އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. އަހުމަދު ޝަމްހީދު،
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ޑރ. އަހުމަދު ޝަމްހީދު، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށާއި ޕާޓީގެ އިސް ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
"ޝަމްހީދުއެކު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ޕާޓީގެ ކުރީގެ ޗެއާޕާސަން މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް ފަރާތެއްގެ ޕްރެޝަރެއް އޮވެގެން ނޫން ކަމަށާއި، އެއީ ކުރިމަތީގައި އޮތް ކައުންސިލް އިންތިހާބުން ބަލިވެދާނެތީ ކަމަށްވެސް ވެދާނެ ކަމަށެވެ. އަދި ޕާޓީ އެފަދަ ނާޒުކު ހާލަތެއްގައި އޮތް ވަގުތު، ޕާޓީއާ އަޅާލައި ކަންކަން ހަމަމަގަށް އެޅުވުމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، އިސް ލީޑަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އިސްނަންގަވާފައި ނުވާ ކަމަށް ޝަމްހީދު ތުހުމަތު ކުރެއްވިއެވެ.
ފައްޔާޒު އިސްމާއިލްގެ ޒައާމަތުގައި އެމްޑީޕީއަށް ވަނީ އެންމެ ބޮޑު ދެ އިންތިހާބު ގެއްލިފައެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ޕާޓީއަށް ގެއްލިގެން ދިޔައީ، ޕާޓީން އަމިއްލައަށް ނިންމި ނިންމުމަކުން އަދި އޭރުގެ ޕާލިމެންޓަރީ ގްރޫޕުން އެޅި "ޅައެއްޗަކުން" ކަމަށް މިއަދު މުޅި ޕާޓީ އިއްތިފާގުވެއެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބު ފަސްކުރުމަށް ވަގުތު ދިނުމަށް ޕާޓީން ނިންމި ހިސާބުން ފެށިގެން ދިމާވި ކަމެކެވެ. އެ ނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގައި އެމްޑީޕީގެ ތާރީހުގައި ވެސް ދުވަހަކު ނުވާވަރުގެ ބޮޑު ބައްޔަކުން ބަލިވި އިރު، އެދުވަހު ޕާޓީ ބަލިވި ސަބަބު ދެނެގަތުމަށް ސާވޭއެއް ފެށިކަމަށް ޗެއާޕާސަން ފައްޔާޒު އިއުލާނު ކުރެއްވިއެވެ.
މަޖިލިސް އިންތިހާބަށް ފަހު ދެން ކުރިމަތިވީ ލޯކަލް ކައުންސިލް އިންތިހާބެވެ. އެ އިންތިހާބު ބޯމަތިވި އިރު ޕާޓީގެ ކަންކަން އެއްވެސް ވަރަކަށް ރޭވިފައި ނެތް ކަމަށާއި، ކެންޑިޑޭޓުންގެ ކެންޑިޑަސީ ފީ ދައްކައިދެވޭނެ މާލީ ތަނަވަސްކަމެއް ނެތި ޕާޓީ އޮތީ ބޮޑުތަނުން ދަރާފައެވެ. އަދި އެ ދަނޑިވަޅުގައި ވެސް ތިން ފަންގިފިލާގެ ބޮޑެތި އޮފީސް އިމާރާތްތަކަށް ކުލި ދައްކަމުން ދިޔަކަމީ ދޯހަޅި ސިޔާސަތެއްކަމަށް އާންމު މެންބަރުން ބުނަމުންދިޔައެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަދި ފެންނަ ނުފެންނަ ވޯޓުގައި، މި ހިނގާ ސަރުކާރަކީ އެންމެ 30 އިންސައްތަ ތާއީދު އޮތް ސަރުކާރެއްކަން ސާބިތުކޮށްދިނީ ޕާލިމެންޓަރީ ގްރޫޕުން އިސްނަގައިގެން ކުރި މަސައްކަތުން ކަމަށެވެ. އަދި އޭނާއަކީ ޕާޓީގެ ވަކި ފެކްޝަނަކަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި، އެންމެންނާ ގުޅިގެން ޕާޓީ ކުރިއަށް ގެންދެވޭނެ ލީޑަރެއް ކަމުގެ ޔަގީންކަން ޝަމްހީދު ވަނީ ދެއްވާފައެވެ.
ނަމަވެސް، ކައުންސިލްތަކަށް ހޮވުނު ގިނަ ކައުންސިލަރުން ބުނަމުންދަނީ އެ އިންތިހާބު ކާމިޔާބު ކުރެވުނީ އެއްވެސް ލީޑަޝިޕެއްގެ ނުވަތަ ވަކި ގްރޫޕެއްގެ އެހީތެރިކަމަކާ ލައިގެން ނޫން ކަމަށެވެ. އެ ކާމިޔާބީއަކީ އެ ރަށްރަށުގެ އާންމު މެންބަރުންނާއި، ދާއިރާތަކުގެ އިސް ސަފުގައި ތިބި ޕާޓީގެ އާންމު ރައްޔިތުން ކުރި ބުރަ މަސައްކަތާއި، އެމީހުން ދެއްކި ސާބިތުކަމާއި ހިތްވަރުގެ ނަތީޖާ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
0%
0%
0%
0%
0%
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
2 މާރިޗު 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4