ހުރިހާވެސް ކާމިޔާބީއަކާ އުފާ ފާގަތިކަމެއް ގުޅިފައިވަނީ ”ޑުރެގަނު“ގެ އަހަރާ- ރައީސް މުއިއްޒު
މިއަދު ފާހަގަ ކުރަމުންދާ ޗައިނާގެ އާ އަހަރު ފެށުމުގެ މުނާސަބަތުގައި, ރައީސް މުއިއްޒު ވީޑިއޯ މެސެޖެއް މެދުވެރިކޮށް އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސް ކޮށްފިއެވެ.
ބޭރުގެ ގައުމަކާ ގުޅުންހުރި އެއްވެސް މުނާސަބަތެއް ފާހަގަ ކުރުމަށް މިހާތަނަށް ވީޑިއޯ މެދުވެރިކޮށް މުއިއްޒު ތަހުނިޔާ ފޮނުއްވާފައި ނުވިނަމަވެސް, ޗައިނީސް ނިއުއިޔަރ ފާހަގަ ކުރުމަށް މުއިއްޒު ދެއްވި ވީޑިއޯ މެސެޖުގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން، އެ ގައުމުން ފާހަގަކުރާ މި ފެށޭ ހަނދުމަހުގެ އާ އަހަރާއެކު ލިބުމަށް އެދިވަޑައިގަންނަވާކަމުގައެވެ.
އަދި މުއިއްޒު ވިދާޅުވީ ހުރިހާވެސް ކާމިޔާބީއަކާ އުފާ ފާގަތިކަމެއް ގުޅިފައިވަނީ ”ޑުރެގަނުގެ އަހަރާއި“ ކަމުގައެވެ. އަދި ޗައިނާއިން ފާހަގަ ކުރާ އާއަހަރުގެ ރަމްޒު ކަމުގައިވާ ”ޑްރެގަނަކީ“ ކާމިޔާބީއާއި, ޙިކުމަތްތެރިކަމާއި, އުފާ ފާގަތިކަމާއި ގުޅުންހުރި ރަމްޒެއް ކަމުގައިވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި, ރައީސް މުއިއްޒު އަންގަވައިގެން, ޗައިނާގެ ދީނާއި ގައުމިއްޔަތުގެ ރަމްޒު ކަމުގައިވާ ”ޑްރެގަނު“ގެ ކުޅިވަރުތަކާއެކު ޗައިނާގެ އާއަހަރުގެ ފެށުން މިއަދު ކުލަ ގަދަކޮށް ފާހަގަ ކޮށްފިއެވެ.
މިގޮތުން, މިއަދު ފާހަކުރަމުންދާ, ޗައިނާގެ އައު އަހަރު ފާހަގަކުރުމަށް, ޗައިނާގެ ގައުމިއްޔަތު ރަމްޒު ކޮށްދޭ ޑުރެގަނުގެ ސޫރަތަށް ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ގެނެސް ގިނަ ރިސޯޓުތަކުގައި ވަނީ ޑްރެގަނުގެ ސޫރަތައް ނައްޓުވާ ހަދާފައެވެ.
މައުލޫކާތު: ދިޔަވަރު ނިއުސް
0%
0%
0%
0%
0%
2 ޖުލައި 2025
0
13 އެޕްރީލު 2025
0
3 އެޕްރީލު 2025
0
1 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4