މަސްވެރިކަމަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން %20 އުނިކޮށް އެ ފައިސާއިން އިތުރު ސިޔާސީ މަގާމު އުފައްދަނީ
މަސްވެރިކަމަކީ ދިވެހި ސަރުކާރުތަކުން އަބަދުވެސް ވަރަށް އިސްކަމެއް ދީގެން ބަލަހައްޓަމުން އަންނަ ދާއިރާއެކެވެ. އަދި މަސްވެރިންގެ އާމްދަނީ އިތުރު ކޮށްދެވޭނެ ގޮތްތައް ފާއިތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް ވަނީ ފަހިކޮށްދެވޭތޯ ބަލާފައެވެ. މިގޮތުން ރައީސް ނަޝީދުގެ ސަރުކާރުގެ މަސް ގަންނަ އެންމެ ދަށް އަގު ކަނޑައެޅިއެވެ. ނަމަވެސް ބަޤާވާތަކަށްފަހު ވެރިކަން ފުރޮޅާލައި މަހުޖަނު ޤާސިމްގެ އެދުމަކަށް އެ އަގު ވަނީ ދަށްކޮށްފައެވެ. އަނެއްކާވެސް އެމް.ޑީ.ޕީގެ އެންމެ ފަހުގެ ރައީސް ސޯލިހުގެ ސަރުކާރުގައި، އިނގިރޭސިވިލާތާއި އީޔޫއާއެކު ސޮއި ކުރަން ތައްޔާރުވެފައިވާ މަހުން ޑިއުޓީ ކަނޑާލުމުގެ އެއްބަސްވުންތަކާއެކު މަހުގެ އަގުވަނީ 25 ރުފިޔާއަށް ބޮޑުކޮށް އެ ފައިސާ އެތައް މަހަކު ދީފައެވެ.
ނަމަވެސް އަނެއްކާވެސް މިވަނީ މަހުގެ އަގު ދަށްކޮށްފައެވެ. މުއިއްޒު ވެރިކަމަށް ގެނައުމަށް ފަންޑުކުރި މަހުޖަނުންގެ އެދުމަށް އެމީހުން ފައިދާ ދަށްވާތީއެވެ. މިގޮތުން ހާއްސަކޮށް ޤާސިމާއި އެންސިސް ވަސީމުމެން އެތައް މިލިއަން ރުފިޔާއެއް މުއިއްޒުގެ ކެމްޕޭނަށް ޚަރަދު ކޮށްފައިވަނީ މަހުގެ އަގު ދަށްކުރާނެ ކަމުގެ ޔަގީން ކަމާއެކުއެވެ. މަހުޖަނުންނަށް މުއިއްޒުވީ ވައުދާ އެއްގޮތަށް މިވަނީ މަސްވެރިންގެ އާމްދަނީއިން %20 ކަނޑާލާފައެވެ. 25 ރުފިޔާއަށް ހުރި މަސް ކިލޯއެއް 20 ރުފިޔާއަށް ކުޑަކޮށްފައެވެ. މަސްވެރިން ސުވާލުކުރަން ޖެހޭނެ ކަމަކީ ސަރުކާރުގެ މިނިސްޓަރުންގެ މުސާރައިން %20 ކަނޑާލަން ސަރުކާރަށް ކެރިދާނެތޯއެވެ. ސަރުކާރުން ދަރަންޏަށް ފައިސާ ނަގައިގެންވެސް އެކަން ކުރާނެއެވެ. ނަމަވެސް މަސްވެރިންނާ ޖެހުމުން މި ސަރުކާރަށް މިވަނީ އެއްވެސް އަގެއް ނެތް ބަޔަކަށެވެ. ގައިމުވެސް 10 ހާސް ރުފިޔާ ލިބޭ ސިވިލް ސާވަންޓެއްގެ މުސާރައިން 2 ހާސް ރުފިޔާ ކަނޑާކަށް ނުކެރޭނެއެވެ. ވީއިރު މި ސަރުކާރުން މަސްވެރިން މިހާ ދަށް ކޮށްލަނީ މި ކީއްވެގެންތޯއެވެ.
ހަމަ އެއާއެކު، ރިޔާސީ ބަޔާނުގައި މުއިއްޒު ވައުދުވީ އިތުރު ސިޔާސީ މަގާމެއް ނުއުފެއްދުމަށެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން ވަނީ އިތުރު ޑެޕިއުޓީ މިނިސްޓަރުން އައްޔަންކޮށްފައެވެ. ހަމަ އެއާއެކު އަނެއްކާވެސް މި ހަފްތާގައި އިތުރު ސްޓޭޓް މިނިސްޓަރުން އައްޔަން ކުރުމަށް ވަނީ ނިންމާފައެވެ. މިކަން މި ކުރެވެނީ މަސްވެރިނަށް ދިނުމަށް ބަޖެޓް ކޮށްފައި ހުރި ފައިސާ މިކަންކަމަށް ބަޖެޓް ކޯޑުން ޓްރާންސްފަރ ކޮށްގެނެވެ. މިކަމަށްޓަކައި މުއިއްޒުވަނީ ޝިޔާމަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. ޝިޔާމު ދޭ ޔަގީންކަމަކީ މަހުގެ އަގު ދަށްކުރިޔަސް މަސްވެރިންގެ ވޯޓު ލިބޭނެކަމުގެ ޔަގީންކަމެވެ.
ކޮންމެއަކަސް ޚަބަރުތައް ކިޔަން ހުންނަވާށެވެ. ފުލުފުލުގައި ސްޓޭޓް މިނިސްޓަރުން އިއުލާން ކުރަން ތައްޔާރު ވަނީ ވެފައެވެ. ބަޖެޓް ސަޕޯޓް ދެއްވީ މަސްވެރިކަމުގެ މިނިސްޓަރު ޝިޔާމެވެ.
0%
0%
0%
0%
0%
14 އޮކްޓޫބަރު 2025
0
14 އޮކްޓޫބަރު 2025
0
20 ސެޕްޓެންބަރު 2025
0
17 ސެޕްޓެންބަރު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
3

12 ޖުލައި 2024
4