ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި 11.5 ބިލިއަން ރުފިޔާ ލޯނުތަކަށް ދައްކާފައިވާ ކަމަށް
ރާއްޖޭގެ ދައުލަތުގެ ދަރަނި އިތުރުވަމުންދާ މައްސަލައާ ގުޅިގެން ސަރުކާރުން ދައްކަމުންދާ އަދަދުތަކަކީ ޙަޤީޤަތާ ޚިލާފު އަދަދުތަކެވެ.
މިކަމުގެ ފަހަތުގައިވާ ސަބަބު ކަމަށް ބެލެވެނީ ސަރުކާރުގެ ބައެއް އިސްވެރިންގެ އަމިއްލަ މަންފާއަށް މަސައްކަތް ކުރުމެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގައެވެ. މިއީ ބޭރު ޤައުމުތަކުން ނަގާފައިވާ ދަރަންޏެވެ. މި ދަރަނީގެ ތެރެއިން 2025 ވަނަ އަހަރު 6.7 ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 15.42 ބިލިއަން ރުފިޔާ ދައްކަންޖެހޭނެ ކަމަށް ވެއެވެ.
އެހެންނަމަވެސް، ރައީސް މުއިއްޒު ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައި 11.5 ބިލިއަން ރުފިޔާ ލޯނުތަކަށް ދައްކާފައިވާ ކަމަށެވެ. މި އަދަދަކީވެސް އެމްއެމްއޭގެ ތަފާސްހިސާބުތަކާ ފުށުއަރާ އަދަދެއް ކަމަށް ފާހަގަކުރެވެއެވެ.
އެހެންނަމަވެސް، ސަރުކާރުގެ އެކްޓިވިސްޓުން މިހާރު ފަތުރަމުންދާ މަޢުލޫމާތުތަކަކީ އިތުރަށް ސުވާލު އުފެދޭ ކަންކަމެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ކުރީގެ ސަރުކާރުތަކުން ނަގާފައިވާ 56 ބިލިއަން ރުފިޔާގެ ދަރަންޏާއި، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނަގާފައިވާ 120 ބިލިއަން ރުފިޔާގެ ދަރަނި އެއްކުރުމުން ޖުމްލަ ދަރަނި 176 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މި އަދަދަކީ އެމްއެމްއޭއިން ހާމަކޮށްފައިވާ އަދަދަށްވުރެ މާ ބޮޑު އަދަދެކެވެ.
މި މައްސަލައާ ގުޅިގެން ގިނަ ރައްޔިތުން ދެކޭގޮތުގައި މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވިއްކާލުމުގެ ޑީލަކުން ބިލިއަނެއްހާ ރުފިޔާ އަމިއްލަ ޖީބަށް ލުމަށް ކުރެވޭ މަސައްކަތެކެވެ. އަދި މީގެ ފަހަތުގައި ހުރި މަޤްޞަދަކީ ރައްޔިތުންނަށް ބިރުދައްކައި، އެމްޕީއެލް ވިއްކާލައިގެން ޤައުމު ސަލާމަތްކުރަން ޖެހޭކަމަށް ބުނުވުން ކަމަށް ބެލެވެއެވެ.
އިތުރަށް ފާހަގަކުރެވޭ ގޮތުގައި، މި ޑީލް ކާމިޔާބު ނުވެއްޖެނަމަ، ސަރުކާރުން ވިސްނަނީ ލޯނުގެ ބަދަލުގައި 50 އަހަރުގެ މުއްދަތަކަށް އެމްޕީއެލް ޗައިނާއަށް ދޫކޮށްލުމަށް ކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ. މި ހުރިހާ ކަމަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާއިރު، ސަރުކާރުން މިހާތަނަށް މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. ގިނަ ފަރާތްތަކުން ގޮވާލަމުންދަނީ ސަރުކާރުން މިކަމާ ގުޅޭ ތެދު މަޢުލޫމާތު ވީ އެންމެ އަވަހަކަށް ހާމަކުރުމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން އިތުރު މަޢުލޫމާތު ހާމަކޮށްފައި ނުވާއިރު، ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. ދައުލަތުގެ ދަރަނީގެ ޙަޤީޤީ މިންވަރު އާންމުންނަށް ސާފުކޮށް އެނގެން ޖެހޭކަމަށް ބުނަމުންދެއެވެ.
0%
0%
0%
0%
0%
25 ޑިސެންބަރު 2024
0
22 ޑިސެންބަރު 2024
0
16 ޑިސެންބަރު 2024
0
14 ޑިސެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
22 މޭ 2024
4

13 ޖުލައި 2024
2

12 ޖުލައި 2024
4