝަން ހޯދުމަށް މަސައްކަތްކުރި ކަމަށް ވެއެވެ. ނަމަވެސް އުރްބާސަރ އިން މިފަދަ ޢަމަލުތަކުގައި ބައިވެރިވުމަށް އިންކާރުކޮށްފައިވާ ކަމަށް ބެލެވެއެވެ.
މި ކަމާއި ގުޅިގެން މަޝްރޫޢު މިހާރު ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ސީއެންޓީއަށް ހަވާލުކުރެވިފައެވެ. ނަމަވެސް މި ބަދަލާ އެކު މަޝްރޫޢު 500 ދުވަހަށްވުރެ ގިނަ ދުވަހަށް ލަސްވެ، އަސްލު ނިންމުމަށް ކަނޑައެޅިފައިވާ 2027 ވަނަ އަހަރުގެ ތާރީޚް 2 އަހަރަށްވުރެ ލަސްވާނެއެވެ.
0%
0%
0%
0%
0%
30 އެޕްރީލު 2025
0
24 މާރިޗު 2025
0
20 ޑިސެންބަރު 2024
0
18 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4